- Advertisement -ad image

ގިނަގިނައިން އިހްތިލާފުވެ، އަރައިރުންވާނަމަ ޣައިރު މުސްލިމުންނަށް އިސްލާމްދީން ފެންނާނީ ހުތުރު ދީނެއްގެ ގޮތުގައި: ޝެއިހް ހުސެއިން

ad image

ގުޅުންހުރި ލިޔުންތައް


ގިނަގިނައިން އިހްތިލާފުވެ، އަރައިރުންވާނަމަ ޣައިރު މުސްލިމުންނަށް އިސްލާމްދީން ފެންނާނީ ހުތުރު ދީނެއްގެ ގޮތުގައި ކަމަށް އައްޝެއިހް ހުސެއިން އަބްދުالله ސައީދު ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވީ “އިޚްތިލާފީ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ މިންގަނޑު” މި މައުޟޫއަށް އިހްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

ހޯރަފުށީގައި ކުރިއަށް ގެންދިޔަ 10 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދުގެ އިތުރުން އައްޝައިޚް ޢަބްދުލް ޤާދިރެވެ.

މިމައުޟޫޢަށް ތަޤްރީރުކުރައްވަމުން އައްޝައިޚް ޙުސައިން ވިދާޅުވީ އިސްލާމްދީނުގައި ވަނީ އަޅުގަނޑުމެން، އެކީ އެއްބައެއްގެ ގޮތުގައި އުޅުމަށް އަމުރުކުރައްވާފައިކަމަށެވެ. ފިކުރީ އިޚްތިލާފްތަކަށް ބައްލަވައި ޝައިޚް ޙުސައިން ވިދާޅުވީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން އަންގަވާފައިވާ ކަންކަމުގައި ފިކުރީ އިޚްތިލާފް އުފެދިފައި ނުވާކަމަށެވެ. އަދި ދީނުގެ ބޮޑެތި ކަންކަމުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަންކަމުގައިވެސް ޚިލާފު އުފެދިފައި ނުވާކަމަށެވެ. ރަސޫލާ ﷺ ގެ ފަހުން ވަރަށް ގިނަ ޚިލާފުތައް އަންނާނެކަމަށް އެކަލޭގެފާނު ހަދީޘް ކުރައްވާފައިވާކަމަށާއި އެހެންނަމަވެސް އެކަމުގައި އޮތީ އެކަލޭގެފާނުގެ ސުންނަތާއި ޚަލީފާއިން އުޅުއްވި ގޮތުގައި ވަރުގަދައަށް ހިފައިގެން ތިބުން ކަމަށެވެ. މިކަން މީގެ އެތައް ޒަމާނެއް ކުރިން ރަސޫލާ ﷺ ވަނީ ބަޔާންކުރައްވާފައިކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ