- Advertisement -ad image

ހުޅުދޫ ރައްޔިތުންގެ އެކުވެރި ޝާޑު، ދެގޮތެއްނުވެ އަދިވެސް ހުންނެވީ ރައްޔިތުންގެ ހައްގުގައި!

ad image

ގުޅުންހުރި ލިޔުންތައް

ހުޅުދޫއަށް އުފަން މުހައްމަދު ޝާހިދު (ޝާޑު) އަކީ އަމިއަލަ ރަށުގައި ހުންނަވައިގެން ރައްޔިތުންގެ އިހްސާސްތައް ދެނެގަނެ، ރައްޔިތުންނާިއ ނުހަނު ގާތުން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. 

ހުޅުދޫގެ އިޤްތިސާދު ނަގާ ކޮޅަށް ޖެހުމުގައި ހުންނެވި އެއް މޭސްތިރިއަކީވެސް ޝާޑުއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ނުކުމެވަޑައިގެންނެވި ނަމަވެސް ފަހުން ޝާޑުވަނީ ހުޅުދޫގައި މަސްދޯންޏެއް ބަދެ މަސްވެރިކަމުގެ ވިޔަފާރިއަށް ވަދެވަޑައިގެންފައެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުދޫ ތަމްސީލް ކުރެއްވިއިރުވެސް ޝާޑު ވަނީ ރައްޔިތުންނާއި ނުހަނު ގާތުން މަސައްކަތް ކުރައްވާފައެވެ. އެ ފަސް އަހަރުގެ ތެރޭގައި ޝާޑުވަނީ ހުޅުދޫއަށް ވަނީ ގިނަ ތަރައްގީތަކެއް ގެނެސްދެއްވާފައެވެ. ރަށުގެ މަލަމަތި ބަދަލުކޮށް، ހުޅުދޫ އަދި މީދޫއަށްވެސް ބޮޑެތި މަޝްރޫއުތަކެއް ގެނެސްދެއްވި އެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފަހި ފުރުސަތުތަކެއް ހޯއްދަވައިދެއްވެވިއެވެ.

އެގޮތުން މިފްކޯ މަސް ފެކްޓަރީ އާއި ސަދަން ޓްރާންސްޕޯޓު ލިންކުގެ އިތުރުން ވެމްކޯގެ އޮފީސްތައް ގާއިމްކޮށް އެ ތަންތަނުން ރަށުގެ ގިނަ ބަޔަކަށް ހޯދަދިން ވަޒީފާގެ ފުރުސަތުތަކާއި، ހުޅުދޫ ޒުވާނުންގެ މަރުކަޒާއި، ފުޓްސަލް ދަނޑު އެޅިގެން ދިޔައީ ޝާޑު މަޖިލިސް ތަމްސީލްކުރެއްވި 5 އަހަރުގެ ތެރޭގައެވެ.

މީގެއިތުރުން ޓޫރިޒަމް އައްޑޫގައި ތައާރަފްކުރުމަށް ކުރަމުންދިޔަ މަަސައްކަތުގެ ތެރެއިން “އިސްމެހެލާ ހެރަ” ވުޖޫދަށް ގެންނެވުމަށްވެސް ޝާދުވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.  

މީގެ 17 އަހަރު އަހަރުކުރިން ސިޔާސީ މައިދާނަށް ނުކުންނެވި ޝާޑު އަދިވެސް ހުންނެވީ އެއް ވިސްނުމަކާއި، އެެއް ފިކުރެއް އަދި އެއް ހިޔާލެއްގައި އެވެ. ޝާދު ވިދާޅުވާ ގޮތުގައި އޭނާ ކުރިއަށްވެސް ހުންނާނީ ހަމަ އެ ފިޔަވަޅު މަތީގައެވެ. 

އަދި މަޖިލީހަށް ކުރިމަތިލާން ނިންމެވީ މި ސަރުކާރާއި ގުޅިގެން އައްޑޫ އަށާއި، ހުޅުދޫ ދާއިރާއަށްް އަދި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލާބަ އާއި މަންފާ ކުރުވަނިވި ކަންތައްތައް ސަރުކާރުން ކުރިއަށް ގެންދަވާތި އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުންކަމަށް ޝާޑު ވަނީ ވިދާޅުވެފައެވެ.

ޝާޑުއަކީ ހުޅުދޫ ދާއިރާއަށް އާ ބޭފުޅެއް ނޫނެވެ. ދާއިރާގެ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރި، އެ ތަޖުރިބާ ހުރި، އެކަން ޔަގީންކޮށްފައިވާ ކެނޑިޑޭޓެއް ހުދު ޝާޑުކަމަށް އަމިއްލަފުޅަށްވެސް ޤަބޫލުފުޅުކުރައްވައެވެ. ހާއްސަކޮށް އެ މަޖިލީހުގައި އެ ދާއިރާއަށް ކުރިމަތިލާން ނިންމެވީ ޝާޑުއަކީ ހުޅުދޫގެ އުފަން ދަރިއަކަށް ވެފައި ހުޅުދޫ އާއި ދޭތެރޭ ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުންކަމަށް ޝާޑު ވަނީ ވިދާޅުވެފަ އެވެ.

“އަޅުގަނޑަކީ އެއްވެސް ހާލެއްގައި ޖަވާބުދާރީކުރުވުމުގެ ނަމުގައި މަޖިލީހަށް ވަދެ އަމިއްލަ މަގްސަދާއި، މަންފާ ހޯދުމަށް އަންނަ މީހެއް ނޫން. އަޅުގަނޑު ބޭނުމެއް ނުވާނެ ފަޅެއް، ރަށެއް، ކޮލެޖު އަޅާކަށް ބިމެއް، އަޅުގަނޑު ބޭނުމެއް ނުވާނެ އަޅުގަނޑުގެ އެއްބަނޑު ތިމާގެ ކުދިންނަށް ވަޒީފާ ހޯދަދޭކަށް، ލޯނު ހޯދަދޭކަށް. ފާއިތުވި ދުވަސްތަކުގައިވެސް އަޅުގަނޑު ވާނީ އެކަން ސާބިތުކޮށްދީފަ” އާދިއްތަ ދުވަހުގެ ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޝާޑު ވިދާޅުވިއެވެ.

ޝާޑު ވަނީ ދިވެހިންނަކީ އެއްވެސް ހާލެއްގައި އެއްވެސް ބައެއްގެ އަޅުވެތި ބައެއް ނޫންކަން ވެސް ހަނދާން އައުކޮށްދެއްވާފަ އެވެ. އަދި މިއަދުވެސް މިތިބީ ތަރައްގީ އާޢި ކުރިއެރުމާއި، ޤައުމުގެ ހަމަޖެހުމާއި، އިންސާފާއި ހަމަހަމަކަން މަތީގައިކަމަށްވެސް ޝާޑު ވަނީ ވިދާޅުވެފަ އެވެ.

“އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެގޮތެއް ނުވެ، ހުއްޓުމެއް، ވަރުބަލިކަމެއް ނެތި، ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި، މި ރާއްޖެއަށްޓަކައި ނުހަނު ބުރަ މަސައްކަތެއް ކުރައްވަމުން ގެންދަވާ މަންޒަރު، މިކަމަށް އެއްބާރުލުން ދިނުމަށް އަޅުގަނޑު މި ދަނީ.”

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޝާޑު ކުރިމަތިލެއްވީ ކުރިއަށް އޮތް 5 އަހަރުވެސް ސަރުކާރުގެ ތެރެއިން ދާއިރާއަށް ގިނަ ތަރައްގީތަކެއް ގެނެސްދެއްވުމުގެ ޔަގީންކަމާއެކުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ