Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ސްޓެލްކޯގެ އިންޖިނޭރު މި ކިޔައިދެނީ ކަރަންޓު ބިލް ކުޑަކުރެވޭނެ ގޮތް!

ad image

ގުޅުންހުރި ލިޔުންތައް

މިފަހަކަށް އައިސް އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކަރަންޓު ބިލެވެ. ފާއިތުވި ދުވަސްތަކުގައި ވެހުނު ވާރޭގެ ސަބަބުން ގިނަ ބަޔަކު ތިބީ މެއި މަހުގެ ކަރަންޓު ބިލު ކުޑަވާނެކަމަށް އުއްމީދުކޮށްގެންނެވެ. އެހެންނަމަވެސް ކަރަންޓު ބިލާއެކު އާންމުންގެ ޝަކުވާތައްވެސް ވަނީ އިތުރުވެފައެވެ.

މިކަމާއި ގުޅުވައިގެން ސްޓެލްކޯގެ އިންޖިނިއަރެއް ކަމަށްވާ އަލީ ނިޔާޒު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ލިބުނީ ކޮން ދުވަސްވަރެއްގެ ބިލެއްތޯ ސުވާލުކުރައްވާފައެވެ. އަދި ނިމިދިޔަ ހޫނު މޫސުމުގެ ތެރޭގައި އެވްރެޖްކޮށް 110މ.ވ. އާއި 113މ.ވ. އާދޭތެރޭގެ ޑިމާންޑެއް މާލެ ސަރަހައްދުގައި އޮތް ކަމަށާއި، ޖަނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، އިތުރު އިންޖީނުތަށް ހިންގިކަމަށް ވިދާޅުވެފަ އެވެ.

“ނިމިދިޔަ ބިލިންގ ސައިކަލްގަ ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށްވެސް އެރި. އެކަމު ގޭތެރެ ހުރީ ހަމަ ޗިލް ކޮށް 25 ޑިގްރީގަ އުތަ؟ އޭސީ ނުޖައްސާއިރު ގޭތެރެ 30 އާއި 35 ޑިގްރީ ސެލްސިއަސްއާއި ދެމެދު ހުރިނަމަ ވެސް 25 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށް ކޮށް އެވަރުގައު ހިފަހައްޓަން އޭސީ އިން ކުރަންޖެހޭ މަސައްކަތް ހިތަށް އަރުވާލިޔަސް ރޮވޭ ހުވާ. ހާދަ އެނަރޖީއެކޭ. ދެން ވިސްނާލާ 40 އާއި 45 ޑިގްރސެލްސިއަސް ގަ ހުރެފަ ތިރިއަށް އަންނަން އެ ފަކީރު ކުރާނެ މަސައްކަތް. މިއީ އަދި އޭސީ އެކަނި، ކޮބާ އަދި ފްރިޖު؟ އެ އަދި މާ ބޮޑަށް ޓެމްޕަރޭޗަރ ދަށް ކުރަންޖެހޭނެ ދޯ؟” ނިޔާޒުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ނިޔާޒު ވަނީ ބިލް ބޮޑު ވަނީ ގެއަށް އާ އެއްޗެހި ތަކެއް އިތުރު ކޮށްގެނެއްނޫން ކަމަށް ވިދާޅުވެފައެވެ. އަދި ބޭނުންކުރާ ސާމާނު ތަކަކީވެސް ހާލަތަށް ޔޫސޭޖް ޑިޕެންޑު ވާ އެއްޗެހިކަމަށް ވިދާޅުވެފައެވެ.

ނިޔާޒު ވަނީ ކަރަންޓު ބިލް ކުޑަކުރުމަށް، ކަރަންޓްގެ ހަރަދު ކުޑަ ކުރެވޭނެ ގޮތްތައްވެސް ކިޔާދެއްވާފައެވެ. 

އޭސީ ސާރވިސް ކޮށްލާ ގޭސް ލެވެލް ޗެކް ކޮށަލާ ގޭސް ލީކެއް އުޅޭނަމަ އެކަން ހައްލު ކޮށްލުން.
ފުލް ސާރވިސް އެއްނުކުރި ނަމަ ވެސް މަހަކު އެއްފަހު ކަހަލަ ގޮތަކަށް އައުޓް ޑޯ ޔުނިޓާއި އިންޑޯ ޔުނިޓުގެ ކޯ ކަނޑު ދޮވެލާ ފިލްޓަރު ތަށް ސާފު ކޮށްލުން. އައުޓު ޑޯ ޔުނިޓު އިނީ ވައި ދައުރުވާ ހޫނު ގަދަ ނޫން ތަނެއްގައިތޯ ޔަގީން ކޮށްލުން ވަރަށް މުހިންމު.
އޭސީ ކޮށްފަ ހުރި ތަންތަނުގެ ދޮރު ދަށުން ފިނި ވައި ލީކުވާގޮތަށް ހުރި ނަމަ އެތަނަށް ޕެކިނެއްލައި ބަންދު ކޮށްލުން.
ބަދިގޭގެ އުނދުނާއި ވީހާވެސް ދުރުގަ ރެފްރިޖްރޭޓަރު ބަހައްޓާލުން.
އޭސީ ކޮށްފަ ހުރި ތަންތަނުގެ ބިއްލޫރި ދޮރު ތަކުގައި ވީހާވެސް ބޯ ދޮރުފޮއްޗެއް ދަމާ ފޮރާލުން.
ކުރިން ބަޖެޓު ލޯކަމުން ހަރުކުރި ތަނާ އެކަށީގެން ވާ ވަރަށްވުރެ ކުޑަ އޭސީ ޔުނިޓް ތަނާ އެކަށީގެންވާ ވަރުގެ ބޮޑު އޭސީ އަކަށް ބަދަލު ކޮށްލުން.
ދާހިއްލިޔަސް ކައްކާއިރު ސިޓިންގ ރޫމު އޭސީ ނުޖެއްސުން. 
ބޭރަށް ދަމުން ވީހާވެސް ގިނަ އެއްޗެހި އޮފްކޮށްލުން. 
ފަންކާވެސް ހަފުތާއަކު އެއްފަހަރު އޮފްކޮށްލުން.
ދޭތެރެ އަކުން ގޭގެ ކަރަންޓު މީޓަރު ބަލާލުން.

ނިޔާޒު ވަނީ މި ކަންކަން ކޮއްލުމުން ނަތީޖާ ފެންނާނެކަމަށާއި، ބިލު ކުރެވޭނީ ބޭނުން ކުރި އެއްޗަކަށް ކަމަށާއި، ބޭނުން ކުރެވޭވަރު މެނޭޖްކޮށް ކަރަންޓު އިޤްތިސާދުކޮށްފިނަމަ ބިލަށް އޭގެ އަސަރު ކުރާނެކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ