- Advertisement -ad image

ފައްޔާޒު މިނިސްޓަރުކަމުގައި ހުރެގެން އައްޑޫގެ ތަރައްގީ ހިންދާލީ: އިލްޔާސް ލަބީބު

ad image

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މިނިސްޓަރުކަމުގައި ހުރެގެން މިހާތަނަށް އައްޑުއަށް އެއްވެސް ތަރައްގީއަށް ގެނެސްދެވިފައި ނުވާ ކަމަށާއި މިއަދާ ހަމައަށްވެސް އައްޑޫގެ ތަރައްގީ އޮތީ ހިންދާލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިންގައި އައްޑޫ ސިޓީގައި ހުންނަ އެމްޑީޕީގެ ރައީސް ނަޝީދުގެ އޮފީސް ކުރިމަތީގައި ބޭއްވި ތަރާވީހުގައި އިލްޔާސް ވިދާޅުވީ ސަރުކާރުން ހިންގާލީ ނޫން ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމުގައި ހޭދަކުރި ހަތަރު އަހަރު ހިންގާލުމުގެ ބަދަލުގައި “ހިންދާލީ” ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެގޮތުން އައްޑޫގައި ފަތުރުވެރި ކަން ކުރިއަށް ގެންދިޔަ ޝަންގްރިއްލާއާއި، ހެރެތެރެ ބަންދުކޮށްފައިވާ ކަމަށެވެ. މިކަމުގެ ސަބަުން އެތައް ބައެއްގެ ވަޒީފާ ގެއްލުނީމާ އެއީ ހިންގާލެވުމެއް ނޫން ކަމަށާއި އެއީ ހިންދާލުން ކަމަށް އިލްޔާސް ލަބީބު ސިފަކުރެއްވިއެވެ. މީގެ އިތުރުވެސް އައްޑޫ ސިޓީ އާއި ހުވަދޫ އަތޮޅާ ދެމެދު ސީޕްލެއިން ދަތުރުތައް ފެށުމަށް އަވީގައި ބައިތިއްބައިގެން ދެފަހަރެއްގެ މަތީން ސޮއިކުރި އިރު ވެސް އެކަން ފެށިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޯމަތިވެފައިވާއިރު އެޕާޓީގެ ލީޑަރޝިޕްވެސް ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ