- Advertisement -ad image

ރިޔާސީ އިންތިހާބަށް މީޑިއާ އޮފިސަރަކު ހޯދަން އިލެކްޝަނުން އިއުލާންކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރިޔާސީ އިންތިޚާބު 2023 އާ ގުޅޭ އެންމެހާ ޚަބަރުތައް މީޑިއާތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރާނެ މީޑިއާ އޮފިސަރެއް ހޯދުމަށް އިލެކްޝަންސް ކޮކިޝަނުން އިއުލާންކޮށްފިއެވެ.
އެގޮތުން އިއުލާންކޮށްފައިވާ ސީނިއަރ މީޑިއަރ އޮފިސަރުގެ އަސާސީ މުސާރައަކީ 5610 ރުފިޔާއެވެ. އަދި ސާރވިސް އެލަވަންސްގެ ގޮތުގައި 2000 ރުފިޔާ ދޭއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 170 ރުފިޔާ ދޭނެ ކަމަށް ބުނެފައިވެއެވެ.

އަދި ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މިމަގާމުގެ ޝަރުތުތަކަކީ މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
އޮފިސަރ ރޭންކުގެ ނުވަތަ އެފެންވަރުގެ (މަސައްކަތުގެ ދާއިރާގެ) މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
ސީނިއަރ އޮފިސަރ ލެވެލް މަޤާމެއްގައި (މަސައްކަތާއި ގުޅުންހުރި ދާއިރާގައި) އެއަށްވުރެއް މަތީ މަޤާމެއްގައި މަސައްކަތްކޮށް 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
ވޭތުވެދިޔަ އިންތިޚާބެއްގައި މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގައި އެމް.އެސް 1 ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމެވެ.

މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 އެޕްރިލް 30 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަނަށް ފޯމް ހުށަހަޅަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ