- Advertisement -ad image

ބަޑީގެ ހަމަލާތަކަކާއެކު މެސީއަށް އިންޒާރުގެ މެސެޖެއް!

ad image

ގުޅުންހުރި ލިޔުންތައް


ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯރޑް މިއަހަރުވެސް ހޯދާފައިވާ ލިއޮނަލް މެސީ ޢާއިލާއަށް ނިސްބަތްވާ ފިހާރައަކަށް ބަޑީގެ ހަމަލާތަކެއްދީ، އިންޒާރުގެ މެސެޖެއް ދީފިއެވެ.
އެގޮތުން ހަބަރުތައް ބުނާ ގޮތުން ހަމަލާދީފައި ވަނީ މެސީގެ އަންހެނުން އެންޓޮނެއްލާ ރޮކުޓްޒޯގެ ޢާއިލާއިން ހިންގާ ސުޕަރމާކެޓަކަށެވެ.
މި އެ ފިހާރަ ހުންނަނީ އާޖެންޓީނާގެ ރޮޒާރިޔޯގައެވެ.
ދަންވަރުގެ ވަގުތުގައި ސުޕަރމާކެޓް ބަންދުކޮށްފައި ހުއްޓައި ހަމަލާދިނުމުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެ ތަނަށް ހަމަލާދިނުމަށްފަހު، ހަތިޔާރު އެޅި ދެ މީހުން ވަނީ އެ ތަނުގައި އިންޒާރުގެ މެސެޖެއް ބާއްވާފައެވެ.

އަދި ހަމަލާދިނުމުގައި ދެ މީހަކު ބައިވެރިވެފައިވާ ކަމުގައި ރޮޒާރިޔޯގެ މޭޔަރު ޕަބްލޯ ހެވްކިން ވިދާޅުވިއެވެ. އަދި، އެ ފިހާރައަކީ ރޮކުޓްޒޯގެ ޢާއިލާއިން ހިންގާ ފިހާރައެއް ކަން ވެސް އޭނާ ކަށަވަރުކޮށްދެއްވައެވެ. އެ ތަނުގެ ބޭރަށް 14 ވަޒަން އަރާފައިވާ ކަމުގައި ރޮޒާރިޔޯގެ ފުލުހުން ބުންޏެވެ.

މެސީ، އަހަރުމެން މިތިބީ ކަލެއަށް މަޑުކޮށްގެން. ހެވްކޯއަކީ މަސްތުވާތަކެތީގެ ބޮޑެއް. އޭނާ ކަލެއާ މެދު އަޅައިލުމެއް ނުބަހައްޓާނެ،” މެސީއަށް އަމާޒުކޮށް ލިޔެފައިވާ އިންޒާރުގެ މެސެޖުގައި ބުނެފައި ވަނީ މިހެންނެވެ. ހެވްކިން ވިދާޅުވީ މިއީ އިންޒާރުގެ މެސެޖެއްގެ ގޮތުގައި ނުބެލެވޭ ކަމަށާއި، މިއީ ރޮޒާރިޔޯގެ ހަމަޖެހުމާއި ސުލްޙަ ނަގައިލަން ބަޔަކު ހިންގާފައިވާ އަމަލެއްގެ ގޮތުގައި ބެލެވޭ ކަމުގައެވެ.

ރޮޒާރިޔޯއަކީ ވަރަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަނދަރުމަތީ ރަށެކެވެ. އަދި، ނުރައްކާތެރި ކުށްތަކުގެ ޢަދަދު ގިނަ ރަށެކެވެ. 2022 ވަނަ އަހަރު އެކަނިވެސް އެ ރަށުގައި 287 މީހަކު މަރައިލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ