Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ނަރުހުން: މިއީ ސްޓްރެސް އާއި ވަރުބަލިކަމުގެ ތެރެއިންވެސް ފެންނަ އުފާވެރި މޫނުތަކެއް!

ad image

ގުޅުންހުރި ލިޔުންތައް

ކޮންމެ އަހަރެއްގެ މެއި މަހުގެ 12 ވަނަ ދުވަސް ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަނީ ޞިއްޙީ ޚިދުމަތުގައި ނަރުހުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. ނަރުސް ކަމަކީ ފައިދާ ހުރި ދާއިރާއަަކށް ވާއިރު، އެއީ ގޮންޖެހުންތަކާ އެކު އަންނަ ދާއިރާއެކެވެ. ޒަމާނުއްސުރެވެސް “ނަރުހަކަށް ވުމަކީ ފަސޭހަކަމެއް ނޫނޭ” ބުނެ އުޅެނީވެސް މިހެންވެގެންނެވެ.

ނަރުހުންގެ މަސައްކަތްތެރިންގެ ދަތިކަމާއި، މަސައްކަތުގެ މާހައުލުގައި ހިނގާ ބޮޑެތި މައްސަލަތަކާއި، މަސައްކަތުގެ މާހައުލުގައި ހިނގާ ހަމަނުޖެހުންތަކާއި، ޓެކްނޮލޮޖީގެ ހުރަސްތަކާއި، ނަފްސާނީ ގޮތުން ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދީ، ނަރުހުންނަށް ކުރިއެރުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ މާޙައުލެއް ޤާއިމުކޮށްދިނުމަކީ ނުހަނު މުހިއްމު ކަމެކެވެ. ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަ ކުރަނީ ނަރުހުންގެ އަގުހުރި ޙިދުމަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. 

ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މުޅި ދުނިޔެއަށް ވަނީ ހަ މިލިއަން ނަރުހުންގެ ދަތިކަން ކުރިމަތިވެފައެވެ. މި ދަތިކަމުގެ ގާތްގަނޑަކަށް 90 އިންސައްތަ އަކީ ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކެވެ. އަދި އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ގައުމުތަކުގައި ވެސް ވަޒީފާ ނެތް އެތައް ސަތޭކަ ނަރުހުންނެއް ތިބިއިރު، ވަޒީފާގައި ތިބި ނަރުހުންނަށް އާމްދަނީގެ ގޮތުގައި ލިބެނީ ވަރަށް ކުޑަ އެއްޗެކެވެ.

ނަރުހުންގެ ދުވަހެއް ފާހަގަކުރަމުންދާއިރު ޒަމާނުއްސުރެ ނަރުހުންނަށް ކުރިމަތިވަމުންދާ އެތައް މައްސަލައަކަށް އަދިވެސް އޮތީ ހައްލު ނުލިބިއެވެ. މި ދާއިރާގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ހުނަރުވެރި ޕްރޮފެޝަނަލް މީހުން މަދުވުމެވެ. މި ދަތިކަމުގެ ސަބަބުން މިހާރު ތިބި ނަރުހުންނަށް ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެ، ބާންއައުޓްވެ، ބަލިމީހުންގެ ފަރުވާއަށް ބުރޫ އަރާތަން އެބަ އާދެއެވެ.

މީގެއިތުރުން މުވައްޒަފުންގެ ދަތިކަމާއި، ބަލިމީހުންނަށް ދޭންޖެހޭ ސަމާލުކަން އިތުރުވުމާއި، އިދާރީ މަސައްކަތްތަކުގެ ސަބަބުން ނަރުހުންނަށް ގިނަ ފަހަރަށް މަސައްކަތުގެ ބުރަކަން ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ވަރުބަލިވުމާއި ސްޓްރެސްވެ ވަޒީފާގެ ހިތްހަމަޖެހުން ކުޑަވާތަން ވެސް އާދެއެވެ.

ހަމައެހެންމެ ނަރުހުންނަށް ހިދުމަތް ލިބިގަންނަ ފަރާތްތަކުން ކުރާ ބަހުގެ އަދި ޖިސްމާނީ އަނިޔާތައްވެސް މަދެއް ނޫނެވެ. މީގެ ސަބަބުން ނަރުހުންގެ ސަލާމަތާއި ދުޅަހެޔޮކަމަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިޙާރުވެސް 29 މިލިޔަނަށްވުރެ ގިނަ ނަރުހުން ދަނީ މުޖުތަމައުއަށް ހިދުމަތްކުރަމުންނެވެ. އޭގެތެރެއިން ކޮންމެ ދިހަ ނަރުހެއްގެ ތެރެއިން އަށް ނަރުހަކަށް މަސައްކަތް ކުރާ މާހައުލުން އެކި ކަހަލަ ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ތަހައްމަލްކުރަން ޖެހެއެވެ.  މިއަހަރު އިންޓަރނޭޝަނަލް ކައުންސިލް އޮފް ނާރސް އިން ކަނޑައަޅާފައިވާ ޝިއާރަކީ “އަވަރ ނާރސަސް. އަވަރ ފިއުޗަރ. ދަ އިކޮނަމިކް ޕަވަރ އޮފް ކެއަރ” އެވެ.

ނަރުހުންގެ ދުވަސް މިއަދު ފާހަގަކުރި ނަމަވެސް ހަގީގަތަކީ ކޮންމެ ދުވަހަކީވެސް ނަރުހުންގެ ދުވަހެއް ކަމެވެ. ކޮންމެ ދުވަހަކީވެސް ނަރުހުންނަށް އެތައް ޗެލެންޖެއް ކުރިމަތިކުރުވާ ދުވަހެއް ކަމެވެ. ހާއްސަކޮށް ވަރުބަލިކަމެއް ނެތި ޤައުމަށްޓަކައި މަސައްކަތްކުރާ މިފަދަ ބަތަލުންގެ އަގު އަބަދުވެސް އަހަރެމެން ހަނދާންކުރަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ