- Advertisement -ad image

ނިއުމާ މިސްގެ އިލްތިމާސަކީ ބެލެނިވެރިން އެއް ކުއްޖަކާއި، އަނެއް ކުއްޖަކު އަޅާ ނުކިޔުން!

ad image

ގުޅުންހުރި ލިޔުންތައް

މިއަންނަ ހަފްތާއަކީ ރިޕޯރޓްފޯރމް ލިބޭ ހަފްތާއެވެ. ސްކޫލް ބަންދުވެ ހުރިހާ ދަރިވަރުންނަށްވެސް ނަތީޖާ ލިބޭ ހަފްތާއެވެ.

ބެލެނިވެރިންނާއި މުދައްރިސުންވެސް ދަރިވަރުންގެ ނަތީޖާތައް ގެންގުޅުމުގައި ފަރުވާތެރިވާން ވާނެއެވެ. ކޮންމެ ދަރިވަރެއްގެ ނަތީޖާއަކީ އެކުއްޖެއްގެ ވަރަށް “ޕާރސަނަލް” ނުވަތަ ޒާތީ “އަމިއްލަ” މައުލޫމާތެކެވެ. އެއީ ” ސިއްރު” މައުލޫމާތެކެވެ. އެމައުލޫމާތު އާއްމު ނުކުރުމާ ހިނގާށެވެ!

އެސެސްމަންޓް ފޯ ލާރނިންގައި އެއްދަރިވަރު އަނެއް ދަރިވަރާއި އަޅާ ނުކިޔާނެއެވެ. ދަރިވަރުގެ އަމިއްލަ ކުރިއެރުން އަޅާކިޔާނީ އޭނާ ކުރިން ހުރިހިސާބު ދެނެގަނެ މިހާރު އޭނާއަށް ލިބުނު ކުރިއެރުންތަކާއެވެ. މިގޮތައް ބަލައިފިނަމަ ކޮންމެ ދަރިވަރެއްގެވެސް ގިނަ ކުރިއެރުންތައް ފެންނާނެއެވެ. ކޮންމެ ދަރިވަރަކީވެސް ކާމިޔާބު ދަރިވަރެކެވެ.

ބެލެނިވެރިންވެސް ދަރިވަރުންގެ ނަތީޖާއާއި ބެހޭ ގޮތުން އެކަކު އަނެކަކާއި ސުވާލު ނުކުރަމާ ހިނގާށެވެ! (ނިއުމާމިސް)

މިއީ ނިއުމާ މިސް ހުރިހާ ބެލެނިވެރިނަށް ކޮށްފައިވާ އިލްތިމާށެކެވެ. ތެދެކެވެ ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އެހެންވީމާ އެކުއްޖާ މޮޅު މިކުއްޖާ ދެރަ ކިޔުމުގެ ސަގާފަތް މީ ނައްތާލަންޖެހޭ ނުރަނގަޅު ސިފައެކެވެ. ހުރިހާ ބެލެނިވެރިންވެސް ނިއުމާ މިސްގެ އެ ނަސޭހަތް އަޑުއަހާ އަމަލު ކުރަމާ ހިނގާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ