- Advertisement -ad image

ތެދުވެރި ތައުބާއެއްގެ ނަތީޖާ!

ad image

ގުޅުންހުރި ލިޔުންތައް

6/11/1434ހ ބުރާސްފަތި ދުވަހު، އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިޔާ ޖިއްދާ ސިޓީގެ ޒުވާނުންގެ އެއްވުންތަކަށް ހެނދުނާއި ހަވީރުގޮސް، ހޭލުންތެރިކުރުވުމުގެ ޓޭޕްތަށްބަހާ މައުލޫމާތުދީ، އެ ޒުވާނުންނާއި އެކީގައިއުޅުނީމެވެ. އެގޮތުން ބައްދަލުވި ޒުވާނަކަށް އަޅުގަނޑުގެ ރަހުމަތްތެރިޔާ، އުފާވެރިކަމުގެ ޙަޤީޤަތާ ބެހޭގޮތުން ވާހަކަދައްކައި، ބައެއް ހެކިތައް ކިޔައިދިނެވެ. 

އެވަގުތު އެޒުވާނާ ބުންޏެވެ. ” އޭ ޝައިޚް، ކުރިއަށް ނުދާށެވެ! ތިޔަ އާޔަތްތަކަކީ، ތިމަންނަޔަށް ރައްދުވާ އާޔަތްތަކެއްކަމަށް އިޙްސާސް ކުރެވެއެވެ. އަދި ރޮމުން ބުންޏެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންތަޢުބާވެއްޖައީމެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ! 

އަޅުގަނޑުގެ އެކުވެރިޔާ ދެންނެވިއެވެ. ތިބާގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއަށް ތިޔަބައިމީހުން ތެދުވެރިވާނަމަ، އެކަލާނގެ ތިޔަބައިމީހުންގެ توبة قبول ކުރައްވަތެވެ. އަދި އުފާވެރިކަމުގެ خبر ގެނެސްދެއެވެ. އެހެނެއްކަމަކު، އެކަލޭގެފާނު ނުބައި عمل ތައް ހެޔޮعمل ތަކަށް ބަދަލުކުރައްވަތެވެ.

“ޝައިޚް، އަހަރެންގެ ވާހަކަ އަޑުއައްސަވާށޭ” އެ ޒުވާނާ ބުންޏެވެ.  الله ގަންދީ ބުނަމެވެ، އަހަންނަކީ (ހަ އަހަރު) الله ތަޢާލާއަށް ސަޖިދަނުކުރާ މީހެކެވެ. އަދި އަހަންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެކެވެ. އަދި އަންހެން ކުދިންނާ ގުޅުން ބަދަހިކުރާ މީހެކެވެ. އަދި اللَّه ގަންދީބުނަމެވެ. އަހަރެން ދިރިއުޅޭއަވަށުގެ އެންމެ ބޮޑު ޑީލަރެވެ.

އަޅުގަނޑުގެ އެކުވެރިޔާއެ ޒުވާނާއަށް ދެންނެވިއެވެ. ތެދުވެރި توبة އަކުން اللَّه އަށް توبة ވާކަން އިޢުލާނުކޮށް، اللَّه އާއެކު އާ ޞަފްޙާއެއް ހުޅުވައި، އިސްވެދިޔަ ކަންތައް ހަނދާން ނައްތައިލަން ބޭނުންހެއްޔެވެ؟

އެޒުވާނާ ބުންޏެވެ. އޭ ޝައިޚްއެވެ. اللَّه ގަންދީ ބުނަމެވެ. އަދި އޭނާގެ ޖީބުން މަސްތުވާތަކެތީގެ ދެ ބޭސް ގުޅަނެގިއެވެ. އަދި ރޮމުން ބުނަމުންދިޔައެވެ. މި ބޭސްތަކުގެ ސަބަބުން އަހަރެންގެ ފުރާނަ ބޭކާރުވެގެން ދިޔައެވެ. އަދި اللَّه، ބައެއްފަހަރު ، ފަސް ދުވަސް ވަންދެން، އަހަރެން ނިންދަވާލައްވައެވެ.

އަޅުގަނޑުގެ އެކުވެރިޔާ ބުންޏެވެ.ވުޟޫކޮށްގެން 2 ރަކުއަތް ނަމާދެއްކުރުން ކިހިނެއްވާނެހެއްޔެވެ؟ އަދި އަހަރެމެން ވުޟޫކޮށްގެން ނަމާދުކުރުމަށް ތައްޔާތުވި ވަގުތު އެޒުވާނާ ބުންޏެވެ. ޝޭޚުއެވެ. އަހަރެން ސުވާލެއް ކުރަންތޯއެވެ؟ މި ސުވާލުކުރުމަށް ލަދުވެތިވެސް ވަމެވެ. ސުވާލައިގެން ކުރިއަށްދިއުމަށް ބުނުމުން،  އެ ޒުވާނާ ބުންޏެވެ. އަހަރެން ރުކޫ އަދި ސުޖޫދުގައި ކިޔާއެއްޗިހި ހަނދާނެއްނެތެވެ. اللَّه ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އަހަރެންވަނީ ނަމާދާމެދު غافل ވެގެންނެވެ. އަދި 2 ރަކުއަތްނަމާދަށްފަހު އެޒުވާނާ ބުންޏެވެ.އަހަރެމެން ޒުވާނުންނަކީ އެންމެ ބޮޑަށް ގެއްލުނު މީހުން، الله ތަޢާލާގެ މަތިން ހަނދާންކޮށްދޭނެ މީހަކު ބޭނުންވެއެވެ.މިފަދަ ތަންތަނުގައި އަހަރެމެނަށް ޒިޔާރަތްކުރާނެ މީހަކު ބޭނުންވެއެވެ. އަހަރެންގެ ބައްޕައާއި މަންމައާ އޮންނަ ގުޅުން ރަގަޅުކުރަންބޭނުންވެއެވެ. އަހަރެން އެމީހުންނަށް ސަލާމް ނުކުރަމެވެ. އެމީހުންގެ ކޯލަށް އަހަރެން ޖަވާބެއް ނުދެމެވވެ. އުމުރުން 18 އަހަރުގައި މިއަދަވަޅަށް ވެއްޓުނުގޮތަށް މިހާރު އަހަރެންގެ އުމުރުން 24 އަހަރެވެ.

އެޒުވާނާގެ ފޯނުނަންބަރު ނަގާ އެނާގޮވައިގެން ކާރާއަހަމައަށް އަޅުގަނޑުމެން ދިޔައިމެވެ. އޭގެ ކުޑަ އިރުކޮޅެއްފަހު އެ ޒުވާނާގެ ކޯލެއް ލިބުނެވެ. އަދި އަޅުގަނޑުމެން އަދިވެސް އެތަނުގައި ތިބިތޯއާއި ބައްދަލުކުރަންބޭނުންކަމަށް ބުންޏެވެ. އަދި އަޅުގަނޑުމެންނާ ބައްދަލުކޮށް އޭނާގެ ބޮޑުމީހާގުޅާ ވަރަށް ބައިވަރު މަސްތުވާތަކެތި ވިއްކުމަށް ހުރިކަމަށް ބުނިވާހަކަ ބުންޏެވެ. އަދި އޭނާގާތު އެކަން ނުކުރެވޭނެކަމަށް ބުނިވާހަކަވެސް ވެސް ބުންޏެވެ. އަޅުގަނޑުމެން ލަފާދިނީ އާ ނަންބަރެއް ނެގުމަށެވެ.

ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ފަހުން އަޅުގަނޑުމެންނާއެކު އެ ޒުވާނާ އުމްރާގެ އަޅުކަން އަދާކުރުމަށްޓަކާ ޙަރަމްފުޅަށް ޒިޔާރަތްކުރިއެވެ. އަދި އަޅުގަނޑުމެން އެ ޒުވާނާއަށް ހެޔޮލަފާ ޞާލިހު އެކުވެރިން ތަޢާރަފްކޮށްދިނީމެވެ.

ދުވަސްކޮޅަކަށްފަހުި، ޒުވާނާގެ ބައްޕަ އަޅުގަނޑުގެ އެކުވެރިޔާގެ ފޯނުން ގުޅައި އަހަންނަށް ގުޅައި ބުނީ، الله ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އަހަރެންގެ ދަރިފުޅު ބަދަވެއްޖެއެވެ. އަހަންނާއި އޭނާގެ މަންމަގެ ޚަބަރެއް ބަލާނުލާތާ 3 އަހަރުފަހުން މިހާރު ބަރާބަރަށް އަހަރެމެންގެ ޚަބަރު ބަލައެވެ. ކުރިން މިސްކިތަށްދާ މަގުވެސް އޭނާއަށް ނޭނގެއެވެ. ނަމަވެސް މިހާރު ބަރާބަރަށް މިސްކިތަށް ދެއެވެ.   اللَّه އަށް حمد ހުށްޓެވެ. އަދި މިސްކިތުގެ أهل ވެރިންވެސް ބުންޏެވެ.  الله ތަޢާލާއަށް ޝުކުރުވެރިވެ، އަޅަމެންނާއެކު ދުޢާކުރާށެވެ!

މިއީ ސާއިދު.ނެޓްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ