- Advertisement -ad image

ރައީސް ސާލިހަށް މަރުހަބާ ކިޔުމަށް އިހަވަންދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ނިކުންނަން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ހއ އިހަވަންދޫއަށް ވަޑައިގަންނަވާތީ މަރުހަބާ ދެންނެވުމަށް އެރަށު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ނިކުންނަން ސްކޫލުން އަންގައިފިއެވެ.


އެގޮތުން އެ ސްކޫލުން ނެރެފައިވާ ލިޔުމެއްގައިވާ ބުނެފައިވަނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ މިއަދު އެރަށަށް ވަޑައިގަންނަވާތީ މަރުހަބާ ދެންނެވުމަށްޓަކައި އިހަވަންދޫ ސްކޫލްގެ ގްރޭޑް 1،2،3،4 އަދި 5 ގެ ދރިވަރުން ސަގާފީ ހެދުމެއްގައި ނުވަތަ ގައުމީ ހެދުމެއްގައި ބެލެނިވެރިންނާއެކު ބަނަދަރު ސަރަހައްދަށް ހާޒިރުވުމަށް އެދޭ ކަމަށެވެ.
ނަމަވެސް 3 ޑިސެމްބަރު 2018ގައި އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ސޮއިކޮށް ނެރުއްވާފައިވާ ސާރކިއުލާގައި ބުނެފައިވަނީ ސަރުކާރުގެ އިސްވެރިންނާއި އިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް ދަރިވަރުން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް ތަފާތު އުދަނގޫތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.


އެހެންކަމުން ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތައް ގެއްލިގެންދާތީ އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް ސާރކިއުލާގައި ބުނެފައިވެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އޭރުގެ ރައީސް ޔާމީން ކެމްޕެއިންގައި ސްކޫލް ދަރިވަރުންނާއި ކުޑަކުދިން ބޭނުންކުރަމުންދާ ކަމަށް ބުނެ އޭރު އިދިކޮޅުގައި އޮވެ އެމްޑީޕީންދިޔައީ ފާޑުކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ