- Advertisement -ad image

ވޯލްޑްކަޕް ބަލަން ދާން ފައިމަގުގައި 1000 މޭލަށް ހިނގައިފި

ad image

ގުޅުންހުރި ލިޔުންތައް

ނޮވެމްބަރުގައި އޮންނަ ފީފާ ވޯލްޑްކަޕްގެ ފޯރި ވަނީ ގަދަ ވެފައެވެ. އެގޮތުން ގިނަ ބަޔަކު މިހާރު ވެސް ގެންދަނީ ވޯލްޑްކަޕް އޮންނަ ގަތަރަށް ޖަމާވަމުންނެވެ. މީގެ ތެރެއިން އެކަކަކީ ސައުދީއަށް ނިސްބަތްވާ އަބްދު الله އަލްސުލްމީ އެވެ.

35އ. ސައުދީގެ މި ޓްރެކާ ވަނީ މިއަހަރުގެ ކުރީކޮޅު ކޮންމެ ހާލެއްގައިވެސް ގަތަރުގައި ބާއްވާ ވޯލްޑްކަޕް ބެލުމަށް ދިއުމަށް އަމިއްލަ ނަފްސަށް ވައުދުވެފަ އެވެ. އެކަން އަލްސުލްމީ ފުރިހަމަކުރުމަށް މަސައްކަތް ފަށާފައިވަނީ ފައިމަގުގަ އެވެ.

އެކަނިމާއެކަނި ޖެއްދާއިން ގަތަރުގެ ވެރިރަށް ދޯހާއަށް ކުރާ މި ދަތުރުގައި އަލްސުލްމީ ވަނީ ދެމަސްތެރޭގައި 1،000 މޭލަށް ހިނގާފަ އެވެ. މި ދަތުރު ފެށުމުގެ ކުރިން އޭނާގެ އާއިލާއިން ވެސް ވަނީ ކުރަން ތިއުޅެނީ މޮޔަކަމެއް ކަމަށް ބުނެފަ އެވެ.

އަލްސުލްމީގެ މި ދަތުރު ޑޮކިއުމެންޓްކޮށްފައިވަނީ އޭނާގެ ސްނެޕްޗެޓްގެ ސްނެޕްތަކުގެ އެހީގައެވެ.

މި ދަތުރުގައި އަލްސުލްމީވަނީ އެކަނިމާއެކަނި ހަނަފަސް ސަހަރާގައި ހިނގާފައެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު އިރުއަރާގޮތަށް 10-10:30 ހާއިރު ވަންދެން އޭނާ ހިނގައެވެ. އެހެންނަމަވެސް ހޫނުގެ ސަބަބުން އެތައް އިރެއްވަންދެން އަރާމުކުރުމަށްވެސް އޭނާއަށް މަޖުބޫރުވާކަމަށް އޭނާވަނީ ބުނެފަ އެވެ. މިގޮތަށް އިރުއޮއްސެންދެން ކޮންމެ ދުވަހަކު އޭނާ ހިނގައެވެ.

އޭނާ މި ދަތުރު ފެށީ ކޮންމެ ދުވަހަކު 35 ކިލޯމީޓަރަށް ހިނގުމުގެ އަމާޒުގައެވެ. އެހެންކަމުން މި އަދަދު ހަމަކުރުމަށް ބައެއް ފަހަރު ރޭގަނޑުގައިވެސް އޭނާ ހިނގައެވެ.

މުޅި ދަތުރުގައި އަލްސުލްމީގެ ކެއުން ހަމަޖައްސަމުން ދިޔައީ ޕެޓްރޯލް ސްޓޭޝަން ތަކުންނެވެ. އަދި ފެންވަރާ ތާހިރުވީ މިސްކިތްތަކުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މި ދަތުރުގައި އޭނާވަނީ ހަނަފަސް ސަހަރާތަކާއި ފަރުބަދަތަކުގެ އިތުރުން ދަނޑުތަކުގައި ވެސް ހިގާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ