ދަރިން ތަރުބިއްޔަތުކުރުމުގައި ދެމަފިރިންގެ ހިއްސާއަކީ ވެސް މުހިއްމު އެއްޗެކެވެ. މަންމަގެ އާއި ބައްޕަގެ ލޯބި ހަމަހަމައަށް ލިބިގެން ނޫނީ މިފަދަ ޒަމާނެއްގައި ރަނގަޅު ދަރިންތަކެއް ބޮޑު ކުރުމަަކީ އުނދަގޫ ކަމެކެވެ.
މަންމައިންނާއި އަދި މުޖުތަމައުގައި އެހީތެރިކަމަަށް ބޭނުންޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޖަމިއްޔާއެއް ކަމސްވާ މަަމްސް އެންޖީއޯއިން މިފަހަރު ގެނެސްދީފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާއެކު އިތުރު ދެ ކުދިން ގޮވައިގެން ދިރިއުޅެމުންދާ އެކަނިވެރި ބައްޕައެއްގެ ވާހަކައެވެ.
ސަމީރުގެ އަލަތު ކައިވެންޏަށް ތިން ކުދިން ލިބިފައިވާއިރު އެ ކުދިންގެ މަންމަ ދަނީ އެހެން ކައިވެންޏެއްކޮށް ކުދިންނާއި ވަކިން ދިރިއުޅެމުންނެވެ. ކުދިންގެ ހުރިހާ ޒިންމާއެއް ނަގައި ކުދިން ތަރުބިއްޔަތުކުރުމުގައި މަންމަ އަދި ބައްޕައެއްގެ ރޯލު އަދާކުރަމުންދަނީ ސަމީރު އެކަންޏެވެ. ކެއްކުމުން ފެށިގެން ކުދިންގެ ޔުނީފޯމް އިސްތިރިކޮށްދީ އަދި ގެއަށް އާމްދަނީ ހޯދުމުގެ މަސައްކަތްވެސް ސަމީރު ދަނީ ކުރަމުންނެވެ.
އެހެންނަމަވެސް އެ ކުދިންގެ ދިރިއުޅުމުން އުނިވެފައިވާ ލޯބި ހޯދައިދިނުން ސަމީރުއަށް ވެފައިވަނީ ގޮންޖެހުމަކަށެވެ. މަންމަ އެކުދިން ދޫކޮށްފައި ދިޔަ ދުވަހު ރުއިރުއިން އަދިވެސް ހަނދާންވާކަމަށް ސަމީރު ވަީ ބުނެފައެވެ.
ހާއްސައެހީއަށް ބޭނުންވާ ކުއްޖެއް ހުރުމުން އާމްދަނީ ހޯދުމަށް ގިނަ ވަގުތު ބޭރުގައި އުޅުން ސަމީރުއަށް ދައްޗެވެ. ކިރިޔާވެސް އާމްދަނީއެއް ލިބެނީ ރަށުތެރެއިން ކުރާ ކުދިކުދި މަސައްކަތުންނެވެ. އާއިލާއެއް އޮތް ނަމަވެސް އެ އެންމެން ދިރިއުޅެމުންދާ ދަތި ހާލުން ސަމީރުއަށް މާބޮޑު އެހީތެރިކަމެއް ނުވެވެއެވެ.
މި ހުރިހާ ކަމެއްގެ ތެރެއިންވެސް ސަމީރު އެންމެ ހިތްދަތިވަނީ ސްކޫލަށް ބޭނުންވާ ތަކެތި ހަމައަށް ކުދިންނަށް ހޯދައިނުދެވޭތީ ކަމަށް ވަނީ ބުނެފައެވެ. ބައެއް ފަހަރު ސްކޫލްގައި އެ ކުދިންގެ ދަބަސް އެއްޗެހި ބައުވެފައި ހުންނަ ވާހަކަ ދެއްކުމުން ރޮއެ ހަދާ ވާހަކަ ސަމީރު ވަނީ ހިތްދަތިކަމާއެކުގައި ހިއްސާކޮށްފަ އެވެ.
“ކޮންމެ އަހަރަކުވެސް ސްކޫލައް ދާން ކުދިން ލައްވަނީ އެހެންކުދިން ބޭނުންކޮށްފަ ހުންނަ ޔުނީފޯމް. ގިނަ ފަހަރު މީހުން ދޭ ޔުނިފޯމް ބާވެފައި ހުރީ ކަމުގައި ވިޔަސް އަދި ކުދިންނަށް ހެޔޮވަރު ނުވި ކަމުގައި ވިޔަސް ލައްވަން ޖެހޭ! ކ ބޭނުންވާ އެއްޗެހި ހޯދާ ނުދެވޭތާވީ އަހަރެންވެސް ނޭންގޭ! ސްކޫލަށް ބޭނުންވާ އެއްޗެހި ވެސް ނެތި ސްކޫލަށް ފޮނުވަމުން މި އަންނަނީ”
ސްކޫލަށް ކުދިން ދިއުމަށް ތައްޔާރުވުމަށް މަންމައެއް ނެތްއިރު އެކުދިންނަށް ސްކޫލަށް ބޭނުންވާ ތަކެތި ހޯދައިނުދެވުމަކީ ސަމީރު ނުހަނު ކަންބޮޑުވާކަމެވެ. ކުރިއަށް އޮތީ ދިރާސީ އާ އަހަރަށް ވާއިރު ސަމީރު ހުރީ އެ ކުދިންނަށް ސްކޫލަށް ބޭނުންވާނެ ތަކެތި ހޯދައިދޭނެ ގޮތަކާއި މެދު މާޔޫސްވެފަ އެވެ.
މަމްސް އިން ކޮންމެ ދިރާސީ އަހަރަކާއި ދިމާކޮށް ކުރިއަށް ގެންދާ “ބެކް ޓު ސްކޫލް” ކެމްޕެއންގެ ދަށުން މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރުވަނީ ހުޅުވާލާފައެވެ. އެ އެންޖީއޯއިން މިދިޔަ އަހަރުވެސް ވަނީ އާއްމުންގެ ދީލަތި އެހީއާއެކު މިފަދަ 40 ކުދިންނަށް ސްކޫލަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފަ އެވެ. އޭގެތެރޭގައި ސްކޫލް ދަބަސް، ޔުނީފޯމް، ބޫޓު ފަދަ ތަކެތި ހިމެނެ އެވެ.

މި ކެމްޕެއިންގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އެ ޖަމިއްޔާގެ އެކައުންޓް ނަންބަރ: 7730000294482 އަށް އެހީ ފޮނުވުމަަށް ވަނީ އެދިފަ އެވެ.
ބައްޕަގެ ފޯނުނަންބަރު ލިޔެލާފައިންނަމަ އަންނައުނު ފަދަ އިތުރު އެހީތެރިކަން ދޭން ފަސޭހަވިސް
މިފަދަ ނިކަމެތި މީހުންނަށް އެހީވުމަށް އެހެން ބަޔަކު މެދުވެރިކުރަންޖެހޭތީ ވަރަށް އުނދަގޫ. ދޭ އެހީ އެމީހުންނަާއި ހަމައަށް ފޯރިކަން ޔަޤީން ނުވާތީ މިބުނީ. އަނެއް ކޮޅުން މިހެން އެހީއަށް އެދިފަ ހުންނަ މީހުންގެ ހަގީގަތް ދެނެގަންނަންވެސް ދަތި އެފަދަ ފަރާތެއް މެދުވެރިނުވެ.
އަތުން އަތަށް ދޭން ބޭނުންވަނީ..