- Advertisement -ad image

ރަމަޟާންމަހާއި ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުން: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

މި ބަރަކާތްތެރި މައްސަރާ ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުން ކަމުގައި ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ ރަމަޟާންމަހަށް ތައްޔާރުވުން މިއެވެ.
އަހަރުމެން މި ބަރަކާތްތެރި މައްސަރުގެ ދުވަސްތަކާއި ކުރިމަތިލާންވީ ފުރިހަމަ އީމާންކަމާއެކު އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ސަވާބަށް އެދޭ ހާލުގައެވެ. ރަމަޟާންމަހަކީ ތަގުވާވެރިކަމަށް ވާސިލްކޮށްދޭ ހުރިހާ ސަބަބުތަކެއް ޖަމާވާ މަތިވެރި މައްސަރެކެވެ. ނަފްސްގައި ޖެހިފައިވާ ލަތްތައް ފިލުވައި އެ ނަފުސު ތާހިރު ކުރުމަށް މި މައްސަރާ ކުރިމަތިލާ ބަޔަކަށް އަހަރުމެންވާންޖެހެއެވެ.
އަހަރުގެ އެހެން މަސްތަކާއި ހިލާފަށް އަޅުކަމުގައި ހީވާގިވެ ވަރުގަދަ އަޒުމެއްގައި މިމައްސަރާ ކުރިމަތިލާންޖެހެއެވެ.

“ އަހަރުމެންނާ ކުރިމަތިވަމުން މިއަންނަނީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ މެހެމާނެކެވެ. ބަރަކާތުން ފުރިގެންވާ މެހެމާނެކެވެ. މި މަތިވެރި މެހެމާނަށް އަހަރުމެން އެކަށީގެންވާ އިސްތިގުބާލުކަން އިސްތިގުބާލު ކުރަންޖެހެއެވެ. އަދި މެހެމާންދާރީ އަދާކުރަންޖެހޭ އެންމެ ފުރިހަމަ ގޮތުގައި މެހެމާންދާރީ އަދާކުރަންޖެހެއެވެ “. ހުތުބާ
ރޯދަމަހަށް ތައްޔާރުވުުގެ ގޮތުން އަހަރުމެން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ރޯދައިގެ ޝަރުއީ ހުކުމްތައް ދެނެގަތުން ކަމަށާއި ރޯދައިގެ މަތިވެރިކަމާއި ފުރިހަމަ ސަވާބާ ދަރުމަ ލިބޭގޮތަށް ރޯދަހިފާނެ ގޮތް ދަސްކުރުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ރޯދައިގެ މަތިވެރި ސަވާބާ ދަރުމަ ހޯދުމަށްޓަކައި ހާރުކެއުމާއި، ހާރުކެއުންވީހާވެސް ފަސްކުޅައުމާއި، ރޯދައަށް ހުންނައިރު ފަރުޟު ނަމާދުތަކަށާއި، ތަރާވީހު ނަމާދާއި، ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވުމާއި، ކީރިތި ގުރުއާން ކިޔެވުމާއި، ގުރުއާނާމެދު ވިސްނާ ފިކުރު ކުރުމާއި، ރޯދަވީއްލުން އަވަސްކުރުމާއި ސަދަގާތްކުރުމުގެ އިތުރަށް ރޭއަޅުކަންކުރުންފަދަ ކަންކަމަށް ވަގުތު ހުސްކުރެވޭ ގޮތަށް ތިމާގެ މަސައްކަތުގެ މާހައުލު ބައްޓަންކޮށް ކަންކަން ރާވާލައިފިނަމަ މި މަތިވެރި ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ކުރެވޭނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ