- Advertisement -ad image

ލޯފަން ނުވަ ދަރިވަރުންގެ ދަސްވެނިވުމާއެކު، އިސްލާމީ ޔުނިވަރސިޓީ ތާރީހުގެ ތެރެއަށް!

ad image

ގުޅުންހުރި ލިޔުންތައް


ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް މަތީތަޢުލީމު ހޯދުމާއި ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއެކުވެސް، އިސްލާމީ ޔުނިވަރސިޓީގެ 2023 ވަނައަހަރު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ލޯފަން 9 ދަރިވަރުން ވަނީ ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުން ފުރަތަމަ ޑިގްރީ ހާޞިލްކުރި ފުރަތަމަ ފަހަރެވެ.


ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާޙީމް ޒަކަރިއްޔާ މޫސާ ވިދާޅުވިގޮތުގައި އެދަރިވަރުންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އޯޑިއޯ މެޓީރިއަލްސް ނެތުމެވެ.
އެހެންކަމުން ލޯފަން މީހުންނަށް ކިޔެވުމުގައި ދިމާވާ ދަތިތަކަށް އެ ފަރާތްތަކަށް އޯޑިއޯ ފޮތްތަކާއި ކިޔަވައިދިނުމުގައި ބޭނުން ކުރާނެ ވަޞީލަތްތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ޔުނިވަރސިޓީން ވަނީ ފަށާފައެވެ.

މިހާރު ވަޒީފާގައި ތިބި ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ ފަރާތްތަކަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް 2020ގައި ފެށި ޕްރޮގްރާމުގެ ފުރަތަމަ ބެޗުން ރޭ 78 ދަރިވަރުން ދަސްވެނިވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ