- Advertisement -ad image

ރާއްޖެއަކީ އިންޑިއާގެ ބައެއްގެ ގޮތުގައި ސިފަކުރުމުން ގިނަ ބައެއްގެ ކަންބޮޑުވުން

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖެއަކީ އިންޑިއާގެ ބައެއްގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ސައުދުالله ސިފަކުރެއްވުމުން ކެޕްޓަން އަލީ އިހްސާން ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

އިހުސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ އިންޑިޔާގެ ބައެއް ނޫންކަމަށާއި އަދި ދުވަހަކުވެސް އިންޑިއާގެ ބައެއްކަމަކަށް ނުވާނެކަމަށެވެ.
އިހްސާން އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ އާއި އިންޑިއާ އަކީ އަބަދުވެސް އަވަށްޓެރި ދެ ގައުމު ކަމަށާއި އަބަދުވެސް އަވައްޓެރިއެއްގެ ގޮތުގައި ރާއްޖެ އޮންނާނެކަމަށެވެ.
ރާއްޖެއިން އަބަދުވެސް ދެގައުމުގެ ޒަމާންވީ ގުޅުމުގެ އަގު ވަޒަންކޮށް އިހުތިރާމް ކުރާކަމަށާއި އެ ގުޅުން އެގޮތަށް ދެމިއޮންނަންވާނެކަމަށް އިހުސާން ވިދާޅުވިއެވެ.
ނަމަވެސް ރާއްޖެއަކީ އިންޑިއާގެ ބައެއްގެ ގޮތުގައި ސިފަކުރުންފަދަ ކަންކަން ކޮށްގެންނުވާނެކަމަށާއި މި ސްޓޭޓްމަންޓްގެ ކަރެކްޝަންވެސް ހަދަން ޖެހޭނެ ކަމަށް އިހުސާނު ވިދާަޅުވިއެވެ.

ޜާއްޖެއަކީ އިންޑިއާގެ ބައެއްކަމަށް ސައުދުﷲ ވިދާޅުވެފައިވަނީ އިންޑިއާގެ އިންދޯގައި ކުރިއަށްދިޔަ ކޮންފަރެންސްގައި ބައިވެރިވުމަށް މިމަހުގެ 9 ވަނަ ދުވަހު އިންޑިއާއަށް ކުރި ދަތުރުގައި އިންޑިއާގެ ‘ދަ ނިއު އިންޑިއަން’ ނޫހަށް އިނގިރޭސިބަހުން ދެއްވި ބަސްދީގަތުމެއްގައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ