- Advertisement -ad image

ސަރުކާރުން, ޓީޗަރުންނަށް ދޯކާދީފި!

ad image

ގުޅުންހުރި ލިޔުންތައް

ވަރަށް އުފާވެރި ހަބަރެއް ކަމަށް ވިދާޅުވެ ރައީސުލްޖުމުހޫރިއްޔާ ޓީޗަރުންގެ މުސާރަ ބޮޑުވިކަން އިއުލާން ކުރެއްވީ މިދިޔަ މަހުއެވެ. މެއި މަހުގެ މުސާރަ ބޮޑުވާނެކަމަށް ރައީސް ވިދާޅުވި ވާހަކަފުޅުގައި ބުރަދަނެއް ނެތްކަން އެނގުނީ މިއަދު ޓީޗަރުންނަށް ޖަމާވި މުސާރައިންނެވެ.

އެތައް ޓީޗަރުންނެއް ދަނީ މުސާރަ ސްލިޕް އާއެކު އިހުސާސްތައް ސޯޝަލް މީޑިއާގައި ބޭރު ކުރަމުންނެވެ. މިއަދު މުސާރަ ޖަމާވި ބައެއް ޓީޗަރުން ނަން ނުޖެހުމަށް ޝަރުތުކޮށް ބުނެފައިވަނީ މިމަހުގެ މުސާރަ އެޕްރީލްމަހުގެ މުސާރައަށްވުރެވެސް ކުޑަ ކަމަށެވެ. އަދި މުސާރަ ބޮޑު ކުރީއޭ ކިޔާފައި އެލަވަންސްތައް ކަނޑާލާފައިވާ ކަމަށާއި މިއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

“މުސާރަ ބޮޑުކޮށް ލިބޭތީ ވަރަށް އުފަލުން މިތިބީވެސް. އެކަމު މިއަދު މުސާރަ ލިބުނު އިރު އެޕްރީލް މަހަށްވުރެ 300 ރުފިޔާ ކުޑަ. މިދިޔަ މަހު އަދި ވަރަށް ބިޒީކޮށް އުޚުނީވެސް ޕްރައިޒް ޑޭތަކާއި އެއްޗެހީގައި. އިތުރު ގަޑިވެސް އެހާގިނަވެފައި ހުރީމަ ލިބުނު އެއްޗެއް ލިބުނީވެސް” ޓީޗަރަކު ބުންޏެވެ.

އެހެންޓީޗަރަކު ބުނީ ސަރުކާރުން ވަނީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން ޓީޗަރުންނަށް އޮޅުވާލާފައި ކަމަށެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މުވައްޒަފުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަން ކަމަށާއި މޭމަސް ނިމި އާއޮނިގަނޑަށް މުސާރަ ޖަމާވެފައިވާ ކަމަށެވެ.

ސަރުކާރުން އެބުނާ ބޮޑު މުސާރަ ޖަމާވި ޓީޗަރެއްގެ ސްލިޕެއް އަދި ހިރާސް ޓީމަށް ލިބިފައެއް ނެތެވެ. އެކަމަކުވެސް އަދިވެސް ދަނީ މި ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ދަނީ ޓުވީޓު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އަދި އެ މުސާރައާއެކު ޓީޗަރުންގެ ދާއިމީ ޕެންޝަން ކެންސަލްކުރިކަން ޓީޗަރުންނަށް އެނގޭބާއޭ ހިތަށްއަރާ!

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ