- Advertisement -ad image

މުޅި ގުރުއާން އަތުން ލިޔެ ނިންމާލީ އެންމެ ހަތް މަހުން!

ad image

ގުޅުންހުރި ލިޔުންތައް


ދައްކަން މިފަށަނީ އާދައިގެ މީހެއްގެ ވާހަކައެއް ނޫނެވެ. މުޅި ގުރުއާން އަތުން ކަރުދާސް ރޯލެއްގައި ލިޔުނު މީހެއްގެ ވާހަކައެވެ.
މި ތަފާތު މަސައްކަތް ކޮށްފައިވަނީ ކަޝްމީރުގެ ބަންޑިޕޯރާ އަވަށުގެ މުސްތަފާ އިބުނު ޖަމީލް ހާން ކިޔާ މީހެކެވެ.
އޭނާ ވަނީ 500 މީޓަރުގެ ގަނޑެއްގައި އެންމެ މާތް ގުރުއާން އަތުން ލިޔެފައެވެ.
ގުރުއާން ލިޔުން ނުވަތަ ކެލިގްރަފީ ކުރަން މުސްތަފާ އެންމެ ފުރަތަމަ ފެށީ 2016 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ މުސްތަފާ ކުރި މަސައްކަތަކީ ލިޔުން ރީތި ކުރުމަށް ގިނައިން ލިޔުމެވެ.
“ އަހަރެން އެންމެ ފުރަތަމަ ގުރުއާން ލިޔުނީ 2017 އާއި 2018 އާ ދެމެދު. އެފަހަރު ލިޔުނު ގުރުއާން މުޅިން ނިންމާލުމަށް 11 މަސް ނެގި. އޭގެ ފަހުން އަރަބި ސްކްރިޕްޓް ފޯމް ލިޔުނިން. ތިން ސްކްރިޕްޓް އަރަބިން ލިޔުނު ފަހުން އަހަރެންގެ ހިޔާލަށް އައި ކަމެއްމީ “ މުސްތަފާ ބުންޏެވެ.
މުސްތަފާ ބުނީ މިގޮތަށް ގުރުއާން ލިޔުމަށް އެންމެ ބޮޑު ޝައުގުވެރިކަމެއް އުފެދިގެން އައީ ކުޑައިރުއްސުރެ އުޅެ ބޮޑުވި މާހައުލަކީ ގުރުއާނާ ރައްޓެހި ބަޔަކު އުޅުނު މާހައުލަކަށްވުން ކަމަށެވެ.
މުސްތަފާ ބުނީ މި ޕްރޮޖެކްޓްގެ މަސައްކަތް އޭނާ ފެށުމުންވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު މި ހިޔާލު އައިނަމަވެސް މި ލިޔުމަށް ބޭނުންކުރާ ތަކެތި ކައިރި އެއްވެސް ހިސާބަކުން ނުލިބުނު ކަމަށެވެ. އެހެންކަމުން މިގޮތަށް އޮތް ކަރުދާސް ރޯލެއް ހޯދަންދާން ޖެހުނީ ދިއްލީއަށް ކަމަށާއި މުޅި މި ޕްރޮޖެކްޓަށް އެކަނި 3000 ޑޮލަރު ހަރަދުވި ކަމަށް މުސްތަފާ ބުންޏެވެ.މުސްތަފާ ބުނީ މި 500މީޓަރުގެ ގުރުއާން މިއުޒަމެއްގައި ބެހެއްޓުމުގެ ފުރުސަތު ލިބިއްޖެނަމަ އުފަލުން ގަބޫލު ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ