- Advertisement -ad image

އޭ ބުރޯ! ނެތްތަ ޓިކެޓެއް؟

ad image

ގުޅުންހުރި ލިޔުންތައް

ކުރިއަށް މި އޮތީ ބޮޑު ޗުއްޓީއެވެ. ސްކޫލްތަކުގެ ކިޔެވުންނިމި ކުދި ބޮޑު އެންމެންވެސް މާލެއިން ބޭރަށް އުފަން ރަށަށްދާން އަވަސްވެ ގަންނަ ދުވަސްވަރެވެ. ރައްޓެއްސަކަށް ގުޅާލިއަސް ގާތްތިމާގެ މީހަކު މަގުމަތިން ފެނުނަސް ޓިކެޓެއް ނުލިބިގެން އެވާހަކައެވެ. ޖޫން 29 ވަނަ ދުވަހު ރިޕޯޓް ފޯމް ދިނުމަށްފަހު ބަންދުވާނެއެވެ. ދެން ސްކޫލްތައް ހުޅުވޭނީ ބަރާބަރު 38 ދުވަސް ފަހުންނެވެ.

ސްކޫލް ޗުއްޓީއަށްދާން މީގެ ދެމަސް ކުރިން ޓިކެޓް ނަގައި އުޅޭ ދަތުރަށް ފުރިހަމައަށް ތައްޔާރުވެގެން ތިބި މ ީހުންވެސް އެބަތިއްބެވެ. ވާނީވެސް އެހެންތާއެވެ. ކޮވިޑްގެ ބަލި މަޑުކަމުގައި ނިމުނު ދެ އަހަރު ޗުއްޓީއެއް ހަދައިލަން ރަށަށް ދެވުނީ މަދު ބަޔަކަށެވެ.

އެހެންކަމުން މިފަހަރުގެ އީދު ބަންދާ ސްކޫލް ބަންދު ދިމާވާތީ ގިނަ ބަޔަކު ރަށށް ދާން ބޭނުންވެފައިތިބުން އެކަށީގެންވެއެވެ. ނަމަވެސް މމިހާރު މި ދިމާވަނީ އެންމެ މައްސަލައެކެވެ. މިހާރު މަތިންދާން ޖެހޭ ގިނަ ރަށްތަކަށްދާން ޓިކެޓް ކިބުން މިވަނީ ވުމަށްވުރެ ނުވުން ގާތް ކަމަކަށް ވެފައެވެ. ސޯޝަލް މީޑިއާގައި ޓިކެޓް ނުލިބިގެން އެތައް ބަޔަކު ކޮންމެ ދުވސހަކު އިހުސާސްތައް ބޭރުކުރެއެވެ.

“އީދަށް ރަށަށްދާންޓިކެޓެއް ހޯދަން ގުޅާއިރަށް ގައުމީ އެއަލައިން މޯލްޑިވިއަނުން ބުނަނީ ފުލް ކަމަށް. އެހެންވީމާ އީދަށް ރަށަށް ދެވޭނެ ކަމުގެ އުއްމީދު ވަރަށް ކުޑަ” ޒުވާނަކު ބުންޏެވެ.

“ ބައެއް މީހުން ބުނޭ ވެއިޓިންލިސްޓްގައި ގޮސް އެއަރޕޯޓްގައި މަޑުކޮށް ޓިކެޓެއް ލިބިދާނެއޭ. އެހެންވީމާ ބުރާސްފަތި ދުވަހު ގޮސް އެ ކިއުއަށް އަށް އަހަރެން އަރާނީ. ލިބިއްޖެއްޔާ ދާނީ. ނުލިބިއްޖެއްޔާ އެނބުރި އަންނާނީ” ދަރިފުޅު ކައިރއަށްދާން ބޭނުންވެފައި ހުރި ބައްޕައަކު ބުންޏެވެ.

މިފަދަ އެތައް ބަޔަކު އެބަތިއްބެވެ. މިމައްސަލައަށް ހައްލު ލިބޭތޯ މޯލްޑިވިއަނުން މިހާރު އިތުރު ފްލައިޓްތައްވެސް ވަނީ ބާއްވަން ފަށާފައެވެ. އެހެންވީމާ ކޮންމެވެސް ބަޔަކަށް އީދު ބަންދަށް ދެވޭނެ ކަމަށް ބަލާށެވެ. ނުދެވުނު މީހަކު ވިއްޔާ ބަންދެއް އައުމުގެ ކުރިން ދުރާލާ ޓިކެޓެއް ހޯދާށެވެ. އޭރުންގެ އީދުގެ ފަން މިސްއެއް ނުވާނެތާ ދޯއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ