Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ޤައުމު ކުޑަ، މީސްކޮޅު މަދު، ނަމަވެސް ހިތްވަރު ގަދަ ޖެހިލުން ކުޑަ މި ނިންމުން ދުނިޔޭގެ މީޑިއާ ގުޑުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

މިއަދު ރާއްޖޭގެ ސަރުކާރުން ވަނީ އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމެވިކަން އިއުލާން ކުރައްވާފައެވެ. މިއީ ދިވެހިން އެތައް ދުވަހެއް ވަންދެން އެދިއެދި ތިބި ކަމެކެވެ. ނިމިދިޔަ ސަރުކާރުގައި ވެސް ދިވެހިން ވަނީ އިސްރާއިލް ޕާސްޕޯޓު މަނާކުރުމަށް ގޮވާލާ އަޑުއުފުލާފައެވެ.

މިއަދު ސަރުކާރުގެ މި ނިންމެވުމާއެކު ބޭރު ދުނިޔޭގެ މީޑިޔާތައް ވަނީ ހަލަބޮލިވެފައެވެ. ބައިނަލްއަޤްވާމީގޮތުން ފާހަގަކޮށްލެވޭ ގިނަ މީޑިޔާތަކެއްގެ ފަލަ ސުރުހީއަށް ވަނީ މި ހަބަރު އަރާފައެވެ.

އެގޮތުން އިސްރާއިލްގެ މައި ނޫސްކަމަށްވާ “ދަ އިސްރާއިލް ޓައިމްސް”ގައި ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މުސްލިމުންގެ ނުރުހުން ބޮޑުވެފައިވާ އިންޑިއާ ކަނޑުގެ ޖަޒީރާ ރަށްތައް ކަމަށްވާ، ދިވެހި ރާއްޖެއިން އިސްރާއީލު މީހުން އައުން މަނާކުރަން ނިންމިކަމަށް ބުނެފައެވެ. މި ހަބަރުގައި އެ ނޫހުން ވަނީ “މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ދިވެހިރާއްޖެއާއެކު އިޒްރޭލުން ޑިޕްލޮމެޓިކް ގުޅުމެއް ނެތް ނަމަވެސް، ޖަޒީރާ އަތޮޅުތަކަށް މަޝްހޫރު ވެފައިވާ ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ހުއްދަ އިޒްރޭލަށް އޮންނަ ކަމަށް ބުނެފައެވެ.”

މީގެއިތުރުން އިންޑިއާގެ ގިނަ ނޫސްތަކަކުން ވެސް ވަނީ މި ހަބަރު ހޫނުކޮށް ގެނެސްދީފައެވެ. ބައެއް ނޫސްތަކުގައި މިދިޔަ އަހަރު އިސްރާއިލްގެ 11،000 އެއްހާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ކަމަށާއި، އެއީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 0.6 އިންސައްތަކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން “އަލްޖަޒީރާ ޑޮޓް ނެޓް”ގައި ވެސް އަރަބި ބަހުން އެ ހަބަރު ގެނެސް ދީފައިވެއެވެ.

ރާއްޖޭގެ ސަރުކާރުން މިއަދުވަނީ އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، އެކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލުމަށް ވެސް ނިންމާފައެވެ.

އަދި  ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގައި، “ފަލަސްޠީނާއިއެކު ދިވެހިން” މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށްވެސް ވަނީ ނިންމާފައެވެ.
ހަމަ ޔަގީނުންވެސް ގައުމު ކުޑަ، މީސްކޮޅު މަދު، ނަމަވެސް ހިތްވަރު ގަދަ ޖެހިލުން ކުޑަ މި ނިންމުން ދުނިޔޭގެ މީޑިއާ ގުޑުވާލައިފިއެވެ.
ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުމުގައި މާތް ﷲ ބަރަކާތް ލައްވާށިއެވެ. އާމީން

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ