- Advertisement -ad image

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރީ ނަމަކަށް! 5 އިންސައްތައިގެ ކުރިއެރުން ލިބުނީވެސް މަދުބަޔަކަށް!

ad image

ގުޅުންހުރި ލިޔުންތައް

ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކުރިކަން ސަރުކާރުން އިއުލާނު ކުރުމުން އަޅުގަނޑުވެސް ނިކަން އުފާވިއެވެ. ސަބަބުތައްވެސް އެހާގިނައެވެ. ސިއްހީ ދާއިރާގައި މަސައްކަތްކޮށް ދިރިއުޅުން އާރާސްތުކުރާ އެތައް އާއިލާއަކަށް ލިބިގެންދާނެ ފަސޭހައަށްޓަކައެވެ. ނަމަވެސް ހަގީގަތުގައި ސަރުކާރުން މިކަން ކުރި ގޮތް ބަލާލުމުން އަސްލު ކަން އޮތް ގޮތް ވަރަށް ސާފެވެ. ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑުކުރީ ނަމަކަށެވެ. ސަރުކާރުން ބުނި ބޮޑު މުސާރަ 98 ހާސް ރުފިޔާ ލިބޭ ހަމަ އެކަކުވެސް އަދި އެ މުސާރައަށް ޝަރުތު ހަމަވާ މީހަކުވެސް މި ދިވެހިރާއްޖޭގައި ނެތެވެ. 

ހެލްތް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ސީނިއާ ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓަކަށް މުސާރައިގެ ގޮތުގައި 98137 ރުފިޔާ ލިބޭނެކަމަށް އޮތްއިރު އެފެންވަރުގެ ޑޮކުޓަރެއް ރާއްޖޭގައި ނެތް ކަން ހާމަވެއެވެ. ހެލްތް މިނިސްޓްރީގައި ވަޒީފާގެ ކުރިއެރުން ދިނުމަށް އޮންނަ އުސޫލުތަކަށް ބަލާއިރު ސުޕަ ސްޕަޝިއަލިސްޓެއްގެ ގޮތުގައިވެސް 16 ވަރަކަށް އަހަރު މަސައްކަތް ކޮށްގެން ނޫން ގޮތަކަށް ސީނިއާ ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓަކަށް ނުވެއެވެ. އެހެންކަމުން ލައްކައެއްހައި ރުފިޔާއަށް ބޮޑު ކުރި މުސާރައެއް ދޭންޖެހޭވަރުގެ ޑޮކުޓަރަކު ކުރިއަށް އޮތް ކުރުމުއްދަތުގެ ތެރޭގައި ރާއްޖޭގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރުން ދުރެވެ. 

ސަރުކާރުން މީޑިއާތަކުގައި ހާމަކުރީ ކޮންމެ ދާއިރާއެއްގެވެސް އެންމެ މަތީ މަގާމަށް މުސާރަލިބޭ މިންވަރެވެ. އެމްބީބީއެސް ހަދައިގެން ސިވިލް ސާރވިސް ވަޒީފާއަށް ވަނުމަށްފަހު މެޑިކަލް އޮފިސަރު އަކުން 41ހާސް ރުފިޔާ ލިބޭ ސީނިއާ މެޑިކަލް އޮފިސަރަކަށް ވަނީ ގާތްގަނޑަކަށް 10 އަހަރުގެ ތަޖުރިބާ އަށްފަހުއެވެ. 

” ސިއްހީ ދާއިރާއަކީ ގަވައިދުން މަގާމުގެ ކުރިއެރުންދޭ ދާއިރާއަކަށް ނުވާއިރު ވޭތުވެދިޔަ ހަތަރެއް ނޫނީ ފަސް ވަރަކަށް އަހަރު ތެރޭ މަގާމުގެ ކުރިއެރުން ނުލިބޭ މީހުން ވަރަށް ގިނަ. ނަމަވެސް އޮނިގަނޑު ބުނާގޮތުން ކޮންމެ ދެއަހަރަކުން މަގާމުގެ ކުރިއެރުން ލިބެންޖެހޭ ” ހެކްތް ސެކްޓަރގައި މަސައްކަތްކުރާ ފަރާތެއް. 

ސަރުކާރުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރަ ބޮޑުކޮށްފައިވާ ގޮތުން ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރެވެއެވެ. ސަރުކާރުން ބުނެފައިވަނީ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތާއި އެކު ސިއްހީ ދާއިރާގެ 9،838 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވިއްޖެ ކަމަށެވެ. އެކަމު ބުނަން ހެއްޔެވެ. މީގެ ތެރޭގައި 15 އިންސައްތައިގެ ކުރިއެރުމެއް ލިބުނީވެސް މަދު ބަޔަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ