- Advertisement -ad image

ހޯއްގޮވާ ކެއްސުން ބަލީގެ އަލާމާތްތަކާއި ފަރުވާތައް!

ad image

ގުޅުންހުރި ލިޔުންތައް

ޕަރޓޫސިސް (ހޯއްގޮވާ ކެއްސުން) ބައްޔަކީ ކޮބާ؟

ޕަރޓޫސިސް ނުވަތަ ހޯއްގޮވާ ކެއްސުމަކީ ނޭވާލާ ހޮޅިތަކުގައި ސީރިއަސް ބެކްޓީރިއަލް އިންފެކްޝަނެކެވެ. ޕާޓޫސިސް އަކީ ބޯޑެޓެލާ ޕަރޓޫސިސް ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެކެވެ. އަދި މިއީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ.

ކޮންމެ މީހަކަށް ވެސް ހޫޕިން ކެއްސުން ޖެހިދާނެ އެވެ. ނަމަވެސް ތުއްތު ކުދިންނާއި ކުޑަކުދިންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް ތުއްތު ކުދިންނަށް މިއީ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ ސަބަބުން ކެއްސުން ގޯސްވެ ތުއްތު ކުދިންނަށް ކެއުން ބުއިމާއި ނޭވާލާން އުނދަގޫވާ ހިސާބަށްވެސް ދެއެވެ.

ބަލީގެ އަލާމާތްތަަކަކީ ކޮބާ؟

ޕަރޓޫސިސްއަށް އެކްސްޕޯސް ވާތާ ތިން ދުވަހާއި 12 ދުވަހާ ދެމެދުގެ މުއްދަތެއްގައި އަލާމާތްތައް ފެންނަން ފަށައެވެ. އަދި ދެ ހަފުތާ އަށްއަލާމާތްތައް ދެމިގެން ދެއެވެ.

މި ބަލީގެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ނޭފަތް ބެދުމާއި، ނޭފަތުން ފެންއައުން، ކިނބިހި އެޅުން، އާދަޔާ ހިލާފަށް ހުން އައުމާއި ލޮލުން ފެން އައުން ހިމެނެއެވެ.

ދެން ދެ ހަފުތާގެ މުއްދަތަކަށް މިގޮތަށް ބަލިވުމަށް ފަހު، ޕަރޓޫސިސް ދެން ފެށެނީ ހިކި، ކެއްސުމެއްގެ ގޮތަށެވެ. މިގޮތަށް ހިކި ކެއްސުމަށް ކެއްސާއިރު ދޫ ބޭރަށް ނުކުންނަ ގޮތްވުމާއި، ލޮލުގައި ރިއްސުމާއި، މޫނުގެ ކުލައަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

ބަލި ދެނެގަންނާނީ ކިހިނެތް؟
ބަލިމީހާގެ ހިސްޓްރީ އާއި ފިޒިކަލް އެގްޒަމިނޭޝަނެއް ހެދުމުން ބަލި ދެނެގަނެވޭނެ އެވެ.

ފަރުވާ އަކީ ކޮބާ؟
މި ބައްޔަށް އާންމުކޮށް ޑޮކްޓަރުން ދީ އުޅެނީ އެންޓިބަޔޮޓިކެވެ. އަދި އެންޓިބަޔޮޓިކް ފެށުމަށްފަހު ބަލި ޖެހިފައިވާ މީހާ ފަސް ދުވަސް ވަންދެން އެކަހެރިކޮށް، ތުއްތު ކުދިންނަށް އެކްސްޕޯޒްކުރުމުން ހަރުކަށިގޮތެއްގައި ދުރުހެލިވާން ޖެހެއެވެ.

މި ބަލިޖެހޭ ތިން މަހަށްވުރެ ތުއްތު ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކުރެއެވެ. އަދި ތިން މަހާއި ހަ މަހާ ދެމެދުގެ ތުއްތު ކުދިން ވެސް ބައެއް ހާލަތްތަކުގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ