- Advertisement -ad image

ދުނިޔޭގެ އެންމެ ބޮޑު ސައުންޑް ސިސްޓަމް ހުންނަނީ މަސްޖިދުލް ހަރަމްގައި!

ad image

ގުޅުންހުރި ލިޔުންތައް


ދުނިޔޭގެ އެންމެ ގިނަ މުސްލިމުން އެއްވަމުން އަންނަ މަސްޖިދުލް ހަރަމްގައި މިސްކިތުގެ ހޯލްގަޔާއި ކޮރިޑޯތަކާއި ވަށައިގެންވާ މަގުތަކުގައި 7،500 ސްޕީކަރު ސައުންޑް ސިސްޓަމް ގާއިމްކޮށްފައިވެ އެވެ.
ބޮޑު މިސްކިތާއި ރަސޫލާ މިސްކިތުގެ ކަންކަމާ ބެހޭ ޖެނެރަލް ޕްރެޒިޑެންސީގެ ޑިރެކްޓަރު އޮފް އޮޕަރޭޝަންސް އެންޑް މެއިންޓެނަންސް މުހައްމަދު ބިން އަބްދުލްމުހްސިން އަލް ސުލާމީ ވިދާޅުވީ ބޮޑު މިސްކިތުގައި ހުންނަ އޯޑިއޯ ސިސްޓަމަކީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑު އެއް ސައުންޑް ސިސްޓަމް ކަމަށެވެ.
މައްކާގެ ހަރަމްފުޅުގައި ހުންނަ އޯޑިއޯ ސިސްޓަމް ހިންގުމާއި ފައިން ޓިއުން ކުރުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން 120 އަށް ވުރެ ގިނަ އޯޑިއޯ މާހިރުން ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދަ އިސްލާމިކް އިންފޮމޭޝަން އިން ރިޕޯޓްކުރި ގޮތުގައި ބޮޑު މިސްކިތުގެ އޯޑިއޯ ސިސްޓަމް ސާފުކޮށް ފަރުމާކޮށްފައިވަނީ ބަންގި އަށް ކަމުން މިސްކިތާއި ގޯތިތެރެއާއި ވަށައިގެންވާ މަގުތަކުގައި ވެސް ވަރަށް ސާފުކޮށް ބަންގީގެ އަޑު އިވޭނެ އެވެ.

މި ތަޖުރިބާކާރުންގެ ޓީމުން ކަށަވަރުކޮށްދެނީ މައިކްރޯފޯނާއި ލައުޑްސްޕީކަރާއި ޓްރާންސްމިޝަން ސިސްޓަމްތައް ރަނގަޅަށް މަސައްކަތްކޮށްގެން ހައި ފިޑެލިޓީ އަޑު ބްރޯޑްކާސްޓް ކުރުމަށެވެ.
އޯޑިއޯ ސިސްޓަމްތައް ކޯޑިނޭޓް ކުރުމަށް ބޭނުންކުރާ ދެ ކޮންޓްރޯލް ރޫމްގައި ހިމެނެނީ އެއް މައި ކޮޓަރިއާއި އަލް މަސާއާ ސަރަހައްދުގައި ހުންނަ އިތުރު އެއް ސެންޓަރެވެ.
ބެކްއަޕް ސައުންޑް ސިސްޓަމްވެސް މައިގަނޑު ސައުންޑް ސިސްޓަމެއް ފޭލްވެއްޖެނަމަ މަސައްކަތް ކުރާނެ އެވެ. އެއީ ނަމާދު ކުރާ މީހުންނަށް މެދުކެނޑުމެއްނެތި ނަމާދު ފުރިހަމަ ކުރެވޭނެ ގޮތް ހެދުމަށެވެ.

ސައުދީ ޕްރެސް އެޖެންސީން ބުނާ ގޮތުގައި ސައުދީ ސަރުކާރުން ދަނީ މިސްކިތުގެ އުތުރު ފަރާތުން މަސްޖިދުލް ހަރާމް ފުޅާކުރަމުންނެވެ.
އަދި މިސްކިތުގެ ފާރުތަކާއި ގޯޅިތަކާއި އާޓިޓެކްޗަރ ޒީނަތްތެރިކޮށް، ވައިގެ ދައުރުވުމާއި ގުދުރަތީ އަލިކަމަށް ރިއާޔަތްކޮށް، ޒަމާނުއްސުރެ އޮތް އިސްލާމީ ތަރިކައާ ގުޅޭ ތަފްސީލުތައް ބޭނުންކުރާނެއެވެ.
ބޮޑު މިސްކިތުގެ ނަމުން ވެސް ނަންދެވިފައިވާ މަސްޖިދުލް ހަރާމަކީ ދުނިޔޭގެ އެންމެ ބޮޑު މިސްކިތެވެ. މިހާރު ކުރިއަށްދާ ފުޅާކުރުމުގެ މަޝްރޫއުގެ އަމާޒަކީ 519،149 އަކަމީޓަރަށް ބޮޑުކުރުން ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ