- Advertisement -ad image

ވިސްނުންތޫނު ވިޔަފާރިވެރިއަކީ މި މޫސުމުގެ ބޭނުން އާހިރަތަށްޓަކައި ހިފާމީހާ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ވިސްނުންތޫނު ވިޔަފާރިވެރިއަކީ މި މޫސުމުގެ ބޭނުން އާހިތަށްޓަކައި ހިފާމީހާ ކަމަށާއި އެންމެމޮޅު ވިޔަފާރިއަކީ الله އަށް ކިޔަމަންގަތުން ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ ‘ ރަމަޟާންމަހުގެ ފަހުދިހަ ‘ އެވެ.
މި މައުޟޫއަށް ހުތުބާގައި ވަރަށް ތަފުސީލުކޮށް އަލިއަޅުވާލައިފާވެއެވެ. އެގޮތުން ބުނެފައިވަނީ ރަމަޟާންމަހުފެ ފަހުދިހައިގެ ޝަވާބާއި ނަރަކައިން، މުއްތި ކުރެއްވުންލިބޭ ބާއްޖަވެރިން ކަމުގައިވޭތޯ އަތުކުރި އޮޅާލާށެވެ. އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ.
މާތް الله ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ.
“ އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި އަޛާބަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައި މީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟ (އެއީ) ތިޔަބައިމީހުން الله އަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ ނަފްސުތަކުން اللهގެ މަގުގައި ތިޔަބައިމީހުން ޖިހާދު ކުރުމެވެ. ތިޔަބައިމީހުން ދަންނަނަމަ އެގޮތް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ.
އަޅުގަނޑުމެން ފާއިތުކުރަމުންމިދާ ދުވަސްތަކަކީ މަތިވެރި ދުވަސްތަކެކެވެ. ބަރަކާތްތެރި ރޭތަކެކެވެ. ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކާއި ރޭތަކެވެ. ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަނބިކަނބަލުން ފަހުދިހައިގެ ރޭތައް އިހްޔާ ކުރެއްވުމަށްޓަކައި އަވަހާރަފުޅުން ނެންގެވިއެވެ. އަދި އެކަލޭގެފާނުވެސް ފަހު ދިހައިގައި އަޅުކަން ކުރެއްވުމުގައި، އެހެންދުވަސްތަކަށްވުރެ ބޮޑަށް ހީވާގިވެ ވަޑައިގެން ގަދައަޅުއްވައި ހިއްމަތް ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ