- Advertisement -ad image

ރާއްޖެތެރޭ މީހުން – މާލެއިން ލިބޭ ހިދުމަތްތައް ރަށްފުށުން ލިބޭނަމަ އަހަރުމެން މިތާކު ނޫޅޭނަން!

ad image

ގުޅުންހުރި ލިޔުންތައް


މިއީ ޒަމާނުއްސުރެ ހިނގަމުން އަންނަ ކަމެކެވެ. މާލޭ ބޭފުޅުން ރާއްޖެތެރޭ މީހުންނަށް ބަދުބަސްބުނެ އެއްޗެހި ކިޔުމެވެ. ހަމަކަމެއްވާއިރަށް ރާއްޖެތެރޭ މީހުނާ ހެދި އުނދަގޫވާ ވާހަކައާއި މާލޭގައި މާލޭ މީހުންނަށް ކަމެއް ނުވެގެން އުޅެނީ ރާއްޖެތެރޭ މީހުނާ ހެދި ކަމަށް ބުނެ ކުރާ ޖެއްސުންތަކެވެ.
ދަންނަވަންތޯއެ! މާލެ އަކީ ވަކި ބައެއްގެ ތަނެއް ނޫނެވެ. މާލެ އަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށެވެ. އަހަރުމެން ރާއްޖެތެރެއޭ ކިޔާ ދެރަ ކޮށްލަނީ އަހަރުމެނަކީ ވެސް ހަމަ އިންސާނުންނެނެވެ. އަހަރުމެން މާލެ އަންނަން ޖެހުނީ އަހަރުމެންގެ ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައިދިނުމަށެވެ. މަތީ ތައުލީމާ ތަމުރީނުފެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތަކަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ތަނަވަސް ވެފައި އޮތް ކަންކަން ނޫންކަން މިއީ ފެންނަން އޮތް ހަގީގަތެވެ.

މި މައުޟޫގެ ބަހުސްގައި ސޯޝަލް މީޑިއާގެ އަމިއްލަ ފަރާތަކުން ފާޅުކޮށްފައިވާ ޝުއޫރެއް ހިމަނާލާނަމެވެ.

ހެޔޮދުޢާ ސަލާމް.”
އަޅުގަޑަކީ ރާއްޖެތެރެއިން އުޅެމުން އައި ރަށުން ބިންފުރިގެން ހަމަ އެއްގޮތެއްވެސް ނެތިގެން މާލެ ހިޖުރަ ކުރި މީހަކީމެވެ. ބިންފުރުނުތާ 33އަހަރު ވެއްޖެއެވެ.
މާލޭ މީހުން އަމިއްލަ ގޯތި ނުވަތަ މައިންބަފައިންނަށް ލިބިފައިވާ ގޯތި ބޮޑު އަގުގައި ކުއްޔަށް ތިދެނީ އަޅުގަޑުމެންނަށެވެ.
އެކަމުގެ މަންފާކުރަނީ ތިޔަ ބައި މީހުންނަށެވެ.
އެހެންކަމުން މާލެ މީހުން މަސައްކަތެއް ނުކޮށް ރަސްއުދޯލި ހެއްލިޔަސް އަޅުގަނޑު މެންނަށް ރަސްއުދޯލި ހެއްލޭނީ މާލެ މީހުންނަށް ރަސްއުދޯލި ހެއްލައި ދީފަ އޭގެ ފަހުގައެވެ. ގޯތި އޮތަސް ވިނަފަޅަން އޮންނަނީ އެއްވެސް އަގެއްނެތް ރަށް ރަށުގެ ބިންތަކެވެ. ސަބަބަކީ މާލޭގައި އޮންނަ ސަރުކާރުތަކުން އަތޮޅުތައް ހިދުމަތް ތަކުން މަހްރޫމްކޮށް މާލެ އަންނަން މަޖްބޫރުކުރުމެވެ. ހަމަ މާލޭމީހުންގެ ފާއިދާއަށެވެ.
ދައުލަތުން ރައްޔިތުންގެ ޓެކްސް ފައިސާާއިން ހިއްކާބިމެއްގައި މާލެ މީހުންނާއި އާއި ރާއްޖެތެރޭ މީހުން ހަމަ ހަމަ ވާން ނުޖެހޭނެ އެއްވެސް ގޮތެއް ބުނެދީބަލާށެވެ.
ދަފްތަރު އަކީވެސް މާލޭމީހުން ބޭނުންވެގެ ހެދި އެއްޗެކެވެ. އެމީހުުން ބުނިިހާޝަރުތެއް ފުރިހަމަ ވެގެން ރަޖިސްޓްރީވި އެއްޗެކެވެ.
ވޯޓުލާއިރު މާލޭ ދާއިރާތަކަށް ވޯޓްލުމަށް ވޯޓާރސް ލިސްޓްގައި ހިމަނުވައި ދަފްތަރުމީހުން ލައްވައި ވޯޓްލާއިރު ކީއްވެތޯ އެކަން ބޮޑުކަމަކަށް ނުހަދައި ބޯހިޔާވަހިކަން ދޭންވީމަ އުދަނގުލަކަށް ވަނީ.މާލެއަށް އެގާރަ ގޮޑީގެ ޝަރުތު ހަމަވަނީ ދަފްތަރު މީހުން ހިމަނައިގެން ކަމަށް ވީއިރު ހައްގު ދޭންވީމަ ބޮޑު އުދަނގުލަކަށް ވީ ކީއްވެތޯ.
ވީއިރު މާލޭ އެހެން މީހުންނަށް ލިބެންޖެހޭ ހުރިހާ ހައްގެއް އެމީހުނަށްވެސް ހައްގުވާނެކަން ނޭންގެނީތޯއެވެ.”
މާލެއިން ލިބޭ ހިދުމަތްތައް ރަށްފުށުން ލިބޭނަމަ މި ކޮންކްރީޓް ޖަންގަލީގައި ހަތަރެސްކަން ގޮޅިއަކަށް ލިބޭ އާމްދަނީ ދީގެން ރާއްޖެތެރޭ ނިކަމެތިން ނުތިބޭނެއެވެ.
މި ކަމުގައި އަހަރުމެން ރާއްޖެތެރޭ މީހާ ވިއަސް އަދި މާލޭ މީހާ ވިއަސް ކުށްވެރިކޮށް އެއްޗެހި ކިޔަންވީ މި ދަތި ހާލު ރައްޔިތުންނަށް ޖެއްސި ސަރުކާރުތަކަށެވެ.
މާލެ މީހާ ރާއްޖެ ތެރޭމީހާގެ ބަހުސް މީ ނިމުމެއް ނެތް ދުވަސް ދުވަސްކޮޅުން ވައިގަ ހިފާ ބަހުސަކަށް ވަނީވެފައެވެ.

ގުޅުންހުރި ލިޔުންތައް

4 ޚިޔާލު

  1. މި ވާހަކަވެސް އިތުރުކޮށްލާ.
    މާލެ މީހުން ހެދި އެއާރޕޯރޓެއް ނޯންނާނެ. ރާއްޖޭގެ ފުރަތަމަ އެއާރޕޯޓު ހެދީ ރާއްޖެތެރޭ މީހުން. މާލޭގެ ގޯތިތައް މަތިމައްޗަށް ނަގައި ތަރައްގީ ގެނެސްދިނީ ރާއްޖެތެރޭ މީހުން. މާލޭގެ އޮފީސްތަކާއި ސްކޫލްތައް އަޅާފައި އެހުރީ ރާއްޖެތެރޭ މީހުން. ދައުލަތަށް ލިބޭ އާމްދަނީ ހޯދައި ދެނީ ރާއްޖެތެރޭ މީހުން. ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ކޮށް އޭގެ ހުރިހާ ކަމެއް އަދި މަންފާއެއް ގައުމަށާއި ދައުލަތަށް ހޯދައި ދެނީ ރާއްޖެތެރޭ މީހުން. އެކަމަކު އެ ހުރިހާ ކަމަކުން ރައްޔިތު މީހާއަށް ލިބެންޖެހޭ މަންފާއެއްނަމަ ރާއްޖެތެރޭ މީހެއްވިއްޔާ މަހުރޫމު ކުރުން ކުރާކަމަކީ.

  2. މާލެއަކީ ރާއްޖެތެރޭގެރައްރަށައްވުރެން މާނިކަމެތި ތަނެއް މާލޭގެފަޅުތެރެ ތޮށިތައް އޮއްނަނީ ވެއްޓިހަލާކުވެފަ ގޭގޭގަ ހުންނަނީ ބިތުގަގޯނިދަމާފަ މަގުމަތީ އޮއްނަނީ ހުސްނަޖިސް މިހެންއޮތްތަނެއް ރާއްޖެތެރެ މީހުން ގޮސް ތިތަންތަނަކައްހެދީ މިހާރުވެސް މާލޭމީހުންނައް ކާންދެނީ ރާއްޖެތެރެމީހުން އެކަން އެގުން ކޮރޯނާތެރޭގަ ރާއްޖެތެރެމީހުން ފުރައިގެންދިޔައީމަ މާލޭމީހުން ގޮތްހުސްވެ ލޯނުތައްނުދއެްކޭހިސާބައްދިޔަ ތަނެއްދޮރެއް ނޭނގުނަސް އަނގަހާވަން ޖެހޭނެ ވަރައްސަލާން ރާއްޖެތެރޭމީހުން ދިނީމަ ކައިގެންތިބޭބައެއްތީ ރަނގަޅު ގެރިބަކަރިވެސްދަނެޔޭ އެއައް ކާންދީަުޅޭމީހުން އެވަރުވެސް ނޭނގޭތިބުނާ މާލޭބޭފުޅުންނައް ވަރައްސަލާމް

  3. ރާއްޖެތެރެއޭޭ ކިޔައިގެން ދެރަ ކޮށްލުމުގެ ބޭނުމެއް ކޮބާ ހެއްޔެވެ.މަރު ވުމަށް ފަހު ކޮންމެ މީހަކުވެސް ހަމަ ދާނީ ފަސްގަނޑުގެ ދަށައް ފަސްކުޅަނދު ހަމަ މާލޭ މީހާ މަރުވުމުން ދެރަ ނިކަމެތި ރާއްޖެތެރޭ ފަސްގަނޑުގެ ދަށުގައި ވެސް ވަޅުލަން ޖެހި ދާނެއެވެ. ދެރަ ނިކަމެތި ރާއްޖެތެރޭ މީހާ މަރުވުމުން މާލޭގެ މި މޮޅު ރަން ފަސްގަނޑު ދަށުގައި ވަޅުލައެވެ. ވީމާ ރާއްޖެތެރޭ ކިޔައިގެން ދެރަ ކޮށްލުމުގެ ބޭނުމެއް ނެތެވެ. މާލޭމީހާއަށް ވަރަށް ސަލާމް.

  4. ޙަމަ ހައިރާން ވެއްޖެ.މިހަބަރު އަދި ކޮމެންޓުތައް ކިޔާލާފަ ..ދެން މާލެ ގަ ހިލޭ ތަ އުޅެން ވީ.ބޮޑެތި ލޯނު ނަގައިގެން ގެ ހަދާފަ ހިލޭދިނީމަ ކާކު ލޯނު ދައްކަނީ.ޖޫރިމަނާ ދައްކަނީ. ޢަޖާބުވެ އަންތަރީސް. މިކޮމެންޓު ޖަހާލް ދެއްވުން އެދެން..

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ