- Advertisement -ad image

ސަރުކާރާއި ގުޅިގެން ފެލިދޫ ދާއިރާއަށް ބޭނުންވާ ތަރައްޤީ ގެނެވޭނެ ހަމައެކަނި ކެނޑިޑޭޓަކީ އާދަމް ޒާހިރު!

ad image

ގުޅުންހުރި ލިޔުންތައް


ވ. އަތޮޅު ފެލިދޫ ދާއިރާއަކީ، ފާއިތުވެދިޔަ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ދާއިރާއެކެވެ. ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ތަރައްގީ ގެނައުމުގައި ވޭތުވެދިޔަ 15 އަހަރު ވެރިކަން ކުރި ސަރުކާރުތަކުން ވަނީ ފެއިލްވެފައެވެ. ލ. ފޮނަދޫ، ފަޒާ އާދަމް ޒާހިރު، ކެނޑިޑޭޓު ނަމްބަރު 4 ރައްޔިތުންގެ މަޖިލީހުގައ ވާދަ ކުރަން ނިންމެވީ އެ މަޖިލިސް ތެރޭގައި ފެލިދޫ ދާއިރާ ތަމްސީލު ނުކުރެވި މިއަދު ބާކީވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް/ޕީއެންސީގެ ސްލޮޓެއްގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް އާދަމް ޒާހިރު (އެޑަމް) ނިންމެވި އެއް ސަބަބަކީ ދާއިރާއަށް ބޭނުންވާ ތަރައްޤީ ގެނެސްދެވޭނީ ސަރުކާރަށް ނިސްބަތްވާ ކެނޑިޑޭޓަކަށް ކަމަށް ޤަބޫލުފުޅުކުރައްވާތީއެވެ. މިކަން ހާމަވަނީ ޙުދު އާދަމް އިސްވެ ހުންނަވައިގެން އަމިއްލަފުޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެލިދޫ ދާއިރާގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެވުމަށް ކެނޑިނޭޅި ކުރައްވަމުންދާ މަސައްކަތުންނެވެ.


އެޑަމްއަކީ ފެލިދޫ ދާއިރާއަށް އުފަން ރައްޔިތަކަށް ނުވި ނަމަވެސް މިއީ އެ ދާއިރާގެ ރައްޔިތުންނަށް އައު މޫނެއް ނޫނެވެ. އެޑަމް ވަނީ އެތައް ފަހަރެއްގެ މަތިން ދާއިރާގެ ރައްޔިތުންގެ ގާތަށް ގޮސް، ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޝަކުވާތައް އަޑުއައްސަވާފައެވެ. މީގެ އެއް ހެއްކަކީ މި ދާއިރާގައި ހިމެނޭ ތިން ރަށްކަމަށްވާ ފެލިދޫ، ފުލިދޫ އަދި ތިނަދޫއަށް ބޭނުންވާ ބޮޑެތި ކަންކަމުން ފެށިގެން އެންމެ ކުދި ކަންތައްވެސް އެއްވެސް އުނދަގުލެއް ނެތި، ފަރިތަކަމާއެކު ކިޔާލަން އެނގުމެވެ.
ފެލިދޫ ދާއިރާއަކީ އާބާދީ ކުޑަ ދާއިރާއެއް ނަމަވެސް މިއީ ރާއްޖޭގައި އެންމެ ގިނައިން މީހުން އަރާފައިބާ އެއް ދާއިރާ އެވެ. އަދި ފަތުރުވެރިކަމުގެ ގޮތުން ބަލާނަމަ މިއީ އެންމެ ގިނައިން ގްރީން ޓެކްސް ދައްކާ އެއް ދާއިރާ އެވެ. ވ. އަތޮޅަކީ ދިވެހި ރާއްޖޭގެ ގެސްޓުހައުސް ވިޔަފާރީގެ މައިބަދައިގެ ގޮތުގައި ސިފަކުރައްވަމުން އާދަމް ވަނީ މި ދާއިރާގެ އެންމެ އަސާސީ ކަންތައް ކަމަށްވާ ތައުލީމު، ސިއްހަތު އަދި އަރާފޭބުން އަދިވެސް އޮތީ މީގެ ވިއްސަކަށް އަހަރުކުރީގައި ކަމަށް ވިދާޅުވެފަ އެވެ.


“އަޅުގަނޑުގެ ތަސައްވަރަކީ އަދި ނުކުމެ މިހުރީ ދާއިރާގެ ސިއްހަތާއި، ތައުލީމާއި، އުމްރާނީ ތަރައްގީ ވޭތުވެދިޔަ 15 އަހަރާއި އަދި ކުރިއަށް އޮތް ފަސް އަހަރާއެކީގައި ސަރުކާރާއި ގުޅިގެން، ޖުމްލަ 20 އަހަރު ދުވަހުގެ ތަރައްގީ ގެނުވަން. މިކަން ވާނީ އަޅުގަނޑަށް، ކުރެވޭނީ އަޅުގަނޑަށް، މިކަން ވާނެ އަދި ކުރާނަން” އާދަމް ވިދާޅުވި އެވެ.
ފެލިދޫ ދާއިރާ ކީއްވެ؟
އާދަމް ޒާހިރު ވިދާޅުވިގޮތުގައި ފެލިދޫ ދާއިރާއަކީ ފެށުނީއްސުރެވެސް އޭނާ އާއި ވަރަށް ގާތް ދާއިރާއެކެވެ. އާދަމް ޒާހިރަކީ އެ ދާއިރާއަށް ދެކެ ފަރިތަ މޫނެކެވެ. ދާއިރާއަށް ހުރިދަތިތައް އާދަމް ގެންދެވީ ރައްޔިތުންގެ ގާތަށް ގޮސް އަހާ އޮޅުން ފިލުއްވަމުންނެވެ.
“ފެލިދޫ ދާއިރާ އަކީ ވޭތުވެދިޔަ 15 ވަރަކަށް އަހަރު ދުވަހު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ދާއިރާއެއް. ތަރައްޤީގެ އެއްވެސް ކަހަލަ ބޮޑު މަޝްރޫއެއް އަދި ބޭސިކް ނީޑްސްގެ އެއްވެސް ކަމެއްވެސް ނެތް ކުރެވިފައެއް. މިކަންކަމަށް ބަދަލެއް ގެންނަން ވެގެން މި ކުރިމަތިލީ” – އާދަމް
އެގޮތުން ފެލިދޫއަށް ކުރާ ގަދަ ވިއްސާރައިގަ ބެހެނީ ކިތައް ލޯންޗުކަމާއި، ފުލިދޫ ސްކޫލު ފުރާޅު ފޫވެއްޓިފައި ހުރިންކަންވެސް އެނގިލައްވާކަމަށް އާދަމްވަނީ ވިދާޅުވެފައެވެ. އަދި ފެލިދޫ ސްކޫލަށް ދިމާވެފައި ހުރި ޖާގައިގެ ދަތިކަމާއި، ލައިބްރަރީގެ މައްސަލައިގެ އިތުރުން ފެލިދޫ ރަށްގިރުމުގެ މައްސަލައަކީ ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއްގެ ގޮތުގައި އާދަމް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ތިނަދޫ ބަނދަރު އެތައް ފަހަރެއްގެ މަތިން ވެއްޓިފައިވާކަން ވެސް އެނގިލައްވާކަމަށް އާދަމް ވަނީ ވިދާޅުވެފަ އެވެ.
“އަޅުގަނޑަށް އެނގޭ ފުލިދޫ ސިއްހީ މަރުކަޒުގަ ޑޮކްޓަރު އިށީންނަން ހުރި ގޮނޑީގެ ހާލަތު” – އާދަމް ވިދާޅުވި އެވެ.
އާދަމް ވިދާޅުވީ ދާއިރާއަށް ދިމާވެފައިވާ މިފަދަ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދީ، ތަރައްގީ ގެނެވޭނީ ރަނގަޅު އަހުލާޤެއް ހުރި އަދި މަޖިލިސްތެރޭގައި ދާއިރާގެ އަޑުއުފުލާ ފަސޭހައިން ސަރުކާރާއި މިފަދަ މައްސަލަތައް މަޝްވަރާ ކުރެވޭނެ ކެނޑިޑޭޓަކަށް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން ފަސޭހަވާނީ ސަރުކާރުގެ ކެނޑިޑޭޓަކަށް އެކަނި ކަމަށްވެސް އާދަމް ވަނީ ވިދާޅުވެފަ އެވެ.
“ހުރިހާ ދިވެހިންވެސް ޤަބޫލުކުރާ ކުރުމަކީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭ ސަރުކާރަކީ އަބަދުވެސް ޕީޕީއެމް/ޕީއެންސީ ސަރުކާރުންކަން. އެހެންވީމަ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓަކަށް. އަޅުގަނޑުމެންގެ ރައީސަކީ ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްދަވާ ދެއްވާ ބޭފުޅެއް” – އާދަމް
މަޖިލީހަށް ހޮވިއްޖެނަމަ ދާއިރާއަށް އެންމެ އިސްކަމެއް ދީގެން ކުރާނީ ކޮންކަމެއް؟
އާދަމް ވަނީ ރައްޔިތުންގެ މަޖިލީހަށް ހޮވިއްޖެނަމަ މިހާރެކޭ ވެސް އެއްފަދައިން ރައްޔިތުންގެ މަޝްވަރާގެ މަތިން ދާއިރާއަށް ބޭނުންވާ ހުރިހާ ކަމެއްވެސް ކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
ހާއްސަކޮށް ވ. އަތޮޅުގެ ޒުވާނުންގެ ވިޔަފާރިކުރުމުގެ ވިސްނުން ހުރިއިރު، އެރަށްތަކުގައި ޒުވާނުންނަށް ބިމުގެ ދަތިކަން ހުރިކަން އާދަމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 40-50 އަހަރުން ދަށުގެ މީހުންގެ އަތުގައި އަމިއްލަ ގޯއްޗެއް ނެތްއިރު، ގެ ބަހައިގެން މި ލިބެނީ 100 ނޫނީ 200 އަކަފޫޓުކަމަށް ވެސް އާދަމް ވިދާޅުވި އެވެ. އަދި މިކަމަށް ހައްލު ހޯދުމަށް ރައީސް ވަނީ ފުލިދޫ އަދި ފެލިދޫގެ ބިން ހިއްކަން ވައުދުވެވަޑައިގެންފައި ކަމަށާއި، މަޖިލީހަށް ހޮވިއްޖެނަމަ ސަރުކާރުގެ ތެރެއިން އެ މަސައްކަތް ވީހާވެސް އަވަހަށް ކޮށް ނިންމަވާނެކަމަށް ކަމަށް އާދަމް ވިދާޅުވި އެވެ.


އަދި ވ. އަތޮޅުގެ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގެ ހިދުމަތް މިދިޔަ 15 އަހަރު ހުއްޓިފައި އޮތްކަން ފާހަގަކުރައްވާ، ހިދުމަތް ފެށުމަށް ކުރަންޖެހޭ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރުވެސް ފަށާދީފައިވާނޭ ކަމަށް އާދަމް ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ވ އަތޮޅުގެ ރައްޔިތުންނަށް ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ޕިކްނިކް އައިލެންޑެއް ބިނާކޮށްދޭނެކަމުގެ ޔަގީންކަން ވެސް އާދަމް ވަނީ ދެއްވާފަ އެވެ.
އަދި މި މަސައްކަތްތައް އާދަމްއަށް ކުރެވޭނެ ކަމުގެ އެއް ހެއްކަކީ ދާދިފަހުން ވ އަތޮޅުން ލައިސެންސް ނެގުމަށް ހުރި ދަތިތަކަށް ހައްލެއް ގެނެސްދީ، ފަސޭހަކަމާއެކު ލައިސަންސް ނެގޭނެގޮތް ހަމަޖައްސައިދިނުން ކަމަށްވެސް އާދަމް ވިދާޅުވި އެވެ.
“މިކަންކަމަށް މިހާރުވެސް މިދަނީ އަމަލީ މަސައްކަތްކުރަމުން، އަދި މިކަންކަމަށް ދާއިރާގެ ރައްޔިތުން ހެކިވާނެ.” އާދަމް ވިދާޅުވި އެވެ.
ފެލިދޫ ދާއިރާގެ ހެވާއި ލާބަޔަށްޓަކައި އާދަމްއަށް ވޯޓު ދޭންވީ ސަބަބުތައް ބައިވަރުކަމަށް އާދަމް ވިދާޅުވިއެވެ. އަދި ދާއިރާގެ އިތުރުން މަޖިލިސް އެތެރެއިން ވެސް އިސްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ޢާދަމް ވިދާޅުވިއެވެ. ޒުވާނުންނަށް ނަމޫނާ ދައްކަންވީ ބަޔަކަށް މަޖިލިސް މެމްބަރުން ވާންޖެހޭއިރު މިހާރުވެސް ބައެއް މެމްބަރުންގެ އަހުލާޤު ހުންނަ ގޮތާއި މެދު އެއްވެސް ގޮތަކަށް ހިތްހަމައެއް ނުޖެހޭކަމަށާއި، އެކަންކަން ރަނގަޅުކުރުމަށްޓަކައި، މަޖިލިސް ތެރެއިން މިފަދަ އަމަލު ހިންގާ މީހުންނަށް ފިޔަވަޅު އެޅޭނެ މަގެއް ހޯދާނެކަމަށް އާދަމް ވިދާޅުވި އެވެ.


އަދި މިހާރުވެސް ދާއިރާގެ ކަންކަމުގައި ދާއިރާގެ ރައްޔިތުންގެ ފުރިހަމަ މަޝްވަރާ ހޯދަމުންދާ ކަމަށާއި، ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާއަށް ހޮވިއްޖެނަމަ، ކުރިއަށް އޮތްތަނުގައި ވެސް ކަންކުރާނީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ފުރިހަމަ މަޝްވަރާގެ މަތިންކަމަށް އާދަމް ވިދާޅުވި އެވެ. ހަމައެހެންމެ ސަރުކާރާއި ގުޅިގެން ރައްޔިތުން އެދޭ ތަރައްގީ ދާއިރާއަށް ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް އާދަމް ވަނީ އަރުވާފައެވެ.
“އަޅުގަނޑު ހޮވައދެއްވައިފިނަމަ އިރާދަކުރެއްވިއްޔާ ބިމުގެ ދަތިކަން ދިމާވެފައިވާ ރަށްރަށަށް ސަރުކާރާޢި ގުޅިގެން ބިން ހިއްކަދޭނަން. ސްކޫލަށް ދިމާވެފައިވާ ފުރާޅުން ފޭބުމާއި، މިފަދަ އެހެނިހެން ލައިބްރަރީގެ މައްސަލަ އާއި މިހުރިހާ މައްސަލައަށް ސަރުކާރާއި ގުޅިގެން ހައްލު ހޯދަދޭނަން. އަދި ހާއްސަކޮށް ވ. އަތޮޅުގެ ހޮސްޕިޓަލްގެ އޯޓީގެ ހިދުމަތް މިދިޔަ 15 އަހަރު ހުއްޓިފައި އޮތް ހިދުމަތް ފަށާދޭނަން. މިހާރުވެސް އަޅުގަނޑު ވާނީ މި މަސައްކަތުގެ ފުރަތަމަ ފޭސް ފަށާދީފަ. އަދި އޭގެއިތުރުން ވ އަތޮޅުގެ ރައްޔިތުންނަށް ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ޕިކްނިކް އައިލެންޑެއް ބިނާކޮށްދޭނަން. ރައްޔިތުން އެދޭނެ ހަމައެކަނި ކެނޑިޑޭޓަކަށް ހުރީ ހަމައެކަނި އަޅުގަނޑު. އެއީ ސަރުކާރުގެ ކެނޑިޑޭޓު.” – އާދަމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ