- Advertisement -ad image

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގައި

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 9ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ ޕްރެސްކޮންފަރެންސްގައި އެ ކޮމިޝަނުގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ސްލޯގަންއަކަށް ބޭނުންކުރަނީ މަގޭ ވިސްނުން ،މަގޭ ވޯޓުކަމަށެވެ.

ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާއިރު ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު ދެވަނަ ބުރު ބާއްވަން ނިންމާފައިވާ ކަމަށެވެ. 

ރިޔާސީ އިންތިހާބާ ގުޅޭ އެކި ކަންކަމުގެ ތާރީހުތައް:

ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީ އާއްމުކުރާނީ: މެއި މަހުގެ 2 ވަނަ ދުވަހު

ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން: 30 ދުވަސް (ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބަންދުވާނީ 02 ޖޫންގައި).

ރީ ރަޖިސްޓްރޭޝަން: 16 ޖުލައި އިން 05 އޮގަސްޓަށް.

އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު: 23 ޖުލައި އިން 03 އޮގަސްޓަށް.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން: 09 އޮގަސްޓު.

ކެމްޕޭނު ކުރެއްވުމުގެ ފުރުސަތު: 10 އޮގަސްޓުން 08 ސެޕްޓެމްބަރަށް.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދަކީ 280,000 އެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތަށް ބަލާއިރު 21,000 އިތުރު އަދަދެކެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި 600 ވޯޓު ފޮށި ބަހައްޓާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ