- Advertisement -ad image

ތިގޭގައި ވެސް ދެވަނަ ދަރި ހަމަ އެހާ ހަލަނިތަ؟

ad image

ގުޅުންހުރި ލިޔުންތައް

ދެވަނައަށް ލިބޭ ކުދިންގެ ހަލަނި ވާހަކައަކީ ވަރަށް ގިނަ މަންމައިން ދައްކާ ވާހަކަ އެކެވެ. ހާއްސަކޮށް ފުރަތަމައަށް ގެންގުޅެން ފަސޭހަ ކުއްޖެއް ލިބިއްޖެނަމަ ދެވަނައަށް ލިބޭ ކުއްޖާގެ ހަލަނިކަން އެތައް ގުނައަކަށް އިތުރުވާކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ.

ކުދިން އުފަންވެގެން އަންނައިރު އެ ކުދިންގެ ސިފަ ތަފާތުވާގޮތަށް އުޅުންވެސް ތަފާތުވެއެވެ. ބައެއް ކުދިންނަކީ މަޑުމަޑުން ތިބޭ ކުދިންނެވެ. އަދި އަނެއްބައި ކުދިންނަކީ މިޒާޖުގެ ގޮތުން ހަލަނި އަދި މައިންބަފައިންނަށް ތަފާތު އިމްތިހާނު ތަކާއި ކުރިމަތިލާން މަޖުބޫރުކުރުވާ ކުދިންނެވެ. އެހެންނަމަވެސް މިއީ ދަރިންގެ މެދުގައި ތަފާތު ކުރުމަށް ދެއްކޭނެ ބަހަނާއެއް ނޫނެވެ.

މިކަމާއި ގުޅޭގޮތުން ސިއްހީ މާހިރުން އެކި ކަހަލަ ދިރާސާތައްވެސް ހަދާފައި ވެއެވެ. އެގޮތުން މިއީ ވަކީ ޖީން އެއްގެ ސަބަބުން ނުވަތަ ސިއްހީ މައްސަލައެއްގެ ސަބަބުން ދިމާވާކަމެއް ކަމަކަށް އެމީހުންއިއްތިފާގެއް ނުވެއެވެ.

ދެވަނައަށް ލިބޭ ކުދިންގެ މިޒާޖަށް އެހާ ބޮޑު ބަދަލެއް އަންނަ ސަބަބެއްކަމަށް ސިއްހީ މާހިރުން ދެކެނީ މައިންބަފައިންގެ ފަރާތުން އެ ކުދިންނަށް އެންމެ އެކަށީގެންވާ ސަމާލުކަން ނުލިބުމެވެ. އެއްފަހަރާ ގިނަ ކުދިން ބެލުމަކީ ގިނަ މީހުންނަށް ވަނީ ވަރަށް ބޮޑު ޗެލަންޖަކަށެވެ.

ހާއްސަކޮށް ވިހައިގެން އެންމެ މަންމައަށް ކުރިމަތިވާ އެންމެ ފުރަތަމަ ދެ އަހަރަކީ ގިނަ މަންމައިން ޕޯސްޓްޕާޓަމް ޑިޕްރެޝަން ތަހައްމަލްކުރާ ދެ އަހަރެވެ. މި ކަމުގެ އަސަރު އެކި މަންމައިންނަށް ކުރަނީ ނިސްބަތުން އެކި ވަރަށެވެ. އޭގެތެރެއިން އިތުރު ކުދިން ތިބޭ މަންމައިންނަށް ކުރާ އަސަރު ބޮޑު ކަމަށް ދިރާސާއިން ދައްކަ އެެވެ. ހާއްސަކޮށް އާއިލާތެރެއިންއިތުރު އެހީތެރކަމެއް ނުލިބޭނަމަ އެވެ.

މިގޮތަށް ދިމާވުމުގެ ސަބަބުން މައިންބަފައިންނަށް ދެވަނަ ދަރިފުޅަށް ދޭންޖެހޭ ސަމާލުކަން ކުޑަކުރެވެއެވެ. މީގެ ސަބަބުން ކުއްޖާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.

އާންމުގޮތެއްގައި ދެމަފިރިއަކަށް ލިބޭ ފުރަތަމަ ދަރިފުޅާއި ދެވަނަ ދަރިފުޅާއި ދެމެދު އަމަލުތައް ބެހެއްޓޭ ގޮތްވެސް ތަފާތެވެ. ފުރަތަމަ ކުއްޖާއަށް ހުރިހާކަމެއްވެސް ކޮށްދެނީ އަލަށްކަމަށްވުމުން ދެމަފިރިންގެ ބައިވެރިވުން ވެސް ވަރަށް ބޮޑަށް ލިބެއެވެ. އަދި އެ ދަރިފުޅަަށް ހާއްސަ ސަމާލުކަމެއް ދެވެއެވެ.

އެހެންނަމަވެސް ދެވަނަ ދަރިފުޅު ލިބޭއިރު މައިންބަފައިން ތިބެނީ މިފަދަ ހުރިހާ ކަަމަކަށް ހޭނިފައެވެ. އަދި ފުރަތަމަ ދަރިފުޅާށް މިފަދަ ކަންކަމުގައި ދިން ސަމާލުކަން ދެވަނަ ދަރިފުޅަށް ނުދެވޭތަން އާދެއެވެ.

އެހެންނަމވެސް މިއީ މައިންބަފައިން ގިލްޓީ ވާންޖެހޭވަރުގެ ކަމެއް ނޫނެވެ. އެ ކުދިންނަށް ތަންކޮޅެއް ބޮޑަށް ސަމާލުކަންދީ އަދި ކުދިންނާ އެކު ޝާމިލްވެގެން އުޅުމުން މިފަދަ ކުދިންގެ ދިރިއުޅުމަށް ވަރަށް އަވަހަށް ހެޔޮ ބަދަލު ފެނިގެން ދާކަމަށް ސިއްހީ މާހިރުން އެއްބަސްވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ