Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

އިސްރާއިލްގެ ޕާސްޕޯޓް މަނާކުރުން: ރާއްޖެއަށް އައުމަށް ގިނަ ފަތުރުވެރިން ޝައުގުވެރިކަން ފާޅުކުރަނީ!

ad image

ގުޅުންހުރި ލިޔުންތައް

އާދިއްތަ ދުވަހު ދިވެހި ސަރުކާރުން އިސްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެއައުން މަނާކުރަން ނިންމިކަން ހާމަކުރުމާއެކު ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ވަނީ ރާއްޖެއަށް އަމާޒުވެފައެވެ. ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ހިތްވަރުގަދަ ލާމަސީލު ނިންމެވުމަށް ދުނިޔޭގެ އެތައް ބަޔަކު ދަނީ ޝުކުރާއި ތައުރީފު އޮއްސަމުންނެވެ.

އިސްރާއިލްއަކީ ރާއްޖެ އާއި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވާ ޤައުމަކަށް ނުވިނަމަވެސް، އެ ޤައުމުން ކޮންމެވެސް ވަރަކަށް ރާއްޖެއަށް ފަތުރުވެރިން އައިސް އުޅެއެވެ. އެހެންނަމަވެސް އެ އިސްރާއިލްގެ ޕާސްޕޯޓު މަނާކުރަން ނިންމުމާއެކު، އެ ޤައުމުން ވަނީ ރާއްޖޭގައި ތިބި އިސްރާއިލްގެ ރައްޔިތުން އަނބުރާ ޤައުމަށް ދިއުމަށް އަންގާފައެވެ.

ރާއްޖޭގެ މި ނިންމުމާއެކު ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު ދަނީ ރާއްޖެ އާއި މެދު ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އަދި ގިނަ ބަޔަކުވަނީ އެމީހުން ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާކަމާއި، ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެކަމަށްވެސް ބުނެފައެވެ.

އެގޮތުން ފަލަސްތީނުގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫހެއް ކަމަށްވާ “މިޑްލް އީސްޓް އައި” އިން ރާއްޖެއިން އިސްރާއިލް ޕާސްޕޯޓު މަނާކުރިކަމަށް ބުނެ ކުރަން އުޅޭކަމަށް ބުނެ ކުރި ޕޯސްޓަށް ވަނީ ދެ ހާހަށްވުރެ ގިނަ މީހުން ތައުރީފްކޮށް ކޮމެންޓް ކޮށްފައެވެ. އޭގެތެރޭގައި އިސްރާއިލްގެ ޕާސްޕޯޓު މަނާކުރަން އެހެން ޤައުމުތަކަށްވެސް އެއްބަޔަކު ގޮވާލާފައިވާއިރު، އަނެއްބަޔަކު ވަނީ ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކުން މިއީ ނިންމި ހިތްވަރުގަދަ ނިންމުމެއް ކަމަށް ބުނެފައިވެއެވެ.

އަދި އެތައް ބަޔަކުވަނީ ރާއްޖެއަށް އައުމަށް ބޭނުންވާކަމަށް ބުނެ ޝައުގުވެރިކަންވެސް ފާޅުކޮށްފައެވެ.

މިހާތަނަށް އިސްރާއިލް ޕާސްޕޯޓު މަނާކުރި ޤައުމުތަކުގެ ތެރޭގައި އަލްޖީރިއާ، ބަންގްލަދޭޝް، ބްރޫނާއީ، އީރާން، ކުވައިތު، ލުބުނާން، ލީބިޔާ، ޕާކިސްތާން، ސީރިއާ އަދި ޔަމަނުން ހިމެނެއެވެ. އެ ގައުމުތަކުން ވަނީ އިސްރާއީލުގެ ދައުލަތް ބަލައިނުގަންނަ ކަމަށާއި އެހެންކަމުން އިޒްރޭލުގެ ޕާސްޕޯޓް އޮންނަ މީހުންނަށް އެތެރެވުމުގެ ފުރުސަތު އެ ގައުމުތަކުން ނުދޭނެކަމަށް ބުނެފައެވެ.

އިރާގުގެ ކުރުދިސްތާން ފިޔަވައި އިރާގުގައި އިސްރާއީލުގެ ރައްޔިތުން މަނާކޮށްފައިވާއިރު، ޓްރާންސިޓް ސަބަބުތަކަށްޓަކައި ނޫނީ އޮމާނުން އިސްރާއިލްގެ ރައްޔިތުންނަށް ފުރުސަތު ނުދޭއިރު، ދީނީ އަދި ވިޔަފާރީގެ ބޭނުމެއް ފިޔަވައި ސައުދީ އަރަބިއްޔާއިން ވެސް ވަނީ އިސްރާއިލް ޕާސްޕޯޓު މަނާކޮށްފައެވެ. އަދި މެލޭޝިއާއިން ވެސް އިސްރާއިލްގެ ރައްޔިތުންނަށް އެ ޤައުމަށް ދަތުރުކުރުމުގެ ހުއްދަދެނީ ހޯމް މިނިސްޓްރީގެ ކްލިއަރެންސް ޕާމިޓް ހޯދައިގެންނެވެ.

މި ހުރިޙާ ޤައުމެއްގެ ތެރެއިންވެސް ރާއްޖެ ފާހަގަކުރެވެނީ އިސްރާއިލް ޕާސްޕޯޓު މަނާކުރި އެންމެ ކުޑަ ޤައުމުގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ