ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިސްނެންގެވުމުގެ މަތިން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ހާއްސަކޮށްގެން ބޭއްވި ބޮޑު ކޮންފަރެންސް ނިންމާލީ އާދިއްތަ ދުވަހުއެވެ. މުޅި ސަރުކާރުގައި ހިމެނޭ ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިން އުކުޅަހުގައި ކުރިއަށްދިޔަ މި ކޮންފަރެންސްގައި އެކި ސެޝަންތައް ނަގައިދިނެވެ.
ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ އޮތް ބޮޑު ކޮންފަރެންސް ނިމިގެންދިޔައިރުވެސް ވީތަނެއްވެސް ނޭންގުނެވެ. ގައިމުވެސް ނަޝީދު އަކީ މިފަދަ އެކި އިވެންޓްތަކުގައި އާއްމުކޮށްވެސް އަމަލީ ގޮތުން ބައިވެވެވަޑައިގަންނަވާ ލާމަރުކަޒީ ރާއްޖެއެއް ގެނައުމަށް މަސައްކަތް ކުރާ އެއް މޭސްތިރިއޭވެސް ބުނެވިދާނެއެވެ.
ބައެއް ސޯޝަލް މީޑިއާގެ މަންސަތަކުން ފެންނަ ގޮތުގައި މި ކޮންފަރެންސަށް ނަޝީދަށް ދައުވަތުވެސް ނުދެއްވައެވެ. އެކަން އެގޮތަށް ކުރުމަށް ރައީސް ސާލިހު ބޭނުންފުޅު ނުވީ ނަޝީދު ވަޑައިގެން ބައިވެރިވެއްޖެނަމަ ރައީސް ސާލިހުގެ މަގުބޫލުކަން ކުޑަވެދާނެތީ ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ކޮންމެއަކަސް ވާދަވެރި ކެމްޕެއިންނެއް ނިންމުމަށް އަދި ނަޝީދާއި ރައީސް ސާލިހުގެ ގުޅުން މާރަނގަޅު ކަމަކަށް ނުފެނެއެވެ.