- Advertisement -ad image

މިދުނިޔޭގައި، ޣާފިލުވެފައި ތިއްބާ އިންޒާރެއް ނެތި ކުއްލިއަކަށް މަރާ ކުރިމަތިލާންޖެހި ހެޔޮކަމުގެ ފުރުސަތު ގެއްލިދާނެ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

މިދުނިޔޭގައި، ޣާފިލުވެފައި ތިއްބާ އިންޒާރެއް ނެތި ކުއްލިއަކަށް މަރާ ކުރިމަތިލާންޖެހި ހެޔޮކަމުގެ ފުރުސަތު ގެއްލިދާނެ ކަމަށާއި ދެން ކިތަންމެ ބޭނުންވިއަސް ހެޔޮ އަމަލު ކުރާނެ ފުރުސަތެއް ނުލިބޭނެ ކަމަަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ “ މިއީ ހަޔާތުގެ އެންމެ ފަހު ރަމަޟާންމަހަަށް ވެދާނެ” މިއެވެ.
“ މާތް الله އެވަނީ ރަހުމަތާއި، ފުއްސެވުމުގެ ގޮވެތި ކަމުގައިވާ ސުވަރުގޭގެ ދޮރުކޮޅުތައް، ތިބާއަށްޓަކައި ހުޅުވައިދެއްވާފައެވެ. އަޛާބުގެ ގޮވެތިކަމުގައިވާ ނަރަކައިގެ ދޮރުތައް ބަންދުކުރައްވަވާފައެވެ. އަދި ނުބައިކަމުގެ މަގުތަކަށް މީހުން ލަންބުވާ ޝައިތާނުންގެ ބޮޑުން ކަސްތޮޅުއަޅުއްވާފައެވެ” ހުތުބާގައި ބުނެފައިވެއެވެ.
ފާއިތުވި ދުވަސްތަކުގައި ދުނިޔެއިން ވަކިވެގެންދިޔަ އެތައްހާސް ބަޔަކަށްފަހު، ތިބާ މި ރަމަޟާންމަހުގައި، ދިރި ދުނިޔޭގައި ލެހެއްޓެވީތީ، الله سبحانه وتعالى އަށް ޝުކުރުކުރާށެވެ.
“ އެއީ މާތް الله ތިބާއަށް ދެއްވި މަތިވެރި ފުރުސަތެކެވެ. އެހެންކަމާއެކު ރަމަޟާންމަހުގެ މަތިވެރި ނިދާއަށް އިޖާބަދީ، ފާފަތަކުން ތައުބާވެ، ތެދުވެރިކަމާއި، އިހުލާސްތެރިކަމާއެކު ހެޔޮކަމައިގެން އެމަހުގައި ކުރިއަރައި ދާށެވެ! ޝައިތާނާގެ ކެހިވެރި މަޅީގައި ނުޖެހޭށެވެ! ފާއިތުވެދިޔަ ރަމަޟާން މަސްތަކުގައި، ލިބުނު ހެޔޮކަމުގެ މަތިވެރި ފުރުސަތުތައް، ކަންނެތްކަމާއި ކުޅިވަރާއި، އަރާމު ނިދީގައި ބޭކާރު ކުރި ފަދައިން، މި ރަމަޟާންމަހުގެ ރޭތަކާއި ދުވަސްތައް ބޭކަަރުވިޔަ ނުދޭށެވެ” ހުތުބާ

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ