- Advertisement -ad image

ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރާތީ ބަލާ ފިޔަވަޅު އެޅުމަށް އިދިކޮޅުން ގޮވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ޕީޕީއެމް ޕީއެންސީގެ ހަރަކާތްތަކަށް ސަރުކާރުން އަންގައިގެން ފުލުހުން ހުރަސް އަޅައި ޙަލާތައި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިވުން އިދިކޮޅުން ކުށްވެރިކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ރޭ މާލޭގައި ކުރިއަށް ގެންދިޔަ ޙަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ އިތުރުން ޙަރަކާތުގެ ބައިވެރިންނާއި މެދު ވަރަށް އަނިޔާވެރިކޮށް ޢަމަލުކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.
“ ބައިވެރިންގެ ތެރެއަށާއި، ބައިވެރިންގެ ލޮލަށާއި އަނގައާއި ދިމާކޮށް ޕެޕަރ ސްޕްރޭ ޖެހުމާއި، ބައިވެރިންގެ ތެރެއިން މީހުން ހައްޔަރުކުރިއިރު، އެމީހުން ބިންމައްޗަށް ވައްޓާލާ އޮބިއެޅި މަންޒަރުތައްވެސް ވަނީ ފެނިގެން ގޮސްފައި “ އިދިކޮޅުގެ ބަޔާނުގައިވެއެވެ.
ސަރުކާރާއި ވާދަވެރިންގެ ހަރަކާތްތަކަށް ހުރަސް އަޅާ ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރުމުގެ ޢަމަލުތައް ކުރަމުން ގެންދާއިރު، ދާދި ފަހުން އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕެއިން ޙަރަކާތެއްގައި އިބްރާހީމް ރައީސް ވަނީ ޕީޕީއެމް ޕީއެންސީ ގެ ޙަރަކާތްތައް ހުއްޓުވައި އަޑު ކަނޑުވާލާނެ ފަދަ މޭރުމަކުން ވާހަކަ ދައްކަވާ އިންޒާރު ދެއްވާފައިވާކަން ވެސް އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިބްރާހީމް ރައީސްގެ އެންގުމަށް ފުލުހުން ނުކުމެ ރައްޔިތުންނަށް އަނިޔާވެރިވެ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރުމާއި، ރައްޔިތުންގެ ލޮލަށާއި އަނގަޔަށް ޕެޕަރ ސްޕްރޭ ޖެހުމުގެ މި ޢަމަލުތައް ބަލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ހިޔުމަން ރައިޓްސް ކޮމިޝަން ފަދަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އިދިކޮޅުން ވަނީ ގޮވާލައިފައެވެ.
އަދި ޙަރާކތުގެ ތެރެއިން ހައްޔަރުކޮށްފައިވާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް އެބަޔާނުގައި ގޮވާލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ