- Advertisement -ad image

އިންތިހާބާ ދިމާކޮށް ހުޅުމާލެއިން ގޯތި ދޭ ސަރަހައްދު ސާފުކުރަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

މާލެގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ “ބިންވެރިޔާ ސްކީމް”ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕްލޮޓްތައް ސާފުކުރަން ފަށައިފިއެވެ.
މިއީ ވެސް ހޮނިހިރު ދުވަހު އޮންނަ ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓާއި ދިމާކޮށް ކުރަން ފެށި މަސައްކަތެކެވެ.
ހުޅުމާލެގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަށް ސާފުކުރުމުގެ މަސައްކަތް މިއަދު ވަނީ އެޗްޑީސީއާއި ހައުސިންގ މިނިސްޓްރީން ކުރިއަށްގެންގޮސްފައެވެ.
ޕްލޭނިންގ މިނިސްޓްރީއާއިއެކު ކުރަމުންދާ މަސައްކަތުގައި ހުޅުމާލެ ފޭސް 2 ގެ އެކި ސަރަހައްދުތައް ހިމެނޭހެން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ޕްލޭނުގައި އެކުލަވާލާފައިވެއެވެ.
އަދި މި ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ނަންތައް މި އަންނަ މާރޗު މަހު އާންމުކޮށް އިއުލާންކުރަން ހައުސިންގ މިނިސްޓްރީން ވަނީ ނިންމާފައެވެ. މިތަނުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ، ބިން ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތެވެ. އަދި މިހާރު ގޯތި ދިނުމަށްވާ އެންމެ ފަހުގެ ތައްޔާރީތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މި ތަނުގައި ޔުޓިލިޓީގެ ހިދުމަތް ޤާއިމުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ