- Advertisement -ad image

މިއަހަރުގެ ރިޔާސީ އިންތިހާބަށް 200 އަށް ގިނަ މުވައްޒަފުން ހޯދަން އިއުލާންކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ އެކި މަސައްކަތްތަކަށް 200 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
އެގޮތުން އިލެކްޝަނުން އިއުލާނުކޮށްފައިވަނީ ސީނިއަރ ލީގަލް އޮފިސަރުންނާއި، ސޮފްޓްވެއަރ ޑިވޮލޮޕަރުންނާއި، ސީނިއަރ މީޑިއަރ އޮފިސަރަކާއި، ގްރެފިކްސް ޑިޒައިނަރުންނާއި، މެނޭޖަރުން، މަސައްކަތު މީހުންގެ އިތުރުން އޮފިސަރުން ހޯދުމަށެވެ.
އެގޮތުން 203 އޮފިސަރުން ހޯދުމަށް އިއުލާނުކޮށްފައިވާއިރު އަސާސީ މުސާރައަކީ 4465 ރުފިޔާއެވެ. އަދި ސާރވިސް އެލަވަންސްގެ ގޮތުގައި މަހަކު 1500 ރުފިޔާ ދޭއިރު މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 155 ރުފިޔާ ދޭނެއެވެ. މިމަގާމަކީ ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ނިމެންދެން މުވައްޒަފުން ނަގާ މަގާމުތަކެކެވެ.

މިމަގާމުގެ ޝަރުތަކީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ‘ސެކެންޑަރީ ސްކޫލް’ ނުވަތަ ‘ހަޔަރ ސެކަންޑަރީ ސްކޫލް’ ސެޓްފިކެޓް އިމްތިޙާނުގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން. ނުވަތަ،
އޮފިސަރ ލެވެލް މަޤާމެއް ނުވަތަ މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގެ އެއަށްވުރެއް މަތީ މަޤާމެއްގައި މަސައްކަތްކޮށް 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
ވޭތުވެދިޔަ އިންތިޚާބެއްގައި، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގައި ޖީ.އެސް 3 ރޭންކެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ