- Advertisement -ad image

މި ދެމަފިރިންނަށް ސަމޯސާ ވިއްކައިގެން ދުވާލަކު 12 ލައްކަ ރުޕީސްލިބޭ!

ad image

ގުޅުންހުރި ލިޔުންތައް


އަހަރުމެންނަށް އަބަދުވެސް އިވެނީ ކޮންމެ މީހަކުވެސް އެމީހަކު ގަޔާވާ ލޯބިވާ ކަމެއް ކުރާށޭ ބުނާ އަޑެވެ. ނަމަވެސް ބައެއް ފަހަރު އެމީހެއްގެ ހުވަފެން ހަގީގަތަކަށް ހަދަން އުޅެ ނާކާމިޔާބީ އާއި ކުރިމަތިލާންޖެހޭ ފަހަރުވެސް އާދެއެވެ. ނަމަވެސް މުޖުތަމައުގެ ދިމާކުރުންތަކާއި އުސޫލުތަކަށްވުރެ ބޮޑަށް އެމީހެއްގެ ހުވަފެން ހަގީގަތަކަށް ހަދަން މަސައްކަތް ކުރާ މީހުން މިއަދު އެބަ ފެނެއެވެ.
ބެންގަލޫރުގައި ދިރިއުޅޭ ނިދީ ސިންގް އާއި އޭނާގެ ފިރިމީހާ ޝިކަރ ވީރް ސިންގް އަކީ އެމީހުންގެ މަޝްހޫރު ބޮޑު މުސާރަ ލިބޭ ވަޒީފާ ދޫކޮށް، ގެ ވިއްކާލައިގެން ސަމޯސާގެ ވިޔަފާރިއެއް ފެށި ދެމަފިރިންނެވެ.
މިއަދު އެމީހުންނަށް ދުވާލަކު 12 ލައްކަ ރުޕީސް ސަމޯސާ ވިއްކައިގެން ލިބެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސަމޯސާ ވިއްކުމުގެ ޚިޔާލު ޝިކާރަށް އައީ ކިޔަވަމުން ދިޔައިރުއެވެ. އޭނާ ދެކެމުން އައި ހުވަފެނަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ބްރާންޗްތަކުގެ ބޭރުގައި ސަމޯސާ ވިއްކުމެވެ.
އެކަމަކު، މުޖުތަމައުގެ އުސޫލުތަކާއި އޭނާގެ އަތުގައި ހުރި ޑިގްރީތައް ވިސްނައިގެން، އޭނާ އިޚްތިޔާރުކުރީ ސައިންސްވެރިއަކަށް ވުމެވެ. 2015 ވަނަ އަހަރުގެ އެއްދުވަހަކު ފުޑް ކޯޓެއްގައި ސަމޯސާ ކާން ރޮމުން ދިޔަ ކުއްޖަކު ފެނުމުން އިންޑިއާގެ އެންމެ މަގުބޫލު ލުއި ކާނާ ފާހަގަ ކުރަން ނިންމައި، ސައިންސްވެރިއެއްގެ ގޮތުގައި މަޝްހޫރު ވަޒީފާ ދޫކޮށް ބެންގަލޫރަށް ބަދަލުވެ، ‘ސަމޯސާ ސިންގް’ ހުޅުވި އެވެ. އޭރު ނިދީ ސިންގް ވެސް މަސައްކަތް ކުރަމުން ދިޔައީ ގުރޫގްރާމްގައި ހުންނަ ބޭސް ކުންފުންޏެއްގެ މަތީ މަގާމެއްގައި ކަމަށާއި، އަހަރަކު 30 ލައްކަ ރުފިޔާގެ ޕެކޭޖެއް ލިބެމުން ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ވަޒީފާއިން ވިޔަފާރިއަށް ބަދަލުވުމަކީ މުޖުތަމައުގެ އުސޫލުތައް ވިސްނައިގެން ދެމަފިރިންނަށް ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު، އެމީހުންނަށް ކާމިޔާބު ލިބުނީ، ރައްކާކުރި ފައިސާ ބޭނުންކޮށްގެން ވިޔަފާރި ފެށުމުން، އަދި ފަހުން ވިޔަފާރި ބޮޑުވެ، ބަދިގެއަކަށް ބޮޑު ޖާގައެއް ބޭނުންވުމުން، އެމީހުންގެ އެޕާޓްމަންޓް ފްލެޓް ވިއްކާލައި، ބެންގަލޫރުގައި ފެކްޓްރީއެއް ކުއްޔަށް ހިފައިގެން ވެސް މަސައްކަތް ފެށުމުންނެވެ.
މުޅި އިންޑިއާގައި 40 އަށް ވުރެ ގިނަ އައުޓްލެޓް ހުރި މި ކުންފުނި މަޝްހޫރުވެފައިވަނީ ބަޓަރ ޗިކަން ސަމޯސާ އާއި ކަޑައި ޕަނީރް ސަމޯސާ އިން ކަމަށާއި މިހާރު ރާވަމުންދަނީ އިތުރު ރަހަތަކާއި އިތުރު އެތައް ސިޓީއެއްގައި ވިޔަފާރި ފުޅާކުރުމަށެވެ. އަދި ޕާނީ ޕޫރީ، ދާހީ ޕޫރީ، މަސާލާ ޕޫރީ، ވަޑާ ޕަވް، ދަބެލީ، ސަމޯސާ ޕްލެޓާ، ޖަޖީރާ، ގުލާބް ޖަމޫން، މޫންގް ދާލް ހަލްވާ، އަދި އެހެނިހެން ތަކެތި ވެސް ވިއްކަ އެވެ. އެމީހުން މިހާރު ރާވަމުންދަނީ ވިޔަފާރި ފުޅާކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ