- Advertisement -ad image

ފެނިގެން ދިޔައީ ރައީސް ސާލިހު އާއި ސައުދުالله ގެ ތަފާތެއް ނެތްކަން: ސައީދު

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިރާއްޖެއަކީ އަވަށްޓެރި އިންޑިއާގެ ބައެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު ސިފަކުރެއްވުމުން ގިނަ ބަޔަކު އެކަމާއި ކަންބޮޑުވުން ފާަޅުކުރަން ފަށައިފިއެވެ.
މިކަމަށް އިޝާރާތް ކުރައްވާ ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް އާއި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަންކުރައްވާފައި ތިއްބެވި ސިޔާސީ ފަރާތްތަކުގެ ކިބައިންވެސް ފެންނަނީ އެއްކަހަލަ ކަންތައްތައް ކަމަށެވެ.
އަދި އެ އިންޓަވިއުގައި ސައުދުﷲ ދެއްކެވި ވާހަކަތަކާއި ގުޅިގެން އިންޓަވިއު ކުރަން އިން މީހާއަށްވެސް ލިބުނީ ކުއްލި ޝޮކެއްކަން ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކޮށްގެން އިންޑިއާ ދަރިކޮޅުގެ މީހުން ބައިވެރިވުމަށް ހާއްސަ ކުރި ކޮންފަރެންސެއްގައި ބައިވެރިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މި އިންޓަރވިއުގައި ސައުދުالله ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއަކީ އެއް އާއިލާއެއް ކަމަށާއި އިންޑިއާގެ ބައެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ