މަޖާ މީ ދިވެހިންގެ ތެރޭގައި ވަރަށް ހިނގާ އެއްޗެކެވެ. ހާއްސަކޮށް އަންހެންވެރިންގެ މެދުގައި މަޖާ މަގުބޫލުވެފައި ވަނީ އާދައިގެ ގޮތަކަށް ނޫނެވެ. ރާއްޖެގެ ރަށްތައް ބެހިފައި އޮންނަ ގޮތުން ކޮންމެ ރަށެއްގައިވެސް ހާއްސަ ތަފާތު ކަންކަން ހުރެއެވެ. މިހާރުގެ ގޮތަށް ބުނާނަމަ ކޮންމެ ރަށެއްގައިވެސް ’ޔުނީކް’ ކަންތައްތަކެއް ހުރެއެވެ.
މިގޮތުން މި ލިޔުމުގައި ބަލާލާނީ ބައެއް ރަށްރަށުގައި މަޖާ ހަދާ އުޅޭގޮތަށެވެ. މިހާރު އެންމެ އާއްމު އެންމެ ގިނަ ބަޔަކަށް ކަމުދަނީ ދުވާފަރުމީހުން ހަދާ ދުވާފަރު މަޖާ ކަން މީ ދެބަސްވެވެން އޮތް ކަމެއް ނޫނެވެ. ގައިމުވެސް ޓިކްޓޮކްގެ އެތައް އެކައުންޓަކުން ދުވާފަރު މަޖާ ހަދާ ގޮތް ޕޯސްޓް ކޮށްފައިވެއެވެ.
ދުވާފަރު މަޖާ ހަދާގޮތަށް ބަލާއިރު މިއީ ގާތްގަނޑަކަށް ފުރުޓް ސެލަޑެކޭވެސް ބުނެވިދާނެއެވެ. އެގޮތުން އާފަލު، ކުންނާރު، އަނބު، ފެސަންފުރުޓު، އޮރެންޖް، ފަޅޯ މިއީ މި މަޖާ ހެދުމަށް ބޭނުންކުރާ މައިގަނޑު މޭވާތަކެވެ. މި ނޫނަސް ކާމުރަނގަ، އަލަނާސި ފަދަ މޭވާތައް އެއް ކުރެވިދާނެއެވެ.
ބައެއް އެހެން ރަށްރަށުގައި ފަޅޯ މަޖާ ވެސް ހަދާ އުޅެއެވެ. އެގޮތުން ފަޅޯ ގާނައިގެން ނުވަތަ ކޮށައިގެންވެސް މަޖާ ހަދާ އުޅެއެވެ. ކޮންމެ މަޖަލެއްގައިވެސް އާއްމު ދެއެއްޗެއް ހުރެއެވެ. އެއީ ރިހާކުރާ ހެލެބެލި ހުތެވެ. މި ދެ ބާވަތް ބޭނުން ނުކުރާނަމަ އެއީ މަޖަލެކޭ ނުކިޔާނެއެވެ. ބައެއް ރަށްރަށުގެ މީހުން ކެރެޓް މަޖާވެސް ހަދާ އުޅެއެވެ. މިވައްތަރުގެ މަޖާގައި އާއްމު ގޮތެއްގައި ބޭނުން ކުރާނީ ކެރެޓް އަދި ފަޅޮލެވެ. ކިހާއް މަޖާވެސް މީ ވަރަށް މީރު އެއްޗެކެވެ.
ކޮންމެ މަޖަލެއްވެސް ހެދުމަށް މުނާސަބު ވަގުތުތަކެއް ހުރެއެވެ. އަހަރުމެން ގިނަ ފަހަރަށް މަޖާ ހަދަނީ މޫދަށް ދާން އުޅޭއިރު ނުވަތަ މިހެން އުޅެލާފައި ހަމަ ކާހިތްވީމައެވެ. ކޮންމެއަކަސް މަޖާ ކެއުމަކީ ވަރަށް މަޖާ އަދި ގުޅުންވެސް ބަދަހިވާ ކަމެކެވެ.