- Advertisement -ad image

ގާބިލްކަން ހުރި ނަމަ ކޮންމެ މީހަކުވެސް އިނގިރޭސި ބަހުން އުދާސްތައް ބޭރުކުރަންވީ، ރައީސް ޔާމީންވީމާ އެކަން ކުރުންވެސް ގޯސްތަ؟

ad image

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ އެއް އިރެއްގައިވެސް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވެ އުޅުއްވާ ބޭފުޅެއްނޫނެވެ. އެއީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރުވެސް ކަން ކުރެއްވި ގޮތެވެ. އަދި އެއަށްފަހު މިއަދާ ހަމައަށްވެސް ރައީސް ޔާމީން އަކީ ސޯޝަލްމީޑިއާގައި މާ އެކްޓިވް ބޭފުޅެކޭ ދެންނެވޭކަށް ނެތެވެ. ނަމަވެސް އެދުވަސްތައް މިހާރު ވަނީ މާޒީއަށްވެފައެވެ.

ރައީސް އަބްދުﷲ ޔާމީން ވަނީ މިހިނގާ މެއި މަހުގެ ހަތަރު ވަނަ ދުވަހު އެމަނިކުފާނުގެ އަމިއްލަފުޅު ޓުވިޓަރ އެކައުންޓެއް ހައްދަވާ ބޭނުންފުޅު ކުރައްވަން ފައްޓަވާފައެވެ. އެހެންނަމަވެސް މިކަން ސަރުކާރު ހިންގާ ފަރާތްތަކަށް ނުވަތަ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ހަޖަމު ކުރަން މާ ފަސޭހަ ކަމަކަށް ނުވިއެވެ.

އެމަނިކުފާނު ކުރައްވާ ޓުވީޓްތަކުގައި އިނގިރޭސި ބަސް ބޭނުން ކުރަމުން ދާތީ ލައްކަ ފާޑުކިޔުމާއި މަލާމާތްވެސް އެބަކުރެއެވެ. މިކަމާ ނުރުހުންވެ ސަރުކާރަށް ތާއީދު ކުރާ ޓީވީތަކާއި ނޫސްތަކުން އެކި ފާޑު ފާޑުގެ ހަބަރާއި ރިޕޯޓްތައް ދަނީ ގެނެސްދެމުންނެވެ. ދަންނަވަންތޯއެ. ރައީސް ޔާމީން އަކީ ތާއީދު ހޯއްދަވަން ޓުވީޓެއް ކުރައްވަން ޖެހިވަޑައިގަންނަވާނެ ބޭފުޅެއްނޫން ކަން އެމަނިކުފާނު ވަނީ 2018ގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ގިނިކަންޏާ ވާދަކުރައްވާ ވޯޓުން ނަތީޖާ ދައްކަވާފައެވެ. އެހެންވީމާ އެމަނިކުފާނުގެ ޓުވީޓްތައް ބައްޓަން ކުރާނެ ގޮތާއި ލިޔުއްވާނެ ބަހެއްވެސް އިހުތިޔާރު ކުރައްވާނީ ހުދު އެމަނިކުފާނު ނޫންތޯއެވެ. މިކަމުގައި އެއްވެސް ނޫސްވެރިއެއްގެ ރައުޔެއް ރައީސް ޔާމީން ބޭނުންފުޅުވާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ.

ފަހަރުގައި ޑުރާމާ ކުޅުއްވައިގެން މީހުންގެ ސަމާލުކަން ހޯއްދަވަން އުޅުއްވާ ފަރާތްތަކުގެ ހަބަރުތައް ލިޔުއްވާ ލިޔުއްވާ ދެން ހަމަ ކޮންމެ މީހަކުވެސް ކިތަންމެ ރަނގަޅަކަށް ކަމެއް ކުރިއަސް އަދި ހެޔޮ އެދިގެން ކަމެއް ކުރިއަސް ހީވާނީ އެއީ ހަމަ ދެއްކުންތެރިކަން ކަމުގައި ވިސްނިދާނެއެވެ. އޭގައި މައްސަލައެއްވެސް ނެތެވެ.

މުސްކުޅިން ބުނެ އުޅެނީ ތެދު ވާހަކައެކެވެ. ރައީސް ޔާމީން ވިއްޔާ ޓުވީޓެއް ކުރެއްވިއަސް އެކަމަކަށް އެބަ ވަކި ރިޕޯޓެއް ހަބަރެއް ހަދަންޖެހެއެވެ. އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުގައި ބެނާއެއް ދެމިއަސް މުޅި ފުލުހުންގެ މުއައްސަސާ ގޮސްގޮސް އެ ނަގަން އެބަޖެހެއެވެ. ގައިމުވެސް މޭވާ ނާޅާ ގަހަކަށް ގަޅިއެއް ނޫކާނެކަން މިކަން ކަމުން އެބަ ސާބިތުވޭ ނޫންތޯއެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި ރައީސް ޔާމީން ވިއަސް ރައީސް ނަޝީދުވިއަސް ރައީސް ސާލިހު ވިއަސް އަދި ރައީސް މައުމޫނު ވިއަސް އެބޭފުޅަކު ބޭނުންފުޅު ކަމަކާ ގުޅިގެން ބޭނުންފުޅު ހިޔާލެއް ފާޅުކޮށް ޓުވީޓް ވެސް ކުރައްވަން ވީއެވެ. މިކަމުގައި އެއްވެސް މައްސަލައެއް އޮންނާކަށް ނުޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ