- Advertisement -ad image

ޝައިތާނާ އަބަދުވެސް މަސައްކަތް ކުރަނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި ކުށް ފާފަތައް ކުރުވަން!

ad image

ގުޅުންހުރި ލިޔުންތައް


ޝައިތާނާ އަބަދުވެސް މަސައްކަތް ކުރަނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި ކުށް ފާފަތައް ކުރުވާށެ އެއީ މިއަދު އިންސާނާ ކުރާ އަމަލުތަކުން ގިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެތީ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ “ރުޅިމަތަކުރުމުގެ ޖަޒާއަކީ ސުވަރުގެ” އެވެ.
“ތިބާ ރުޅި ނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ވަދެވޭ ހުއްޓެވެ!” ކީރިތި ރަސޫލާ (ޞ) ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާލާ އަލިފާނުގެ އަނގުރުތަކެއް ކަމަށް ހުތުބާގައި ބުންޏެވެ.
ކީރިތި ރަސޫލާ އަކީ އެކަލޭގެފާނުގެ ޝަޚްސީ އެއްވެސް ކަމެއްގައި ކޯފާ އިސްކުރެއްވި ބޭކަލެއް ނޫންކަމަށާއި އެހެންނަމަވެސް އެކަލޭގެފާނަކީ މާތް الله ގެ ޙުރްމަތަކަށް އަރައިގަނެވޭ ހިނދު ކޯފާ ގަދަ ބޭކަލެއް ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ މީހުން، އެމީހުންގެ އަމިއްލަ ޝަޚްޞީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެއެވެ. ގަނެ ވިއްކުމުގެ މުޢާމަލާތުގައި ރުޅި، އިސްކޮށްގެން ނުވާނެއެވެ. އެކުވެރިކަމާއި އަވަށްޓެރި ކަމުގައި ރުޅި އިސްކޮށްގެން ނުވާނެއެވެ. އެމީހުން އަވަދިނެތިވެ އުޅެންޖެހޭނީ އިސްލާމް ދީނަށްޓަކައެވެ. ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ