- Advertisement -ad image

ނަޝީދުގެ އަސްލު މައްސަލައަކީ ވެރިކަމުގައި އޭނާ ނޫން މީހަކު ހުރުންތަ؟

ad image

ގުޅުންހުރި ލިޔުންތައް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ފެސީއްސުރެ ފެނިގެން މިދަނީ ދެ ފެކްޝަނެއް ހެދި އަރާރުންވަމުންދާ ހުތުރު މަންޒަރެވެ. ޕާޓީގައި ވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ފެކްޝަނަކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް އުފެދި ބައިބާވެފައެވެ. ރައީސް ސާލިހުގެ ފަޅީގައި ތިއްބެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒާ އަދި މަޖިލިސް މެންބަރުންކޮޅެކެވެ. މިއާ ހިލާފަށް ނަޝީދުގެ ފަޅީގައި މަޖިލީހުގެ ނައިބުރައީސް އީވާ އިން ފެށިގެން އިމްތިޔާޒު ފަހުމީވެސް އެބަތިއްބެވެ.

ޕާޓީގެ ކޯޅުންބޮޑުވެ ކޮންމެ ދުވަހަކު ދެ ފެކްޝަނުގެ މެމްބަރުން ދަނީ ބަހުގެ އެތައް ހަމަލާއެއް ބަދަލު ކުރަމުންނެވެ. އަދި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ކުރަމުންދާ ތުހުމަތުތަކުން ބައެއް ފަހަރު ލަދުވެސް ގަންނަހާވެއެވެ. ކޮންމެއަކަސް ނަޝީދު މިވަނީ ބަހުގެ ހަމަލާތައް ދިނުން އިތުރު ހަރުފަތަކަށް ގެންގޮސް އެމްޑީޕީ ސަރުކާރުން ވަކިވާންޖެހޭފަދަ ބީދައަކުންވެސް ވާހަކަ ދައްކާފައެވެ. އަދި މިއަދާ ހަމައަށް ސަރުކާރުން އެއްވެސް ކަމެއް ހަމައެކަނި ޒިންމާދާރު ފަރާތަކީ އެމްޑީޕީ ނޫން ކަމަށާއި މިފަދަ އެތައް ވާހަކައެއްވެސް ދައްކަވާފައެވެ.

މީގެ އިތުރުންވެސް ނަޝީދު އިއްޔެ ރައީސް އަށް އަމާޒުކޮށް ވިދާޅުވި ބަސްފުޅަކުން ވަރަށް ބޮޑު ހާޖާނެއް އުފެދިފައިވާކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އެގޮތުން އީވާ ހިންނަވަރަށް ދިއުމުން ބަވާލާފައިވާ ކަމަށާއި ރައީސް ސާލިހު ގަލޮޅަށް އެރުމުން ބަވާލަންވީތޯ ނަޝީދު ސުވާލު ކުރެއްވިއެވެ. މިފަދަ އެތައްކަމެއް ހިނގާ ސަރުކާރަށް ހަތަރު ވާން ކައިރިވެފައިވާއިރު ނަޝީދު ފަޅިން ދަނީ މިސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދޭ ކަމަށް ބުނެ އިނގިލި ދިއްކުރަމުންނެވެ. ހުދު ނަޝީދުވެސް ތަކުރާރުކޮށް ވިދާޅުވަމުންދަނީ ސަރުކާރަށް އިތުބާރު ލިބޭނީ ވެންޓިލޭޓަރު މައްސަލައާއި އެމްއެމްޕީއާރުސީގެ ހިތާނާތްފަދަ މައްސަލަތައް ބަލައިގެން ކަމަށެވެ.

ސަރުކާރުގައިތިބީ މިވެރިންނެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތީ މިވެރިން އަތުގައެވެ. އެހެންކަމުން ހަތަރު އަހަރު ނިމިގެންދާއިރު ރައްޔިތުންނަށް ކަމެއް ކޮށް ނުދެވި އޮތުމަކީވެސް ރައްޔިތުންގެ ކުށްތޯއެވެ. ނޫނީ މިއީ ނަޝީދު ނޫން މީހަކު ވެރިކަމުގައި ހުރުމުން ފެއިލްވެފައި އޮތްކަން ދައްކަން މީނަ ރާވައިގެން ކުޅޭ ޑުރާމާއަކަށް ނުވެދާނެބާއެވެ. ކޮންމެއަކަސް އެމްޑީޕީގެ އިންތިހާބު ކާމިޔާބުކުރާ ފަޅިއެއްގެ ގޮތުން ސިޔާސީ އޮއިވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ