- Advertisement -ad image

އެނބުރެމުން އައިސް ކާރު ބަހުގައި ޖެހުނީ ކުއްލިއަކަށް!

ad image

ގުޅުންހުރި ލިޔުންތައް

އެކުވެނި ޓުރެކް ކައިރިން ބޭރު މަގުގައި ކާރަކާއި ބަހެއް ޖެހި މިއަދު ހަވީރު ހިނގި އެކްސިޑެންޓްގައި ކާރު އެނބުރެމުން ގޮސް ޖެހެނީ ބަހުގައެވެ. މި އެކްސިޑެންޓްގައި އަނިޔާވި އެކަކު މިހާރު ނިޔާވެފައިވާއިރު އިތުރު ފަސް މީހުންނަށް ހޮސްޕިޓަލުގައި އަދިވެސް ދަނީ ފަރުވާދެމުންނެވެ.

ސީސީޓީވީ އިން ފެންނަ ގޮތުން ބަސް ދުއްވާފައި ދަނިކޮށް ކުއްލިއަކަށް އައިސް ކާރުގައި ޖެހުމުން ބަސް ހުއްޓެނީއެވެ.

އެކްސިޑެންޓްވި ރަތް ކާރުގައި އެވަގުތު ތިބި މީހުން ނަގާފައިވަނީ ކާރުގެ ފަހަތުބައި ކަފާލައިގެން އެމްއެންޑީއެފުންނެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 4 އަންހެނުންނަށާއި 2 ފިރިހެނުންނަށެވެ. ނިޔާވެފައިވާ ވަނީ އަންހެނެކެވެ.
ފުލުހުންބުނީ މި އެކްސިޑެންޓްގައި އަނިޔާވި އެކަކު ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
ބަހަކާއި ކާރެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ޖުމުލަ ހަ މީހަކަށް ވަނީ އަނިޔާލިބިފައެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓް ހިނގާފައިވަނީ އެކުވެނި ދަނޑުކައިރި ބޭރު މަގުން ދުއްވާފައި ދިޔަ ކާރެއް އެމަގުން ދުއްވާފައި ދިޔަ އެހެންކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެމަގުން ދުއްވާފައި ދިޔަ ބަހުގައި ޖެހިގެން ކަމަށެވެ.
މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން
ހާމަކުރެއެވެ.

މިއެކްސިޑެންޓްގައި ކާރު ތެރޭގައި ދެންތިބި ދެ މީހުންނަށްވެސް ގެންދަނީ ފަރުވާ ދެމުންނެވެ. އަދި މިހާދިސާގައި އެކްސިޑެންޓްވި ބަސް ޑްރައިވަރާއި ބަސް ކޮންޑަކްޓަރ އަށްވެސް ފަރުވާދެމުންދާ ކަމުގެ މައުލޫމާތު ލިބެއެވެ.

މިފަދަ ކޮންމެ ހާދިސާއަކުން އިބުރަތް ލިބިގެން ކާރު އަދި ސައިކަލު ދުއްވާއިރު ކަނޑައެޅިފައި އޮންނަ ސްޕީޑަށްވުރެ ބާރަށް ނުދުއްވަން ހަނދާން ކުރަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ