- Advertisement -ad image

ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މިއަދު ބޭއްވި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖަަ ގަބޫލު ނުކުރައްވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެގޮތުން ނަޝީދު މިގޮތަަށް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެއްޖައެވެ.
ނަޝީދު ވިދާޅުވީ ކެމްޕެއިން ޓީމުން ނަތީޖާ ޝީޓުތައް ބަލަމުން އަންނަ ކަމަށާއި ގިނަ ފޮށިތކުން ކުރީގައި އުޅުއްވަނީ އެމަނިކުފާނު ކަމަށެވެ.
އަދި މިހާރު ފެންނަނީ މަދު ފޮށިތަކަކުން ބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރީގައި އުޅުއްވާ ތަން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނަޝީދުގެ ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ވިދާޅުވީ، ނަތީޖާ ޝީޓުތައް ބަލަމުންދާއިރު ގިނަ ފޮށިތަކުގައި ކުރީގައި އުޅުއްވަނީ ނަޝީދުކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ބޮޑު ފަރަގެއް ދައްކަނީ މަދު ބައެއް ތަންތަނުގައި އާދަޔާ ހިލާފަށް ގިނަ ވޯޓު، ފޮށީގައި ހުރީމާ ކަމަށްވެސް ހަސަން ލަތީފު ވިދާަޅުވިއެވެ.


މީގެ އިތުރުން ނަތީޖާ ޝީޓުތައް ބަލަމުންދާއިރު ވޯޓު ދިނުމުގެ ހައްޤު ލިިބިފައިވާ މީހުންގެ އަދަދު އަށް ވުރެ ގިނައިން ފޮށްޓަށް ވޯޓުލާފައިވާ ކަމަށް ފެންނާން ހުރި ނަތީޖާ ޝީޓްތައް ދަނީ ފާހަގަވަމުން ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ