- Advertisement -ad image

ރިޕޯޓްފޯމް ލިބޭ ދުވަހަކީ ހުރިހާ ކުދިންނަށް ލިބުނު ކާމިޔާބީ ފާހަގަކުރާ ދުވަހަކަށް ހަދަމާ: ނިއުމާ މިސް

ad image

ގުޅުންހުރި ލިޔުންތައް

ދަރިވަރުންގެ ރިޕޯރޓްފޯރމު ލިބޭ ދުވަހަކީ ވަރަށް ހާއްސަ ދުވަހެކެވެ. އުއްމީދުުކުރަނީ ހުރިހާ ބެލެނިވެރިންވެސް ދަރިވަރުންގެ ރިޕޯރޓް ފޯރމު ލިބުމުން އެކުދިން މާޔޫސް ނުކުރާނެކަމަށެވެ.

އެކުދިންނަށް ކުރެވުނު އެންމެ ރަނގަޅަށް މިފަހަރު މިވަނީ ކާމިޔާބީ ހާސިލްކޮށްފައެވެ. ކޮންމެ ކުއްޖަކީ ވެސް ތަފާތު ހުނަރުތަކާއި ގާބިލްކަން ލިބިފައިވާ ތަފާތު ކުއްޖެކެވެ. އެކިކުދިން މޮޅުވާނީ އެކިކަންކަމަށާއި ހުނަރުތަކަށާއި ކުރާހިތްވާނީ އެކިކަންކަމެވެ.

ލޯބިވާ ދަރިފުޅަށް މިދުވަހު ބޭނުންވަނީ ތިޔަބޭފުޅުންގެ ހިތްވަރާއި ލޯތްބާއި ގާތްކަމާއި ހެޔޮ ބަސްތަކެވެ. އެކުދިން އަމިއްލަ ނަފްސަށް އިތުބާރުކޮށް މިއަންނަ ދިރާސީ އާއަހަރުގައި އިތުރު ހިތްވަރަކާއެކު ކެރިގެން މަސައްކަތްކުރާނީ މަންމައާއި ބައްޕަގެ ހިނިތުންވެފައިތިބި އުފާވެރި މޫނުތައް ފެނުމުންނެވެ.

ހަދާން ކުަރަންވީ އަމިއްލަ ދަރިފުޅު ކުރިމަތީ ބަހައްޓައިގެން އެއްވެސް އެހެންކުއްޖެއްގެ މޮޅުވާހަކަވެސް އަދި އެއީ ދަށްކުއްޖެކޭ ވެސް ނުކިޔުމަށެވެ. (އެހެންކުދިންގެ ވާހަކަ ދަރިފުޅު ކައިރީ ނުދެއްކުމަށެވެ.) އަދި އެއްވެސް އެހެން ކުއްޖަކަށް ލިބުނު ނަތީޖާ އަނެއް ބެލެނިވެރިޔާ ގާތުގައި ނޭހުމެވެ. ކޮންމެ ދަރިވަރެއްގެ ނަތީޖާއަކީ އެދަރިވަރެއްގެ ވަރަށް”ސިއްރު”މައުލޫމާތެކެވެ. އެމައުލޫމާތު އާއްމު ނުކުރައްވާ ރައްކާތެރި ކަމާއެކުގެންގުޅުއްވުން ވަރަށް މުހިންމު.އެވެ.

ރިޕޯރޓްފޯރމު ލިބޭ ދުވަހަކީ ހުރިހާކުދިންނަށް ލިބުނު ކާމިޔާބު ފާހަގަ ކުރާ ދުވަހަކަށް ހެދުމުން އެކުދިން ވަރަށް އުފާވާނެއެވެ.

މިއީ ނިއުމާ މިސް ހުރިހާ ބެލެނިވެރިންނަށް ކޮށްފައިވާ އިލްތިމާށެކެވެ. ޖޫން 30 ވާ ބުރާސްފަތި ދުވަހަކީ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި ރިޕޯޓް ފޯމް ދޭ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ