- Advertisement -ad image

ރަމަޟާން 2024: 17 ގަޑިއިރާއެކު މިއަހަރު އެންމެ ދިގު ރޯދަ ހިފާނީ ފިންލޭންޑުގެ މުސްލިމުން 

ad image

ގުޅުންހުރި ލިޔުންތައް

އަންނަ ހަފުތާގައި ރަމަޟާން މަސް ފެށޭއިރު ބިލިއަނަކަށް ވުރެ ގިނަ މުސްލިމުން ދުވާލުގެ ވަގުތުތަކުގައި ރޯދަ ހިފަން ފަށާނެ އެވެ.

ކޮންމެ އަހަރެއްގައި ވެސް މި ބަރަކާތްތެރި މައްސަރު ފެށޭއިރު، ދުނިޔޭގެ ދެބައިކުޅަ އެއްބައި މީހުންނަށް ދިގު ހޫނު ގަދަ ދުވަސްތަކަކާއި ކުރިމަތިލާންޖެހިފައިވާއިރު، ބައެއް ޤައުމުތަކަށް މިދުވަސްވަރު ދިމާވަނީ ކުރު ފިނި މޫސުމަށެވެ.

ރަމަޟާން މަސް ފެށޭނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށްވާއިރު، ގާތްގަނޑަކަށް އެކި ގައުމުތަކުގައި ރޯދަވީއްލާ ގަޑިތައް ތަފާތެވެ. އަދި މިއަހަރު ރޯދަ ވީއްލާ ގަޑި 12 ގަޑިއިރާއި 17 ގަޑިއިރާއި ދެމެދަށް ދިގުވާނެކަމަށް ލަފާކުރެވެއެވެ. 

މިއަހަރުގެ ރަމަޟާން މަހުގެ އެންމެ ކުރު ރޯދަ

މިއަހަރުގެ ރަމަޟާން މަހު އެންމެ ކުރު ރޯދަ ހިފަންޖެހެނީ ޗިލީގެ މުސްލިމުންނަށެވެ. އެއީ އެވްރެޖްކޮށް 12 ގަޑިއިރާއި 44 މިނެޓެވެ.

ދެކުނު ހެމިސްފިއާގައި އޮތުމުން ނިއުޒީލެންޑް، އާޖެންޓީނާ އަދި ސައުތު އެފްރިކާއިން ވެސް ބަލަނީ މި ރޯދަމަހު، ރޯދައަށް ތިބެންޖެހޭ ވަގުތު ކުރުވާނެ ކަމަށެވެ. 

މިއަހަރުގެ ރަމަޟާން މަހުގެ އެންމެ ދިގު ރޯދަ

މިއަހަރު ރޯދަ ވީއްލާ ގަޑި އެންމެ ދިގުވާނެ ފިންލޭންޑާއި ގްރީންލޭންޑް އަދި އައިސްލޭންޑްގެ މުސްލިމުންނަށެވެ.އެ ޤައުމުތަކަށް ނިސްބަތްވާ މުސްލިމުން ރޯދަ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 17 ގަޑިއިރު ރޯދަ ހިފަން ޖެހޭނެއެވެ.

އަނދިރިކަން ނުވާ ޤައުމުތަކުން ރަމަޟާން މަހަށް ރޯދަ ހިފާނީ ކިހިނެއް؟

މި އަހަރުގެ ރަމަޟާން މަހު އާދަޔާ ހިލާފަށް ދުވާލުގެ ވަގުތުތައް ހުންނަ ގައުމުތަކުގެ މުސްލިމުންނަށް 20 ގަޑިއިރަށް ވުރެ ދިގު ރޯދައެއް ނުހިފޭނެއެވެ. އީކުއޭޓަރާއި ދުރުގައި ވާ ގައުމުތަކުގައި ރޯދަ ހިފުން ދިގުވަނީ މޫސުމަށް ބެލުމަށްފަހު ދުވާލުގެ މުއްދަތު ތަފާތުވުމުންނެވެ.

އެހެންކަމުން އިރު އޮއްސުމުގެ ތަފާތު ތިން ގަޑިއިރަށް ވުރެ ކުޑަ ގައުމުތަކުގައި އެހެން ސިޓީތަކުގެ ޝެޑިއުލަށް ބޯލެނބުމުގެ ހުއްދަ ދިނުމަށް ފަތުވާ ތައް ވަނީ އިއުލާނުކޮށްފަ އެވެ. މިސާލަކަށް ސަޢޫދީ ޢަރަބިއްޔާގައި މައްކާގެ ރޯދަވީއްލާ ވަގުތުތަކަށް ގިނަ ބަޔަކު ތަބާވާނެއެވެ.

މިއަހަރު ސައުދީ އަރަބިއްޔާ އާއި މެދުއިރުމަތީގެ ބޮޑު ބައެއްގައި ގާތްގަނޑަކަށް 13.5 ގަޑިއިރާއި 14 ގަޑިއިރާ ދެމެދުގެ އަދަދަކަށް ރޯދަ ހިފާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ