- Advertisement -ad image

ޒުވާން އުމުރުގައި ފުއްޕާމޭގެ ބައްޔަކާ ހަނގުރާމަ ކުރަމުންދާ މި މަންމަ އެދެނީ ދީލަތި އެހީއަކަށް!

ad image

ގުޅުންހުރި ލިޔުންތައް

މި އަހަރުގެ ޖެނުއަރީ މަހާއި ހަމަޔަށް ވެސް 25 އަހަރުގެ ނައުޝާ އިރުޝާދު އުޅެމުންދިޔައީ އެހެން މީހުންނެކޭ އެއްގޮތަށް އާންމު ދިރިއުޅުމެކެވެ. 6 އަހަރުގެ ދަރިއެއް ހުރި ނައުޝާގެ ދިރިއުޅުން ބަދަލުވީ ފުއްޕާމެއަށް ޖެހޭ ބައްޔެއް ކަމަށްވާ އިންޑަސްޓްރިއަލް ލަންގް ޑިޒީސް ވިތް ސިންތެޓިކް ސިންޑްރޮމްއަށް ޕޮޒިޓިވް ވި ހިސާބުންނެވެ.

ބަލިބޮޑުވެ، އިތުރު ފަރުވާައަށް އާއިލާއިން ވަނީ ނައުޝާ އިންޑިޔާގެ ބެންގަލޫރުގައި ހުންނަ ކޮލަމްބިޔާ އޭޝިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފަ އެވެ. 5 މަސް ވަންދެން އެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު މިހާރު މާލޭގައި ނައުޝާ އެ ދުވަސްތައް ސިފަ ކުރީ އުނދަގޫ ހިތްދަތި ދުވަސްތަކެއްގެ ގޮތުގަ އެވެ.

ކައިރީގައި އާއިލާ އަދި ފިރިމީހާ ހުރި ނަމަވެސް ނައުޝާއަށް ބައްޔާއި ހަނގުރާމަ ކުރުން ވީ ބޮޑު ގޮންޖެހުމަކަށެވެ. ހާއްސަކޮށް ބަލިބޮޑުވެގެން އައިސީޔޫގައި ފަރުވާ ހޯދަންޖެހި، އަގުބޮޑު އިންޖެކްޝަނެއްގެ ދެ ޑޯޒު ނަގަން ޖެހުނެވެ. އަދި ހީކުރި ވަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ފަރުވާއަށް އެކަނި އަތުން ހޭދަވި އެވެ.

ނައުޝާ ބުނިގޮތުން 5 މަސްތެރޭގައި ވަނީ ބޭސްފަރުވާއަށާއި މުޅި އެ ދަތުރަށް އަތުން 48،000 ޑޮލަރު ހަރަދުވެފަ އެވެ. ނައުޝާގެ ފަރުވާއަށް އާސަންދައަށް އެދިފައިވީ ނަމަވެސް، އާސަންދަ ވެސް ލިބޭގޮތް ވަނީ ނުވެފަ އެވެ. އަދި އެންސްޕާގައި އެހީއަށް އެދި ބިލްތައް ހުށައެޅުމުން ފުރަތަމަ ދިނީ 1500 ޑޮލަރު ކަމަށާއި އޭގެ ފަހުން އެހީއަށް އެދުމުން ދެއްވީ 5،000 ޑޮލަރު ކަމަށް ނައުޝާ ބުންޏެވެ. އަދި ނައުޝާއަށް ބޭނުންކުރާ އޮކްސިޖަން އެއްގެ އަގުވެސް 5،000 ޑޮލަރަށް އުޅޭއިރު އެންސްޕާއިން ދީފައިވަނީ 20،000 ރުފިޔާ އެވެ.

މަންމައަކަށްވެ ހުރެ ދަރިފުޅާ ދުރުގައި ނައުޝާއަށް ހޭދަކުރަން ޖެހިފައިވަނީ ހިތްދަތި ދުވަސްތަކެކެވެ. ދަރިފުޅާ އެކު އުފާވެރި ދުވަސްތަކެއް އުޅުމުގެ ހުވަފެން ނައުޝާ ދަނީ ދެކެމުންނެވެ. އަދި މިކަމުގައި ދެގޮތެއް ނުވެ ނައުޝާއާއެކު ހުރި ފިރިމީހާގެ އިތުރުން މަންމަ އާއި ބައްޕަގެ އެހީތެރިކަން ނައުޝާ ވަނީ އުފަލާ އެކު ފާހަގަކޮށްފަ އެވެ.

އަންނަ ޖުލައި މަހު އިތުރު ބޭސްފަރުވާއަށް ބެންގަލޫރަށް ފުރަންޖެހޭ ނައުޝާ އެދެނީ އާންމުންގެ ދީލަތި އެހީތެރިކަމަށެވެ. އެގޮތުން ބޭސްފަރުވާ އަދި ޓެސްޓްތަކަށް 60،000 ޑޮލަރަށް ވުރެ ގިނައިން ހަރަދުވާނޭކަމަށް ނައުޝާވަނީ ބުނެފަ އެވެ. އޮކްސިޖަން ލެވެލް ދަށްވުމުގެ ސަބަބުން މިހާރު ނައުޝާ ވަނީ ފްރޮޅުލީ ގޮނޑިއެއްގެ އެހީ ހޯދަންޖެހިފައެވެ.

ނައުޝާއަށް އެހީތެރިކަން ފޯރުކޮށްދިނިމަށް ބޭނުންވާނަމަ
އެކައުންޓް ނަންބަރު:7703532478101
(Nausha Irushad BML account) އަށް ފައިސާގެ އެހީ ފޮނުވޭނެ އެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 9758803އަށް ގުޅުމަށް ނައުޝާ ވަނީ އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ