Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން އަމިއްލަ ބައެއް ސްކޫލްތަކުގެ ފީ ބޮޑުކުރަނީ!

ad image

ގުޅުންހުރި ލިޔުންތައް

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް އެކަން ރައީސުލްޖުމުހޫރިއްޔާ އިއުލާން ކުރެއްވީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މި ހަބަރު ވެގެންދިޔައީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނަށް ލިބުނު އުފާވެރި ހަބަރަކެވެ.
މިބަދަލާ ގުޅިގެން އަމިއްލަ ބައެއް ސްކޫލްތަކުން މިވަނީ މިއަހަރު އޮގަސްޓް މަހުން ފެށިގެން ދަރިވަރުންގެ ފީ ބޮޑު ކުރަން ނިންމާ އެކަން ބެލެނިވެރިންނަށް އަންގަން ފަށާފައެވެ. މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ.
ހިރާސް އާއި ވާހަކަ ދައްކަމުން ލިޓްލް ޖެމްސްގެ ޕޭރަންޓަކު ބުނީ “އަޅުގަނޑުގެ ދެކުދިން ކިޔަވާނެ ލިޓްލް ޖެމްސް ޕްރީ ސްކޫލްގައި. މިއަދު ސްކޫލް ވައިބަރ ގްރޫޕަށް މެސެޖް ކޮށްފައި އެބައޮތް ދަރިވަރުންގެ ފީ ބޮޑު ކުރާ ވާހަކަ. މީގެ ކުރިން ދައްކަމުން އައީ 1300 ރުފިޔާ. މިހާރު ބުނެފި 1500 ރުފިޔާ އޭ އޮގަސްޓް މަހުން ފެށިގެން ދައްކަން ޖެހޭނީ.”
ލިޓުލް ޖެމްސް ޕްރީ ސްކޫލަކީ ހުޅުމާލޭގައި ހިންގަމުން އަންނަ ޕްރީ ސްކޫލެކެވެ.

ޕްރީ ސްކޫލް ތައުލީމު ދެ ގިނަ ތަންތަނަކީ އަދި އަމިއްލަ ފަރާތްތަކުން ހިންގަމުން އަންނަ ސްކޫލްތަކެވެ. އެގޮތުން ހުޅުމާލޭގައި ވެސް ބޭބީ ނަރސަރީން ފެށިގެން ހިންގަމުން އަންނަ ހަމައެކަނި ޕްރީ ސްކޫލަކީ ލިޓުލްޖެމްސް އެވެ. ބްރައިޓްވޭ އިންޓަރނޭޝަލް ސްކޫލަކީ ބޮޑު ފީ އެއް ނަގައިގެން ހިންގާ އިންޓަނޭޝަލް ސްކޫލެކެވެ. އެހެންވީމާ އެފަދަ ސްކޫލްތަކަކީ ކޮންމެ ބެލެނިވެރިއަކަށް ފީ ދެއްކުމަށް އެކަށީގެންވާ ސްކޫލަކަށް ނުވެއެވެ. ބްރައިޓްވޭ އިންވެސް ވަނީ އަންނަ ދިރާސީ އަހަރުން ފެށިގެން ފީ ބޮޑު ކުރަން ނިންމާފައެވެ.
އަދި މުހައްމަދު ގާސިމް ޕްރީ ސްކޫލަކީ ވެސް ހަމައެކަނި އެލްކޭޖީ ޔޫކޭޖީގެ އަށް ކިޔަވައިދޭ ސަރުކާރުން ހިންގާ ސްކޫލެކެވެ.

މީގެ އިތުރުން ވެސް ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން ވަނީ ފީ ބޮޑު ކުރުމަށް ނިންމާ އެކަން ބެލެނިވެރިންނަށް އަންގާފައެވެ. އަދި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްއިންވެސް ވަނީ ބޮޑު ފީއެއް ނަގަން ނިންމާ އެކަން ބެލެނިވެރިންނާ ހިއްސާކޮށްފައެވެ. ހިރާސް އާއި ވާހަކަދެއްކި އަހުމަދިއްޔާ ސްކޫލް ބެލެނިވެރިއަކު ބުނީ ގްރޭޑް ކްލާސްތަކުގެ ދަރިވަރުން އަތުން ނަގާ ފީއެއްގެ ގޮތުގައި ހާހެއްހާ ރުފިޔާ ބޮޑުކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި ކުއްލިއަކަށް މިފަދަ ބޮޑު ފީއެއް ނަގަން ފަށައިފިނަމަ ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. ހިރާސްއަށް ލިބިފައިވާ އަހްދިއްޔާ ސްކޫލްގެ ދަރިވަރުންގެ ފީ ބޮޑުވާ މިންވަރުގެ ތަފްސީލަށް ބަލާއިރު ނާރސަރީ ބޭބީ ނާސަރީގެ ފީން 800 ރުފިޔާ ވަނީ ބޮޑުކޮށްފައެވެ. ކުރިން އެ ސްކޫލްގެ ބޭބީ ނާރސަރީ ފީއަކީ 700 ރުފިޔާ ނަމަވެސް މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން 1500 ރުފިޔާ ދައްކަން ޖެހޭނެއެވެ. ގްރޭޑް 1 ން 5 ގެ ދަރިވަރުންނަށް މިހާރު ދައްކަން ޖެހެނީ 1475 ރުފިޔާ ނަމަވެސް އޮގަސްޓް މަހުން ފެށިގެން 2300 ރުފިޔާ ދައްކަން ޖެހެއެވެ. ކެންގަރޫ ކިޑްސް އިންވެސް ވަނީ ދަރިވަރުންގެ ފީ އިން 85 ރުފިޔާ ބޮޑުކޮށްފައެވެ.

ދޮންދޫނި ސްކޫލްގެ ބެލެނިވެރިއަކު ބުނީ އެ ސްކޫލްގެވެސް ދަރިވަރުންގެ އަތުން ނަގާ ފީ ބޮޑުވާނެކަން އަންގާފައިވާ ކަމަށާއި ބެލެނިވެރިންގެ ބައްދަލުވުމުގައި ސްކޫލް އިން ބުނެފައިވަނީ މިހާރުގެ ފީއަށްވުރެ 25 އިންސައްތަ އެންމެ ކުޑަވެގެންވެސް ބޮޑުވާނެ ކަމަށެވެ. މިހާރު ދޮންދޫނި ސްކޫލްގެ ފީ އަކީ 2000 ރުފިޔާއެވެ. 25 އިންސައްތަ އިތުރުކޮށްފިނަމަ 500 ރުފިޔާ އިތުރުވާނެ ކަމަށް އެ ބެލިވެރިޔާ ބުންޏެވެ.

ބައެއް ސްކޫލްތަކުން ބެލެނިވެރިންނަށް ފޮނުވާފައިވާ ލިޔުމުގައި މިހާރު ނަގަމުންދާ ފީއަށް ބަދަލު ގެންނަންޖެހުނީ ސަރުކާރު ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންނާއި އެހެންވެސް މުވައްޒަފުންގެ މުސާރަތަކަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައިވާތީ ރަނގަޅު ޓީޗަރުން ސްކޫލްގައި ހިފެހެއްޓުމަށްޓަކައި އެ ސްކޫލްގައި މަސައްކަތް ކުރާ ޓީޗަރުންގެ މުސާރަތަކަށް ބަދަލު ގެންނަން ޖެހޭތީ ކަމަށް ބުނެފައިވެއެވެ. މާނައަކީ ޓީޗަރުންގެ މުސާރައަށް ސަރުކާރުން ބަދަލު ގެންނަން ނިންމި އިރު އަމިއްލަ ސްކޫލްތައް ހިންގާ ފަރާތްތަކާއި މަޝްވަރާ ކޮށްފައި ނުވާ ކަމެވެ.

މާބޮޑު ދިރާސާއެއްނެތި ނިންމާ މިފަދަ ކޮންމެ ނިންމުމަކުން ބައެއްފަހަރު އާއްމު ރައްޔިތުންނަށް ވަނީ ބޮޑުބުރަ އަކަށް ނުވަތަ ތަކުލީފަކަށެވެ. ޓީޗަރުން ދޭން ނިންމި ބޮޑު މުސާރަ ލިބެން ފަށާނީ ޖޫން މަހުން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ