- Advertisement -ad image

ހުކުރު ދުވަސް މުސްލިމުންނަށް އެހާ ހާއްސަ ވެގެން ދަނީ ކީއްވެގެން ހެއްޔެވެ؟

ad image

ގުޅުންހުރި ލިޔުންތައް


ހުކުރު ދުވަހަކީ މުސްލިމުންނަށް ވަރަށް މުހިންމު ދުވަހެކެވެ. އެއީ ހަފްތާގެ އެހެން ދުވަސްތަކަށް ވުރެ މާ މުހިންމު އަދި ފައިދާ ބޮޑު ދުވަހެކެވެ.
އެއީ މުސްލިމު ފިރިހެނުން ޖަމާޢަތުގައި ނަމާދު ކުރުމަށް އެއްވެ އުޅޭ ދުވަހެވެ. ސީދާ ނަމާދުގެ ކުރިން އެމީހުން އަޑުއަހަނީ އިސްލާމްދީނާ ބެހޭ ގޮތުން ބާރުވެރިކުރުވުމަށް ފަރުމާކޮށްފައިވާ ދަރުސެއް ނުވަތަ ހުކުރު ހުތުބާއެވެ.

އެއީ މާތްރަސްކަލާނގެ، އެގޮތަށް ކަނޑައަޅުއްވާފައިވާ ބަރަކާތްތެރި ދުވަހެކެވެ. ހަފްތާގެ އެހެން ދުވަހެއް އޭގެ ހެޔޮ ސިފަތައް ހިއްސާއެއް ކޮށްފައެއްނުވެއެވެ.
މުއުމިނެއްގެ މުޅި ޙަޔާތަކީ އަޅުކަމުގެ ދިރިއުޅުމެކެވެ.
އުފާފާޅުކުރުންތައް ވެސް އަޅުކަމުގެ ގޮތުގައި ކުރިއަށް ގެންދެއެވެ. މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް ހާއްސަ ތަނެއް ނުވަތަ ޚާއްޞަ ވަގުތެއް ނެތް ނަމަވެސް، މާތްالله މާ މޮޅު ކުރައްވާފައިވާ ވަގުތުތަކެއް، ދުވަސްތަކެއް ހުރެއެވެ. ހުކުރު ދުވަހަކީ އެފަދަ ދުވަސްތަކުގެ ތެރެއިން އެއް ދުވަހެވެ.


ނަބިއްޔާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިވާޔަތްތަކުން އަޅުގަނޑުމެންނަށް އެނގިގެންދަނީ:
“ މާތްރަސްކަލާނގެ ޙަޟްރަތުގައި އެންމެ ރަނގަޅު ދުވަހަކީ ހުކުރު ދުވަހެވެ. އެއީ ޖަމާއަތް ބާއްވާ ދުވަހެވެ” ( އަލް- ބޭހަގީ )

ފިރިހެނުންނަށް ވާޖިބު އެ ނަމާދަކީ އަކީ އިސްލާމްދީނުގައި އެންމެ ވަރުގަދައަށް ބާރުއަޅާ އެއް ވާޖިބެވެ. އެއީ މުސްލިމުން އެއްކައުވަންތަ ކަލާނގެއަށް އަޅުކަން ކުރުމަށް އެއްވެ، ކޮނޑާ ކޮނޑު ޖެހި، އެކަލާނގެއަށް އީމާންތެރިކަމާއި ވަފާތެރިކަން ސާބިތުކޮށްދީ ބާރާއި ސާބިތުކަން ހޯދާ ވަގުތެކެވެ.

މުސްލިމުން ގިނަ ޤައުމުތަކުގައި ހުކުރު ދުވަހަކީ ކޮންމެ ހަފްތާއަކު ބަންދު ދުވަހެކެވެ. ނަމަވެސް ޖަމާޢަތުގައި ނަމާދު ކުރާ ވަގުތު ނޫނީ ވިޔަފާރިތައް ބަންދުކުރުން ލާޒިމުކޮށްފައެއް ނުވެއެވެ. ހުޅަނގުގެ ޤައުމުތަކުގައި ގިނަ މުސްލިމުން މަސައްކަތް ކުރާ ގަޑީގެ ބްރޭކް ނެގުމަށް ހުކުރު ދުވަހުގެ މި ހާއްސަ ނަމާދުގެ ވަގުތު ހަދައެވެ.
މުޙައްމަދު ނަބިއްޔާ އެކަލޭގެފާނުގެ އަހުލުވެރިންނަށް ވިދާޅުވެފައި ވެއެވެ.
“ ކޮންމެ ދުވަހަކު ކުރާ ފަސް ނަމާދަކީ، އަދި އެއް ހުކުރު ނަމާދުން ފެށިގެން އަނެއް ހުކުރު ނަމާދާއި ހަމައަށް، އެދެމީހުންގެ މެދުގައި ކުރެވިފައިވާ ކޮންމެ ފާފައެއްގެ ކައްފާރާއެއްގެ ގޮތުގައި ކުރެވޭ ކަމެކެވެ. “
ހުކުރުނަމާދަކީ މަސައްކަތާއި، ކިޔެވުމާއި، އަދި އެނޫންވެސް ދުނިޔަވީ އެއްވެސް ކަމަކަށްވުރެ މުހުންމު ނަމާދެކެވެ.
މުއުމިނުން މި ނަމާދަށް ހާޒިރުވުމަކީ އިސްކަންދޭންޖެހޭ ކަމެއް ކަމުގައި ވާއިރު، އެއްވެސް ޞައްޙަ ސަބަބެއް ނެތި ޖެހިޖެހިގެން ތިން ހުކުރު އެޅުމަކީ މުއުމިނަކު ސީދާ މަގުން އެއްކިބާވާނެ ކަމެއް ކަމުގައި ބުނެވެއެވެ.
( މައުލޫމާތު ނެގީ https://aboutislam.net )

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ