- Advertisement -ad image

އާލިޔާ: މަންމަގެ ލޮލުން ތަސްވީރު ބަލަމުން އާ ދުނިޔެއަކަށް! އެދެނީ ދީލަތި އެހީއަކަށް!

ad image

ގުޅުންހުރި ލިޔުންތައް

އުމުރުން 7 އަހަރުގެ ޢާލިޔާ އަކީ އެހެންކުދިންނާއި ތަފާތު އަދި ހާއްސަ ކުއްޖެކެވެ. މުޅި އާއިލާގެވެސް ލޯބި ހޯދާފައިވާ މަންމަގެ ލޮލުގެ ނޫރެވެ. ދާ ކޮންމެ ތަނަކުން ވެސް މީހުންގެ ހިތަށް އުފާވެރިކަން ގެނެސްދޭ ހިތްވަރު ގަދަ ކުޑަކުޑަ ބަތަލެކެވެ.

 އާލިޔާގެ މަންމަ ޢާއިޝަތު ސުހާ ބުނިގޮތުގައި ދުވަސްފުރި އެހެންނަމަވެސް އެމަރޖެންސީކޮށް ޑޮކްޓަރުން ސިޒޭރިއަން ހަދައިގެން ބޭބީނެގިއިރު އޮތީ މެކޯނިއަމް އެސްޕިރޭޓް ވުމުގެ ސަބަބުން އޮކްސިޖަން ދަށްވެ ނޫވެފައެވެ. ނަމަވެސް ބޮޑުވަމުންއާއިރުގައި އާލިޔާގެ ފަރާތުން ތަފާތު އެއްވެސް ކަމެއް ފާހަގައެއް ނުވެއެވެ. އާލިޔާ ބޮޑުވަމުން އައީ ހަމަ އެހެން ކުދިންނެކޭވެސް އެއްގޮތަށެވެ.

އުފާވެރިކަމާއެކު ދިރިއުޅެމުން އައި އާލިޔާގެ ދިރިއުޅުން ބަދަލުވީ އުމުރުން އެންމެ 18 މަހުގައެވެ. ކޮންމެވެސް ވަރަކަށް ވާހަކަދައްކައި އަދި ރީތިކޮށް ހިނގާ އުޅެމުންދިޔަ އާލިޔާއަށް ޑެންގޫ ހުން ޖެހުނެވެ. މި ހުމަށްފަހު އާލިޔާގެ ވާހަކަ ދެއްކުމާއި އަބަދު ރުއިމާއި، އަދި ހިނގައި އުޅެން ދަތިވިކަމަށް އާލިޔާ މަންމަ ބުންޏެވެ.
“އަސްލު ފުރަތަމަ ހީކުރީ ހުމުގެ ސަބަބުން ގައިގަ ވަރުނެތިގެން ވާ ގޮތެއް ކަމަށް” އާލިޔާ މަންމަ
ނަމަވެސް އެ މަންމަގެ ކަންބޮޑުވުން އިތުރުވީ ކައުންސެލިން ކިޔަވަމުންދިޔައިރު އޭގެތެރެއިން އޯޓިޒަމް އާ ގުޅޭގޮތުން އެނގެން ފެށުމުންނެވެ. ސުހާ ބުނިގޮތުގައި އާލިޔާގެ ހިނގުމަށް ކުރިއެރުން ލިބުނު ނަމަވެސް ވާހަކަދެއްކުމަށް އުމުރުން ދެ އަހަރުވީ އިރުވެސް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ. އެހެންކަމުން އޯޓިޒަމް އާ ގުޅޭގޮތުން ދަސްވަމުން ދާވަރަކަށް ހިތަށް ބިރުވެރިކަން ވަންނަމުން ދިޔަކަމަށް ސުހާ ބުންޏެވެ.

      މިކަމަށް ފަރުވާ ހޯދުމަށް އާލިޔާ ތަފާތު ޑޮކްޓަރުންނަށް ދެއްކިއެވެ. އޭގެތެރޭގައި މިޕްސްޓާރ ވެސް ހިމެނެއެވެ. މިޕްސްޓާރއިން އާލިޔާގެ ކިބައިން ފެންނަމުން ދިޔައީ އޯޓިޒަމްގެ އަލާމާތްތައް ކަމަށް ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް ޑައިގްނޯޒްއެއް ނުކުރެއެވެ. މިޕްސްޓާރއިން އާލިޔާގެ ތެރަޕީތައް ނަގަންވެސް ވަނީ އިރުޝާދު ދީފައެވެ. ނަމަވެސް ރިޕޯޓްތައް ލިބުން ލަސްވުމުން،  2017 ވަނަ އަހަރު އާލިޔާވަނީ ލަންކާއަށް ގެންގޮސް ޑޮކްޓަރަށް ދައްކާފަ އެވެ. އަދި ޑޮކްޓަރުންވެސް އާލިޔާ އަކީ އޯޓިސްޓިކް ކުއްޖެއްކަން ޔަގީންކޮށްދީފަ އެވެ. ހަމައެހެންމެ ވަގުތުން ޓްރީމެންޓްތައް ނަގަންވެސް ހޮސްޕިޓަލުން އިރުޝާދު ދިނެވެ. ނަމަވެސް ދިރިއުޅުމުގެ ހާލަތު ބަދަލުވެ، އެކަނިވެރި މަޔެއްގެ ގޮތުގައި އޭރު ހުރެ އެހާ ބޮޑުހޭދައެއް ނުކުރެވޭނެތީވެ އާލިޔާ ގޮވައިގެން އެނބުރި އައީއެވެ.

ބޭސްފަރުވާއަށް އެއް އަހަރު ދުވަހަށް އާލިޔާގެ މަންމަ އާއެކު ލަންކާއަށް ބަދަލުވީ އުމުރުން 3 އަހަރުގަ އެވެ. ނޯޕޭ ލީވްގައި ހުރެ އެކަނިވެރި މައެއްގެ ގޮތުގައި ލަންކާގައި ގޮސް ހުރުމަކީ ސުހާއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، މިކަން ކުރެވުނީ އާއިލާއާއި ހެޔޮއެދޭ މީހުންގެ ފަރާތުން ލިބުނު އެއްބާރުލުމުންނެވެ. ލަންކާގައި ހުރި އެއް އަހަރު ދުވަހުގައި އާލިޔާ ގެންދިޔައީ ގަވާއިދުން ބިހޭވިއަރ، އޮކިއުޕޭޝަނަލް އަދި ސްޕީޗް ތެރަޕީވެސް ނަގަމުންނެވެ. އަދި އޭރު އާލިޔާގެ އުޅުމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބި ، ބައެއް އެއްޗެތީގެ ނަން ކިޔަން ފެށި ކަމަށް ސުހާ ވަނީ ބުނެފަ އެވެ.

ކޮވިޑް-19ގައި ރާއްޖެވެސް ލޮކްޑައުން ކުރިއިރު އާލިޔާ ދިރިއުޅެމުންދިޔައީ އުފަންރަށް ލ. ފޮނަދޫގަ އެވެ. ރަށުގައި ތެރަޕީތައް ނެގެން ނެތުމުން އެ ދުވަސްވަރު އާލިޔާގެ ގިނަ ތެރަޕީ ސެޝަންތަކެއް ގެއްލިގެން ދިޔައެވެ. މިކަމުގެ ހާސްކަމުގެ ތެރޭގައި ހުރި ސުހާގެ އުއްމީދު އާލާވެގެންދިޔައީ ފޭސްބުކްއިން ފެނުނު ސްޓެމް ސެލް ޓްރީޓްމެންޓް މައުލޫމާތު ކޮޅަކުންނެވެ.

“ސްޓެމް ސެލް ޓްރީޓްމަންޓް ހެދި ކުއްޖެއްގެ މަންމަ ގާތުގައި އަހައިގެން މައުލޫމާތު ހޯދީ. ސައިޑް އިފެކްޓްސް ހުރީމަ ކުޑަކޮށް ފަސްޖެހުނު. އެކަމަކު ރަށުން ތެރަޕީ ދެވެން ނެތީމަ މި ގޮތަށް ނިންމީ” އާލިޔާ މަންމަ

ތެރެޕީ ނުލިބުގެ ސަބަބުން އަލިޔާ އަށް ވަނީ ތަފާތު ގިނަ އުނދަގޫތަކަކާ ކުރިމަތިލަން ޖެހިފައެވެ. އެގޮތުން މިހާރު އުމުރުން 7 އަހަރު ވީއިރުގައިވެސް ރީތިކޮށް ވާހަކަ ނުދެއްކޭތީވެ، އެހެން މިހުންނާ މުއާމަލާތު ކުރުމަށް ތަފާތު ގިނަގުނަ ހުރަސްތަކާ ކުރިމަތިވެއެވެ. އަދި ހަމަ އެހެން ކުދިންނާ ގުޅިގެން އުޅެން ބޭނުންވި ނަމަވެސް އެހެން ކުދިންނަ އެއްގޮތައް ވާހަކަ ނުދެކެވޭތީވެ، އެހެން ކުދިން އާލިޔާ އެކުގައި އުޅެން ބޭނުން ނުވާފަހަރު އާދެއެވެ.

“ބައެއްފަރު ވަރަށް ރޯނެ އެކުގައި ކުޅެން ކުދިން ނުދިއުމުން” އާލިޔާގެ މަންމަ

މީގެ އިތުރުން ބޭނުންވާކަމެއް ނުވުމުން ވަރަށް ހިތްހަމަ ނުޖެހި، ރުޅި ގަދަވެގެން އުޅޭނެ، ކިތެއްމެ ވަރަަކަށް ބުނެ ދިނަސް އެކަން ގަބޫލު ނުކުރެކި އަލިޔާ މަސަލަސް ކުރުމަށް އެތައް ވަގުތެއް ނަގައެވެ. ކިޔެވުމަށް ސަމާލުކަން ދޭން ވަރަށް އުނދަގޫވޭ، ހާއްސަކޮށް ލިޔަން ފަންސުރުގައި ހިފަހައްޓައިގެން ގިނަ ވަގުތު ނީންދެވެ އެވެ. އަދި ނިދުމާއި، ތަފާތު އެކި ސެންސަރި އިޝޫޒް ތަކާ ކުރިމަތިލާން ޖެހެއެވެ.

އާލިޔާގެ އާއިލާއިން މިހާރު ދަނީ އިންޑިޔާގެ މުމްބާއީގައި ހުންނަ ނިއުރޯޖެން ބްރެއިން އެންޑް ސްޕައިން އިންސްޓްޓިއުޓްއިން އާލިޔާގެ ސްޓެމް ސެލް ޓްރީޓްމަންޓް ނެގުމަށް ތައްޔާރުވަމުންނެވެ. މި ޓްރީޓްމެންޓަށް 16،500 ޑޮލަރު ހޭދަވާނެ އެވެ. އަދި ވީހާވެސް އަވަހަށް މި ފަރުވާ ފެށުމަށް ހޮސްޕިޓަލުން ވަނީ އިރުޝާދުދީފަ އެވެ. ނަމަވެސް މާލީހާލަތު ހުރިގޮތުން އެންމެ އަވަހަށްވެސް އާލިޔާއަށް މި ފަރުވާ ދެވެންއޮތީ ޑިސެމްބަރ ހިސާބަށްކަމަށް އާލިޔާ ގެ މަންމަ ބުންޏެވެ.

އާލިޔާގެ އާއިލާއިން މިހާރު އަންނަނީ މި ފަރުވާއަށް އާސަންދައިގެ އެހީ ލިބޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ނިއުރޯޖެން ބްރެއިން އެންޑް ސްޕައިން އިންސްޓްޓިއުޓްއަކީ އާސަންދަ ލިބޭ ހޮސްޕިޓަލަކަށް ނުވުމުން މި ފުރުސަތު އެ އާއިލާއަށް ލިބުން ވަރަށް ކުޑައެވެ.

ސްޕެޝަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ އާލިޔާގެ މަންމަގެ އެންމެ ބޮޑު އުއްމީދަކީވެސް އާލިޔާ އެހެން ކުދިންނެކޭ އެއްފަދައިން އުޅެވޭނެ ދުވަހެއް ދެކުމެވެ. ނަމަވެސް އޯޓިޒަމް ހުންނަ ކުދިންނަކީ ތަފާތު ބައެއްކަމުން އެކަމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ސްކޫލު މާހައުލުން ފެށިގެން ގޭތެރޭގައި ވެސް އާލިޔާގެ އެންމެ ބޮޑު ސަޕޯޓަކީ ލޯބިވާ މަންމަ އާއި އާއިލާ އެވެ.

“ދުވަހަކުވެސް އާލިޔާ އާ ދިމާލަށް މީހަކު ނުބުނޭ އެއީ ބަސްނާހާ ކުއްޖެކޭ. ބައެއްފަހަރު މެލްޓްޑައުން ވެސް އާދޭ. އެކަމުވެސް ގޭގެ އެންމެންގެ އަދި މިހާރުގެ ފިރިމީހާގެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭ،

މަންމަގެ ލޮލުން ތަސްވީރު ބަލަމުން އާ ދުނިޔެއަކަށް މަރުހަބާ ކިޔުމަށް އާލިޔާދަނީ ތައްޔާރުވަމުންނެވެ. އާލިޔާގެ މި ދަތުރުގައި ބައިވެރިވެ އެހީތެރިވާން ބޭނުންވާނަމަ، އެހީ ފޮނުވާނީ:
އެކައުންޓް ނަމްބަރ: 7730000460637 ޑޮލަރު
7770000058474 ރުފިޔާ
ފޯން ނަމްބަރު 9500078 – ޢާއިޝަތު ސުހާ (މަންމަ)

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ