- Advertisement -ad image

ކުޑަކުޑަ އާނިސްއަށް އުފާވެރިކަން ހޯދައިދިނުމަށް މަންމަ އާއި ބައްޕަގެ އަގުނުކުރެވޭ އެތައް ގުރުބާނީއެއް!

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔެއަށް އުފަންވި އިރު ހުރި، ގިނަ މައްސަލަތަކަކާއެކު ދިރިއުޅެމުންދާ ޔޫސުފް އާނިސް ހާމިދު ބައްޕައަށް ގުޅާލުމުން އެންމެ ފުރަތަމަ ވެސް ބުނެލީ އާނިސްގެ 12 ވަނަ އޮޕަރޭޝަނަށް ތައްޔާރުވަމުންދާ ވާހަކަ އެވެ.

ތުއްތު އާނިސްގެ ވާހަކަ ފެށުނީ ވެސް ކުރަން ހަމަޖެހިފައި އެހެން ނަމަވެސް އަދި ހުރި އޮޕަރޭޝަންތަކާއި، ދޭންޖޭހޭ ތެރަޕީތަކާއި އަދިވެސް މިފަދަ އެތައް ވާހަކަތަކެއްގެ ތެރެއިންނެވެ. މިއީ އާނިސްގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމެވެ.

އުމުރުން 9 އަހަރުގެ އާނިސްއަކީ އެހެން ކުދިންނާއި ތަފާތު ކުއްޖެއްކަށް ދެނެގަނެވުނީ ވިހައިގެން އެންމެ ފުރަތަމަ ބައްޕައަށް އާނިސް ފެނުނު ހިސާބުންނެވެ. އާނިސްގެ ބޯ ވަރަށް ބޮޑުއިރު، މޫނުމަތީގެ ކަށިތައް އެތެރެއަށް ވަދެ، ލޯވެސް ހުރީ ބޭރަށް ނުކުމެފައި ކަމަށް އާނިސްގެ ބައްޕަވަނީ ބުނެފަ އެވެ.

އެންމެ ފުރަމަ އާނިސް ލޮލަށް ފެނުނު ވަގުތު އެ ބައްޕަގެ ހިތަށް އެތައް އަސަރެއް ކުރިއެވެ. ފިރިހެން ދަރިއެއްގެ އިންތިޒާރުގައި ހުއްޓާ ލިބުނު ފުރަތަމަ ފިރިހެން ދަރިފުޅު ދިރިހުރުމަށް ވާންޖެހޭނެ ޤުރުބާނީ އަންދާޒާވެސް ނުކޮށްލެވުނެވެ.

ތާޖުއްދީން ސްކޫލްގައި ކިޔަވަމުންދާ އާނިސްއަކީ އުފެދުމުގައި ވެސް އޯޓިސްޓިކް ކުއްޖެކެވެ. އަދި މީގެއިތުރުން އާނިސްގެ ހަށިގަނޑު އުފެދިފައި ހުރިގޮތުން މިހާތަނަށް ވަނީ 11 އޮޕަރޭޝަންކޮށްފަ އެވެ. ބައެއް ފަހަރު އަހަރަކު ދެ އޮޕަރޭޝަން ވެސް ކޮށްފައި އެބަހުއްޓެވެ. މިހާރު އާނިސްގެ އާއިލާއިން ދަނީ ބެންކޮކުގައި 12 ވަނަ އޮޕަރޭޝަން ކުރުމަށް ތައްޔާރުވަމުންނެވެ.

އާނިސްގެ ދެން ކުރަން ހަމަޖެހިފައިވަނީ މޫނުގެ ކަށިގަނޑު ބޭރަށް ނެރުމަށް ކުރާ އޮޕަރޭޝަނެކެވެ. މޫނުގެ ކަށިތައް އެތެރެއަށް ހުރުމަށް ނޭފަތުގެ ކަށިގަނޑު ފިތިފައިވާއިރު، އޮޕަރޭޝަން ނުކޮށް ގިނަ ދުވަސްވާ ނަމަ އާނިސްގެ ފުއްޕާމޭ ނުވަތަ ލޮލަށް ގެއްލުން ލިބިދާނެކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. މިއީ އާނިސްގެ ފުރާނައަށްވެސް ނުރައްކާވެދާނެ ފަދަ އޮޕަރޭޝަނެއްކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

މި އޮޕަރޭޝަން ކުރުމަށް ހަތަރު މަސް ހޭދަވާއިރު، އެއްމަސް ވަންދެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ބާއްވަންޖެހޭނެކަމަށް އާނިސްގެ ބައްޕަވަނީ ބުނެފަ އެވެ. އަދި މި އޮޕަރޭޝަނަށް 90،000 ޑޮލަރު ހޭދަވާނޭކަމަށް ވެސް ޑޮކްޓަރުންނާއި ހަވާލާދީ އާނިސްގެ ބައްޕަ ބުނެފައި ވެއެވެ.

މީގެ ދެ އަހަރު ކުރިން ޑޮކްޓަރަށް ދެއްކުމުން އާނިސްގެ ވިސްނުން ހުރީ 3 އަހަރު ކުއްޖެއްގެ، އަދި އުޅުންހުރީ 2 އަހަރު ކުއްޖެއްގެ ގޮތަށް ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އަދި މިހުރިހާ ކަމަކަށްވެސް އާނިސްދަނީ ތެރަޕީތައް ނަގަމުންނެވެ.

އާނިސް ބައްޕަގެ އެންމެ ބޮޑު އުއްމީދަކި ސްކޫލްގައި ވެސް އަދި މުޖުތަމައުގައި ވެސް އެހެން ކުދންނެކޭ އެއްފަދައިން އާނިސްއަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބުމެވެ.

އާނިސްއަށް އެހީތެރިވުމަށް އަދި އިތުރު މައލޫމާތު ހޯދުމަށް ގުޅޭނެ ނަންބަރު: 7700415 / 7961612

ބީއެމްއެލް ދިވެހި ރުފިޔާ އެކައުންޓް ނަމްބަރު: ( ހާމިދު ރަޝީދު) 7703229160101
ބީއެމްއެލް ޑޮލަރު އެކައުންޓް ނަމްބަރު: ( ހާމިދު ރަޝީދު) 7713229160101

އެހީ ތެރިކަން ދެވެން ނެތް ފަރާތްތަކުން އާނިސް އަށް ހެޔޮ ދުއާ ކޮށްދިނުމަށް އާއިލާއިން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ