Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

އަނާރާ ނައީމް – ތަޖުރިބާ ހުރި، މަޖިލީހުގައި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ވަކާލާތު ކޮށްދޭނެ ކަނބަލެއް!

ad image

ގުޅުންހުރި ލިޔުންތައް

ވިހި ވަނަ މަޖިލީހުގައި ހުރާ ދާއިރާގެ ގޮނޑިއަށް، ޕީ.ޕީ.އެމް ޕީ.އެން.ސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވި އަލްއުސްތާޛާ އަނާރާ ނައީމް އަކީ މީގެ ކުރިންވެސް މަޖިލިސް ތަޅުމުގައި މަސައްކަތް ކުރައްވާފައި ބޭފުޅެކެވެ. މަކުނުދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އޭރުގައިވެސް އަނާރާ ވަނީ ދާއިރާގެ ކުރިއެރުމަށާއި މުޖުތަމައުގައި އަންހެނުންނަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

މާދަމާ އޮންނަ ޕީ.ޕީ.އެމް ޕީ.އެން.ސީގެ ޕްރައިމަރީގައި ހުރާ ދާއިރާ ދާއިރާއަށް ވާދަކުރައްވާ 2 ވަނަ ކެނޑިޑޭޓް ނަމްބަރު އަނާރާއަކީ އިލްމީގޮތުން ރާއްޖޭގައި ތިބި މަދު ކަނބަލުންގެ ތެރެއިން އެކަކެވެ. އަނާރާ ވަނީ ގަތަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނީ ރޮނގުން ޑިގްރީ ނެންގެވުމަށްފަހު، ރާއްޖޭގެ ގައުމީ ޔުނިވަސިޓީން މާސްޓާސް ހާސިލްކޮށް، އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވަސް (އައިޔޫއެމް)އިން ޕީއެޗްޑީ ހާސިލްކުރައްވާފަ އެވެ.

އަނާރާ ވަނީ ދީނީ ރޮނގުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އެގޮތުން ދީނީ ދަރުސް ދިނުމާއި، ވޯކްޝޮޕްތައް ހިންގުމާއި ދީނީ މައުލޫމާތު ފަތުރާ ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމުތައް ފޮނުވުން ފަދަ ގިނަ މަސައްކަތްތަކެއް ފާހަގަކޮށްލެވެ އެވެ.

ގާނޫނީ ވަކީލާކަން ކުރައްވަމުން އަނާރާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަޖިލީހުގައި ވަކާލާތުކުރައްވާފައެވެ. ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި އަނާރާ މަޖިލީހުގައި މަސައްކަތްކުރެއްވިއެވެ. 

މަޖިލީހުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް މިއީ ލިބޭ ރަނގަޅު ފުރުސަތެއްކަމަށް އަނާރާ ދެކިލައްވަ އެވެ. އަދި ހާއްސަކޮށް މަޖިލީސް ތަމްސީލް ކުރުމަށް ތައުލީމާއި ތަޖުރިބާ ހުރި، ރައްޔިތުންގެ އިހްސާސްތައް ދަންނަ ގިނަ އަންހެނުން ބޭނުންވާކަމަށާއި އެފަދަ ފަރާތްތަކަށް ފުރުސަތު ދެއްވުމަށް އަނާރާ ވަނީ އެދި ލައްވާފަ އެވެ.

ހުރާ ދާއިރާގެ ތިން ރަށްކަމަށްވާ ގުޅި، ހިންމަފުށި އަދި ހުރާއަކީ ފެށުނީއްސުރެވެސް އަނާރާ އާއި ވަރަށް ގާތްގުޅުމެއް އޮންނަ ދާއިރާ ރަށްތަކެކެވެ. އެހެންކަމުން ހުރާ ދާއިރާގެ ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވަކާލާތު ކުރައްވަން ބޭނުންފުޅުވާކަމަށް އަނާރާވަނީ ވިދާޅުވެފަ އެވެ.

“ސަރުކާރާއި ގުޅިގެން ތަރައްގީ ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން. ވަރަށް އުއްމީދުވެސް ކުރެވޭ ސަރުކާރާއީ ގުޅިގެން ތަރައްގީތަކެއް ގެނެވޭނެކަމަށްވެސް.”

އަނާރާ ވިދާޅުވިގޮތުގައި ސަރުކާރު ދެމެހެއްޓުމަށްޓަކައިވެސް މަޖިލީހުން ގޮނޑިތަކެއް ބޭނުންވާކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނައުމަށް ލިބޭ މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމަށް އަނާރާ ވަނީ އެދިލައްވާފަ އެވެ.

“އަޅުގަނޑު ހޮއްވަވައި ދެއްވައިފިއްޔާ، އަޅުގަނޑު ޔަގީންކަމާއެކު އިތުބާރުވެސް ދެން، ދާއިރާއަށް ބޭނުންވާ ކަންކަމުގައި މަސައްކަތްކޮށް ވަކާލާތުވެސް ކުރާނެކަމަށް. އަދި ރައްޔިތުންނާއި މުޅި ޤައުމުގެ މިނިވަންކަމާއި އަމަންއަމާންކަމުގެ ހައްގުގައިވެސް އަޅުގަނޑު މަސައްކަތްކޮށްދޭނަން.”

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ