13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި 60 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހއ. ހދ އަދި ށ. ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން 60 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓުއަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށް ވާތީ ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށެވެ.



